ތިލަދުންމަތީ ޚަބަރު ހޯރަފުށީގައި ބާއްވާ ހޭންޑްބޯލް ކޯޗިން ކޭމްޕް މާދަމާ ފަށަނީ ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ 22 ސްޕޯޓްސް ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވާ ހޭންޑްބޯލް ކޯޗިން ކޭމްޕް މާދަމާ ފަށަން ތައްޔާރު ވެއްޖެއެވެ. މި ކޭމްޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯޗިން ކޭމްޕް ހާއްސަ ކޮށްފައި ވަނީ އަންހެނުންނަށެވެ. މި ކޭމްޕްގައި 45 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ކޭމްޕު ކުރިއަށް ގެންދަނީ 22 ސްޕޯޓްސް ކުލަބާއި ހއ. […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
މަޖިލިސް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް: ސުޕްރީމް ކޯޓް ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ. ސަރުކާރުން މި މައްސަލަ ކޯޓަށް ހުށަހެޅީ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ އަދަދު 87 އިން 80 އަށް ތިރިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އެވެ. ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ […] ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ފާޠިމަތު ރިފްޢާ ރުޝްދީ ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ނަޔާއަންދާޒުގެ، ފާޠިމަތު ރިފްޢާ ރުޝްދީއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން އުނގެނެން މަސައްކަތް ކުރަމުން އައި ކުއްޖެކެވެ. ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ލިބެންފެށި ކާމިޔާބީތަކާއިއެކު އޭނާގެ ހިތުގައި ޤުރުއާން ކިޔަވައި ދަސްކުރުމަށް އޮތް ލޯބި އިތުރުވެގެން ދިޔައެވެ. ޤުރުއާނުގެ އިލްމުގައި އިތުރަށް ކުރިއަށް ދިޔުމަކީ މި މުބާރާތުގައި ރިފްޢާ ބައިވެރިވާން ބޭނުންވި އެއް ސަބަބެވެ. މީގެއިތުރުން ޤުރްއާނާއި ބެހޭގޮތުން... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ''މަތިކޮމަންޑޫ މަޝްރޫޢު ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޝްވަރާއާއެކު، ދިގުވެލިދޫ އެއާޕޯޓުގެ ޔަޤީންކަން'' ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ށ. ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިއްޔެ ށ. ކޮމަންޑޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވުމަކީ ކޮމަންޑޫ ރައްޔިތުންނަށް ރައީސް ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. ކޮމަންޑޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ރަށުގެ ބިން ފުރިފައި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (39) ކުރީގެ އަދަދާއިގުޅޭ، “ކީއްވެ ތިހެން ތިބުނީ؟” ޒާރާ ސުވާލު ކުރިއެވެ. އެއާއެކު ޖުމާ ހިނިތުންވެލަމުން ލޯތްބާއެކު ޒާރާގެ މޫނަށް ބަލައިލިއެވެ. ” އަހަންނަކީ ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއް ނޫނޭ! އަހަންނަށްޓަކައި ދޮންތަގެ ދިރިއުޅުން ހަލާކުވެ ހިނގައިދާނެތީ އަހަރެންވެސް ވިސްނަމޭ! ” ” އަހަރެން ޖުމާއާ ދިމާލަށް އެހެން ބުނީ އެއްވެސް އެއްޗެއް ހިތުގައި އޮވެގެންނެއް ނޫން! އަނެއްކާވެސް ފިރެހެނެއްގެ މަޅީޣައި ޖެހިދާނެތީ އަހަރެން ބިރުގަތީ.. އެކަމަކު ޖުމާ ތިއުޅެނީ އެކަންތައް ބޮޑު ކަމަކަށް ހަދައިގެންތަ؟” ޒާރާ […] ސަލާމާ ޢަބްދުލް ޢަލީމް · 2 އަހަރު ކުރިން
ވިޔަފާރި ފުރަތަމަ ފަހަރަށް އެއް މަސް ދުވަހުން 2 ލައްކަ ފަތުރުވެރިން ފުރަތަމަ ފަހަރަށް އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް 2 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ރިޕޯޓުތައް ދައްކާގޮތުން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް 200،004 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 166،762 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 19.9 އިންސައްތަ އިތުރު އަދަދެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 392،389 ފަތުރުވެރިން ވަނީ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ވިޔަފާރި ކައުންސިލަރުންނާއި ފަނޑިޔާރުން އަދި ބައެއް މުއައްސަސާތަކުތެ މުސާރަ ބޮޑުކޮށްފި ކައުންސިލަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުން މުސާރައާއި އިނާޔަތްތައް މުރާޖައާކުރިއިރު މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސްގެ އިތުރުން ވަޒީރުންގެ މުސާރަ ބޮޑުކުރުމަށްވެސް މަޝްވަރާތައް ކުރިއެވެ. ނަމަވެސް ކޮމިޓީން ހުށަހެޅި ރިޕޯޓުގައި އެ ބޭފުޅުންގެ މުސާރަ ބޮޑުކުރާކަށް ހިމަނުއްވާފައި ނުވެއެވެ. މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަޖިލީހުން މުސާރަތަކަށް... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ދެވަނަ ފަހަރަށް ފާސްކޮށްފި ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލައްވާފައި ވަނިކޮށް، މަޖިލީހުން މިއަދު އަނެއްކާ ވެސް އެ ބިލު ފާސްކޮށްފިއެވެ. މަޖިލީހުން ފާސްކޮށްފައިވާ އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައީސް ތަސްދީގުނުރައްވާ އަނބުރާ ފޮނުވައިލެއްވީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ބިލް ދެ ވަނަ ފަހަރަށް ފާސްކުރީ މިއަދު މަޖިލީހުގައި ނެގި ވޯޓ... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ރާއްޖެ އަޅުގަނޑު ގޭގައި ހުރީ އަމިއްލަ ހަރަދުކޮށްގެން، ދައުލަތުން ހަރަދު ނުކުރަން: ރައީސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ހިނގައިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި މ. ދިމްޔާތުގައި ހުންނެވި ދުވަސްތަކަށް ދައުލަތުގެ ބަޖެޓުން މިލިއަނުން ހަރަދު ކުރި ކަމަށް ދެކެވެމުން އަންނަ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގު ކުރައްވައިފިއެވެ. “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ށ.ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ ކުރި ސުވާލުގައި ބުނެފައި ވަނީ ރައީސް ދެކަނބަލުންގެ ފަރިއްކޮޅަށާއި އަމިއްލަފުޅު ގޭގެ ހަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަ... މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބާރަށުގައި ހުރި 400 އަހަރުވީ ކާނި ގަހުގައި ރޯކޮށް އަންދާލައިފި ހއ. ބާރަށުގައި ހުރި 400 އަހަރުވީ ކާނި ގަހުގައި ރޯކޮށް އަންދާލައިފިއެވެ. ކާނިގަހަކީ އެރަށު އީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނި ކަޑައިން ހެދުނު ގަހެކެވެ. ބާރަށުގެ ކާނިގަސް ކައުންސިލުން ބަލަހައްޓަމުން އަންނަނީ އާސާރީ ތަރިކައެއްގެ ގޮތުގައެވެ. ކާނި ގަހުގައި ރޯކޮށްލި ސީދާ ސަބަބެއް ސާފު ނުވި ނަމަވެސް ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ގަހުގައި ރޯކޮށްލާފައި ވަނީ ސިޔާސީ ގޮތުން އުފެދުނު ހިޔާލު […] މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: މަރްޔަމް ނާޔާ އަޙްމަދު ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ އަސްރިފާހައުސް، މަރްޔަމް ނާޔާ އަޙްމަދަކީ ކުޑައިރުއްސުރެ ޤުރުއާން އަޑުއަހައި، ޤުރުއާން ކިޔަވައި ހިތުދަސްކުރަން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. ރަށުގައި ބޭއްވޭ އެހެން މުބާރާތްތަކާއި ހިލާފަށް މި މުބާރާތުގައި ތަފާތު ގޮތްތަކަށް ކިޔެވުމުގެ ފުރުސަތު ލިބުމާއި، ތަޖުވީދުގެ ހަމަތަކާއި ޤުރުއާނުގެ އިލްމުގެ އިތުރުން މި މުބާރާތުގެ ތެރެއިން ދީނީ އިލްމު ލިބިގެން ދިޔުމަކީ، މި މުބާރާތުގައި އޭނާ ވާދަކުރަން ބޭނުންވާ މައިގަނޑު ސަބަބުތަކ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ އެއާ އެންބިއުލާންސްގައި ލަންކާއަށް ބަލިމީހުން އުފުލުމަށް ބޮޑު ލުޔެއް ދީފި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރު ގައުމުތަކަށް ބަލިމީހުން އުފުލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ސްރީލަންކާއަށް އެއަރ އެންބިއުލާންސް އޮޕަރޭޓްކުރުމަށް ހޯދަންޖެހޭ ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށްފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، އެކަމަށް ހޭދަވާ ވަގުތު ކުޑަކުރަން ހަމަޖެހުނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިދިޔަ ޖެނުއަރީ މަހުގެ 29 އިން 30 އަށް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއެކު ކުރެއްވި... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޕީއެންއެފް އުފައްދަން ބޭނުންވާ ސޮއި ހަމަކޮށް ހުށަހަޅައިފި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިއްޔެ ހުށަހަޅައިފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވިގޮތުގައި، ޒެއިން އަބްދުﷲ ޔާމީން ގެ ފަރާތްޕުޅުންޕީ އެންއުފެއްދުމަށް 3060 ފޯމު އީސީ އަށް ވަނީ ހުށަހަޅުއްވާފައެވެ. ޒެއިން އަކީ އެ ޕާޓީގެ މުއައްސިސްއެވެ. އަދި އޭނާ އަކީ ރައީސް ޔާމީންގެ ދަރިކަލުންނެވެ. ހަބީބު ވިދާޅުވެފައިވާ ގޮތުގައި، އެ ފޯމުތަކުގެ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ އެއާޕޯޓު ބޮޑުކޮށްދިނުމަށް އެދިއްޖެ ށ. ފުނަދޫ އެއާޕޯޓު ބޮޑުކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަރިހުގައި އެދިއްޖެއެވެ. ފުނަދޫ ކައުންސިލުން މިގޮތައް އެދުނީ އިއްޔެ ރައީސް މުޢިއްޒާއިއެކު އެ ކައުންސިލުން ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. މި ބައްދަލުވުމަކީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ރައީސް ފެއްޓެވި ދަތުރުފުގައި އިއްޔެ އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވެވި ބައްދަލު ކުރެއްވުމެކެވެ. ފުނަދޫ ކައުންސިލުން ރައީސް އަރިހު އެދުނުކަންކަން އެއާޕޯޓް ރަންވޭ ބޮޑުކޮށް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އަނަސްގެ މަރު: ޖިނާއީ އަދުލުގެ ނިޒާމާއި ގާނޫނުތައް ބަދަލު ކުރަނީ ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ސިޔާސަތުތަކާއި ގާނޫނުތައް ބަދަލުކޮށް، އިސްލާހު ކުރަން ޖެހޭ ނަމަ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ. ހޯމް މިނިސްޓްރީން އެގޮތަށް ބުނީ މާލޭގައި ގްރޫޕަކުން ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ހަމަލާދީ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި އެއްވެސް މީހެއްގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ހޯމް މިނިސްޓްރީން ނެރުނު […] މުޙައްމަދު · 2 އަހަރު ކުރިން