މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އޭޕްރީލް 21 އަކީ ބަންދު ދުވަހެއް ގޮތުގައި ކަނޑައަޅާނަން: ރައީސް

އޭޕްރީލް 21 އަކީ ބަންދު ދުވަހެއް ގޮތުގައި ކަނޑައަޅާނަން: ރައީސް

އަންނަ މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާތީ އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް އީސީން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ގައެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފްތާއެވެ. އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ތާރީހު ކަނޑައަޅާފައި ވަނިކޮށް އިންތިހާބުތައް ރޯދަ މަހާ ދިމާވާ ނަމަ، […]

މުޙައްމަދު
ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރި އިންޑިއާގެ ބޯޓެއް އަތުލައިގެންފި

ރާއްޖޭގެ ކަނޑުގައި މަސްވެރިކަން ކުރި އިންޑިއާގެ ބޯޓެއް އަތުލައިގެންފި

ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އަށް ވަދެ މަސްވެރިކަން ކުރަމުން ދިޔަ އިންޑިއާގެ މަސް ބޯޓެއް ރޭ އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ މި ބޯޓު އަތުލައިގަތީ ހއ. ކެލާގެ އިރުއިތުރުން ގާތްގަނޑަކަށް 10 ވަރަކަށް މޭލު ބޭރުން ކަމަށެވެ. މަސް ބޯޓު އަތުލައިގަތީ ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން މި ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު […]

މުޙައްމަދު
މި ސަރުކާރުން ތަރައްޤީކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި އުނގޫފާރު ހިމެނޭނެ: ރައީސް

މި ސަރުކާރުން ތަރައްޤީކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި އުނގޫފާރު ހިމެނޭނެ: ރައީސް

މި ސަރުކާރުން ތަރައްޤީކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި އުނގޫފާރު ހިމެނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނު އިއްޔެ ރ. އަދި ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ރ. އަތޮޅުގެ ތިން ވަނަ މަންޒިލްގެ ގޮތުގައި އެ އަތޮޅު އުނގޫފާރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ މެދު ރާސްތާ، އަދި ދުރު ރާސްތާގެ ތަރައްޤީއަށް ބަލާއިރު، މި ސަރުކާރުން […]

ޔުމްނާ ޢަލީ
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އިސްމާއިލް މަހްފޫޒް

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އިސްމާއިލް މަހްފޫޒް

ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ފެންފިޔާޒުގެ، އިސްމާއިލް މަހްފޫޒްއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވައި އެ އިލްމު އުނގެނެން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. މި މުބާރާތުން ޤުރުއާނުގެ އިލްމާއި ގުޅޭ ތަފާތު މައުލޫމާތު ލިބިގެން ދިޔުމާއި، މިއީ އެހެން މުބާރާތްތަކާއި ތަފާތު ގޮތަކަށް ކުރިއަށް ގެންދެވޭ މުބާރާތަކަށް ވުމީ، މަހްފޫޒްގެ ހިތުގައި މި މުބާރާތާއި މެދު ޝައުގުވެރިކަން އިތުރުވެގެންދިޔަ ސަބަބުތަކެވެ. މަހްފޫޒް ވަނީ މިހާތަނަށް އޭނާ […]

އިބްރާހިމް ޚަލީލް
ކައުންސިލްތަކަށް ދޫކުރާ ފަޅު ރަށްތައް 25 އަހަރަށް ބޭނުން ހިފޭނެގޮތް ހަދަނީ

ކައުންސިލްތަކަށް ދޫކުރާ ފަޅު ރަށްތައް 25 އަހަރަށް ބޭނުން ހިފޭނެގޮތް ހަދަނީ

ލޯކަލް ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ފަޅު ރަށްތައް 25 އަހަރަށް ބޭނުން ހިފޭނެގޮތް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު އިއްޔެ ރ. އަދި ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ ރ. މީދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އިޤްތިޞާދީ ތަރައްޤީ ހާސިލްކުރުމަށްޓަކައި މުޅި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން...

ޔުމްނާ ޢަލީ
ތަރައްޤީގެ ކަންކަން ކުރިއަށް ދާންވާނީ ރައްޔިތުން އެދޭގޮތަށް: ރައީސް

ތަރައްޤީގެ ކަންކަން ކުރިއަށް ދާންވާނީ ރައްޔިތުން އެދޭގޮތަށް: ރައީސް

ރަށްރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ދާންވާނީ ރައްޔިތުން އެދޭގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު އިއްޔެ ރ. އަދި ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ އަލިފުއްޓަށް ވަޑައިގެން ރ. ވާދޫ ކައުންސިލާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު އެރަށުގައި ބޭއްވެވި ބައްދަކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ވާދޫ ކައުންސިލުގެ މެންބަރުން، އެރަށުގެ ތަރައްޤީއަށް މިވަގުތު އެންމެ މުހިންމު ކަންކަން ރައީސް އާއި ވަނީ ހ...

ޔުމްނާ ޢަލީ
ވާހަކަ ނުދެއްކޭ، އަޑުނީވޭ މަންމައަކާއި ބައްޕަގެ ދަރިފުޅަށް ޤުރުއާން މުބާރާތުން 1 ވަނަ

ވާހަކަ ނުދެއްކޭ، އަޑުނީވޭ މަންމައަކާއި ބައްޕަގެ ދަރިފުޅަށް ޤުރުއާން މުބާރާތުން 1 ވަނަ

އުމުރުން 12 އަހަރުގެ އަލްވާ ހުސެއިން އަކީ އަރަބިއްޔާ ސްކޫލުގެ ގްރޭޑް 6 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. އޭނާގެ މަންމައަކީ ހދ.ވައިކަރަދޫ އައިމިނަތު ފަހުދާއެވެ. ބައްޕައަކީ ހުސެއިން ސުނިލްއެވެ. ސުނިލްއަކީ މާލޭ މީހެކެވެ. މި ކުޑަ އާއިލާއަކީ ވަރަށް ތަފާތު އާއިލާއެކެވެ. އަލްވާގެ މަންމައާއި ބައްޕައަކީ އުފަންވީއްސުރެ ވާހަކަ ނުދެއްކޭ އަދި އަޑުނީވޭ ދެ މީހުންނެވެ. އެ ދެ މީހުންގެ ހަމަހިމޭން ދިރިއުޅުން ފަޅުފިލުވައިދޭ އަލްވާއަކީ ވާހަކަ ދެއްކުމާއި އަޑު އިވުމުގައި އެއްވެސް […]

އިބްރާހިމް ޚަލީލް
ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (40)

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (40)

ކުރީގެ އަދަދާގުޅޭ: ” އަންނާށޭ ބުންޏަސް ޒާއަށް އާދެވޭނެތަ؟ ” ފަރުވާކުޑަ ރާގަކަށް މުއާޒް އެހެން ބުނުމުން ޒާރާގެ ދޫ ބަންދުވީ ކަހަލައެވެ. ތެދެކެވެ. ޖުމާ އެކަނި ކޮށްފައި އޭނާއަކަށް ނުދެވޭނެއެވެ. އެހެންކަމުން އިރުކޮޅަކު ވިސްނަން އޮތުމަށްފަހު ޒާރާ ވާހަކަ ދައްކަން ފެށިއެވެ. ” އާނ! ނުދެވޭނެ… އެކަމަކު ޖުމާ ވިހާ ގަދަވީމަ އަހަރެން ދާނަން މުއާ ގާތަށް” ޒާރާ އެހެން ބުނުމުން މުއާޒް ކުރު ގޮތަކަށް ހީލި އަޑު ޒާރާއަށް އިވުނެވެ. ޒާރާގެ ހިތަށް ތަދުވި […]

ސަލާމާ ޢަބްދުލް ޢަލީމް
ރެއާއި ދުވާލު އަމާޒު ހުރީ ރައްޔިތުންގެ ކަންކަން ކުރަން: ރައީސް މުއިއްޒު

ރެއާއި ދުވާލު އަމާޒު ހުރީ ރައްޔިތުންގެ ކަންކަން ކުރަން: ރައީސް މުއިއްޒު

ރައްޔިތުން ބޭނުންވާ ފުރިހަމަ ތަރައްގީ ގެނެސްދޭން ބޭނުންވާ ކަމަށާއި، ރެއާއި ދުވާލު އެމަނިކުފާނުގެ އަމާޒު ހުރީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރ. އަތޮޅާއި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. އަލިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއަހަރަށް ފާސްކޮށްފައި ވަނީ ގިނަ މަޝްރޫއުތައް ނިންމޭ ވަރަށް ވުރެ މ...

މުޙައްމަދު
އެމްއޭސީއެލްގެ މުވައްޒަފުންނަށް ރޯދަ އެލަވަންސާއި ހަދިޔާއާއެކު 5،000 ރުފިޔާ

އެމްއޭސީއެލްގެ މުވައްޒަފުންނަށް ރޯދަ އެލަވަންސާއި ހަދިޔާއާއެކު 5،000 ރުފިޔާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތާއި ރޯދަ ހަދިޔާގެ ގޮތުގައި 5،000ރ. ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ. އެމްއޭސީއެލް އިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ފައިސާ މާދަމާ އެކައުންޓަށް ޖަމާ ކުރެވޭނެ ކަމަށެވެ. ހަމައެއާ އެކީގައި ކުންފުނިން ކުރަން ޖެހޭ މަސައްކަތުގެ ބާވަތުން ރަަމަޟާން މަހާ ގުޅުވައިގެނ...

މުޙައްމަދު
މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ، މަޖީދީމަގު ފަސޭހަ ޕޮއިންޓް ހޮޓާ ކައިރީ ހުރި އިމާރާތެއްގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. މި ހާދިސާ ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގެ މަޢުލޫމާތު  އެމްއެންޑީއެފަށް ލިބުނީ މިއަދު ހަވީރު 18:07 ހާއިރު ކަމަށް އެތަނުން ބުންޏެވެ. އެ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވާއިރު، ދުމުގެ އަސަރު ވަނީ ބޮޑު ސަރަހައްދަކަށް ފެތުރ...

ޔުމްނާ ޢަލީ
ރައީސް މުއިއްޒު، ރ. އަތޮޅާއި ބ. އަތޮޅަށް، ސޯލިހް ބ. އަތޮޅަށް

ރައީސް މުއިއްޒު، ރ. އަތޮޅާއި ބ. އަތޮޅަށް، ސޯލިހް ބ. އަތޮޅަށް

ރަައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަދި ބ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފެއްޓެވި އިރު، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ. ރައީސް ޑރ. މުއިއްޒު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ރ. އަލިފުއްޓަށެވެ. އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. ރައީސް އާ އެކުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން […]

މުޙައްމަދު
ފްރެއިބާގާއި އެއްވަރުވެ ބަޔާން އަތުން އަނެއްކާ ވެސް ޕޮއިންޓް ގެއްލިއްޖެ

ފްރެއިބާގާއި އެއްވަރުވެ ބަޔާން އަތުން އަނެއްކާ ވެސް ޕޮއިންޓް ގެއްލިއްޖެ

ޖަރުމަނު ލީގުގައި ރޭ ފްރެއިބާގާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު އެއްވަރުވެ، މިހިންމު ދެ ޕޮއިންޓް ބަޔާންގެ އަތުން ގެއްލިއްޖެއެވެ. ފްރެއިބާގްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުން ދެ ޕޮއިންޓް ގެއްލުމުން އެއްވަނާގައި އޮތް ބަޔާން ލެވަކޫސަން އާއި ދެވަނާގައި އޮތް ބަޔާން މިއުނިކާއި ދެމެދު އޮތް ފަރަގު 10 ޕޮއިންޓަށް އިތުރު ވުމުގެ ފުރުސަތު އެބައޮތެވެ. މިވަގުތު ލެވަކޫސަން އެއްވަނާގައި އޮތީ […]

އިބްރާހިމް ޚަލީލް
އޮޔާ ދިޔަ ޑައިވަރުންތަކަކާއި އިންސްޓްރަކްޓަރުންތަކެއް ސަލާމަތްކޮށްފި

އޮޔާ ދިޔަ ޑައިވަރުންތަކަކާއި އިންސްޓްރަކްޓަރުންތަކެއް ސަލާމަތްކޮށްފި

އޮޔާ ދިޔަ ޑައިވަރުންތަކަކާއި އިންސްޓްރަކްޓަރުންތަކެއް ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ. ފުލުހުން ބުނީ މެރިން ޕޮލިސް ލޯންޗެއް މިއަދު ހެނދުނު ޏ. ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގދ. ގަމާއި ދިމާލުން ކަނޑުމަތިން ޑައިވަރެއް ދުރުން ފެނިގެން ލޯންޗު އެ ސަރަހައްދަށް ދިޔައިރު އެތަނުން ދެ ޑައިވަރުން ފެނިފައިވާ ކަމަށެވެ. މެރިން ޕޮލިސްގެ ލޯންޗު ކައިރި ކުރުމުން އިތުރު ޑައިވަރުންތަކެއް ވެސް އޮޔާދާ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެ ސަރަހައްދުން ރަޝިޔާގެ 10 ޑައިވަރުންނާއި […]

މުޙައްމަދު
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އީޝާ އަހްމަދު ސިޔާމް

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: އީޝާ އަހްމަދު ސިޔާމް

ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ އަތޮޅު ތުރާކުނު ގުލްދަމްގެ، އީޝާ އަހްމަދު ސިޔާމަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވައި އެ އިލްމު އުނގެނެން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. އީޝާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވި ސަބަބުތަކުގެ ތެރޭގައި، މިއީ އާންމުކޮށް ބައިވެރިވާ މުބާރާތްތަކާއި ތަފާތު މުބާރާތަކަށް ވުން ހިމެނެއެވެ. އީޝާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އީޝާ […]

އިބްރާހިމް ޚަލީލް