މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މިފްކޯ އިން 3000 މެޓްރިކް ޓަނުގެ މަސް ކިރޭ ބޯޓެއް ގެންނަނީ

މިފްކޯ އިން 3000 މެޓްރިކް ޓަނުގެ މަސް ކިރޭ ބޯޓެއް ގެންނަނީ

3000 މެޓްރިކް ޓަނުގެ މަސް ކިރޭވަރުގެ ބޮޑު ބޯޓެއް މިހާރު ރާއްޖެއަށް އައުމުގެ ދަތުރު ފަށާފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ބުނެފިއެވެ. އެ ކުންފުނިން މިކަން ހާމަކުރީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ މުޢާޒް ޢަލީ އެވެ. މުއާޒް ވަނީ މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ތިޔާގި ދުވަސްވަރެއްކަން ފާހަގަކުރައްވައި، މިފްކޯގެ މަސްކިރޭ ކެޕޭސިޓީ އިތުރުކުރުމަށް މަސްކިރާ ބޯޓެއް މި މަހު ރާއްޖެއަށ...

ޔުމްނާ ޢަލީ
އީދު ނަމާދު ފަށާވަގުތު އަވަސްކުރަން މަޝްވަރާ ކުރަނީ

އީދު ނަމާދު ފަށާވަގުތު އަވަސްކުރަން މަޝްވަރާ ކުރަނީ

އީދު ނަމާދުގެ ޖަމާއަތް ފެށޭގަޑި އަވަސްކުރުމާއި މެދު މަޝްވަރާ ކުރަމުން އަންނަ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިކަން ހާމަކުރައްވާފައި ވަނީ މިއަދު ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ފޭސްބުކްގައި ކުރައްވާފައިވާ އެ ޕޯސްޓްގައި ވަނީ “އީދު ނަމާދު ޖަމާއަތް ފެށޭ ގަޑި އަވަސް ކުރުމާއިމެދު މިދަނީ މަޝްވަރާ ކުރަމުން” މިހެންނެވެ. ދިވެހި ރާއްޖޭގައި އަޟްހާ އީދުނަމާދާއި ފިތުރު އީދު ނަމާދުވެސް މިހާރު ފަށާ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައި […]

އިބްރާހިމް ޚަލީލް
ފަރުކޮޅުފުށީގައި ހަދާ ބުޅާ ފެސިލިޓީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

ފަރުކޮޅުފުށީގައި ހަދާ ބުޅާ ފެސިލިޓީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ހަދާ ފެސިލިޓީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއްޔެ އިއުލާނުކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ފަރުކޮޅުފުށި ސަރަހައްދުގައި ހަދަން ނިންމާފައިވާ ކެޓް ޝެލްޓާގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ސިޓީ ކައުންސިލް...

މުޙައްމަދު
ކައުންސިލުގެ އިދާރީ މުވައްޒަފުން ކިޔެވުމުން މުސާރައިގެ ކުރިއެރުން ދޭން މަސައްކަތް ކުރަނީ

ކައުންސިލުގެ އިދާރީ މުވައްޒަފުން ކިޔެވުމުން މުސާރައިގެ ކުރިއެރުން ދޭން މަސައްކަތް ކުރަނީ

ކައުންސިލުތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ކިޔެވުމުން މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލު ގެނައުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ކޮންމެ ދުވަހަކު ހެން ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގައި ނ. މަނަދޫ ކައުންސިލު އިދާރާގެ މުވައްޒަފަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކެޓަގަރީކޮށްފައިވާ ގ...

މުޙައްމަދު
އުރީދޫގެ އަތޮޅު ދުވުން ކުޅެގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު

އުރީދޫގެ އަތޮޅު ދުވުން ކުޅެގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު

މި މަހުގެ ތެރޭގައި އަތޮޅު ދުވުން ކުޅެގެން ލީޑާބޯޑުގެ އެއްވަނައިގައި ހިމެނޭ ފަރާތަށް ދެމީހުންގެ އުމްރާ ދަތުރެއް ދޭން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ. “އަތޮޅު ދުވުން” އަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ގޭމެވެ. އުރީދޫން ބުނީ އެ ކުންފުނީގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، “ހަސަނަށް ފޯނެއް”ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި ދާނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ […]

އަޙްމަދު ވަހީދު
ރޯދަ މަަހަށް އެސްޓީއޯއިން ގެނައި ފިޔާ، ބިސް އަލުވި ވިއްކަން ފަށައިފި

ރޯދަ މަަހަށް އެސްޓީއޯއިން ގެނައި ފިޔާ، ބިސް އަލުވި ވިއްކަން ފަށައިފި

ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ގެނައި ފިޔާ، ބިސް އަދި އަލުވި ވިއްކަން ފަށައިފިއެވެ. އެސްޓީއޯއިން ބުނީ، މިއަހަރުގެ ރޯދަޔަށް ގެނައި ފިޔާ، ބިސް އަދި އަލުވީގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސް މާކެޓަށް ނެރެފައިވާ ކަމަށެވެ. އަދި މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ވިއްކަން ފަށާފައިވާ ކަމަށެވެ. ހޯލްސޭލްކޮށް މުދާ ދޫކުރާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ކަމަށް ވެސް އެ ކުންފުނިން […]

އަޙްމަދު ވަހީދު
ބީއެމްއެލްގެ އެހީއާއެކު ކިހާދޫގައި ހައިޑްރޯޕޯނިކްސް ސިސްޓަމް

ބީއެމްއެލްގެ އެހީއާއެކު ކިހާދޫގައި ހައިޑްރޯޕޯނިކްސް ސިސްޓަމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީއާއެކު ބ. ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޯނިކްސް ސިސްޓަމް، ގާއިމުކޮށްފިއެވެ. މި ސިސްޓަމް ގާއިމުކޮށްފައިވަނީ އެ ރަށުގެ “ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)” އެހީގައެވެ. ބީއެމްއެލުން ބުނީ، އެ ޕްރޮޖެކްޓުގެ ދަށުން ކިއުކަމްބާ އަދި ލެޓިއުސް ހެއްދުމަށް ހަތަރު ހައިޑްރޯޕޯނިކްސް ސިސްޓަމް ގާއިމުކުރެވުނު ކަމަށެވެ. އެއިން ކޮންމެ ސިސްޓަމެއްގައި 180 ސްލޮޓް ހިމެނޭ ކަމަށާއި އެއްފަހަރާ 700 އަށްވުރެ ގިނަ ގަސް ހެއްދޭނެ ކަމަށްވެސް ބުންޏެވެ. އެ...

އަޙްމަދު ވަހީދު
މަނާ ބޭސް ބޭނުން ކުރުމުން ޕޮގްބާ ހަތަރު އަހަރަށް ސަސްޕެންޑް

މަނާ ބޭސް ބޭނުން ކުރުމުން ޕޮގްބާ ހަތަރު އަހަރަށް ސަސްޕެންޑް

ޓެސްޓޯސްޓެރޯން ހިމެނޭ ބޭހެއް ބޭނުން ކޮށްފައިވާކަން ސާބިތުވެ ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު، ޕައުލް ޕޮގްބާ ހަތަރު އަހަރަށް ފުޓްބޯޅައިން ސަސްޕެންޑް ކޮށްފިއެވެ. އުމުރުން 30 އަހަރުގެ ޕޮގްބާ މަނާ ބޭހަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އިޓަލީގައި ހެދި ޓެސްޓްތަކުންނެވެ. އެއަށްފަހު އޭނާ ހުރީ މިދިޔަ ސެޕްޓެމްބަރ މަހުން ފެށިގެން ފުޓްބޯޅައިން އެކަހެރިކޮށްފައެވެ. ހަތަރު އަހަރަށް ސަސްޕެންޑް ކުރަން ނިންމުމާއި ގުޅިގެން ޕޮގްބާބުނީ އޭނާ ދިރިއުޅުން ބިނާކުރީ ފުޓްބޯޅައިން ކަމަށާއި، އެކަމުން އެކ...

އިބްރާހިމް ޚަލީލް
ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢަލީ ޒައުލް ޒިޔާއު

ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢަލީ ޒައުލް ޒިޔާއު

ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު އިތާ، ޢަލީ ޒައުލް ޒިޔާއުއަކީ އުމުރުން ވަރަށް ހަގުއިރު ޤުރުއާން ކުލާހަށް ގޮސް، ޤުރުއާނުގެ އިލްމު އުނގެނެން ފެށި ކުއްޖެކެވެ. މި މުބާރާތަކީ މުޅި ހއ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކަށް ވުމީ، އޭނާގެ ހިތުގައި މި މުބާރާތުގައި ބައިވެރިވެ ރަނގަޅު ކާމިޔާބެއް ހޯދުމަށް ޝައުގުވެރިވި ސަބަބެކެވެ. ޒައުލް ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް […]

އިބްރާހިމް ޚަލީލް
އެތުކެޓިކޯ މެޑްރިޑް ބަލިކޮށް ބިލްބާއޯ ފައިނަލަށް

އެތުކެޓިކޯ މެޑްރިޑް ބަލިކޮށް ބިލްބާއޯ ފައިނަލަށް

ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގެ ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، އެތުލެޓިކް ބިލްބާއޯ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ވާދަކުރި ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ބިލްބާއޯ އެވެ. ފުރަތަމަ ލެގު ކުޅެފައި ވަނީ އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައެވެ. ރޭ ދެވަނަ ލެގުގެ މެޗު ބިލްބާއޯގެ ދަނޑުގައި ކުޅުނުއިރު، މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. […]

އިބްރާހިމް ޚަލީލް
މެމްބަރުންގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ އަށް އިސްލާހެއް ފޮނުވައިފި

މެމްބަރުންގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ އަށް އިސްލާހެއް ފޮނުވައިފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފިއެވެ. މި ބިލް މަޖިލިހަށް ފޮނުއްވީ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އާޒިމް އެފަދަ އިސްލާހެއް ހުށަހެޅުއްވި އިރު، މެމްބަރުންގެ އަދަދު ހިފަހައްޓަން ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިލްޔާސް ލަބީބް ވެސް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހެޅުއްވިއެވެ. އެކަމަކު، އެ އިސްލާހު މަޖިލިހުން ފާސް...

މުޙައްމަދު
މެންބަރުންގެ %33 އަންހެނުންނަށް ހާއްސަކުރަން ގާނޫނުއަސާސީއަށް އިސްލާހެއް

މެންބަރުންގެ %33 އަންހެނުންނަށް ހާއްސަކުރަން ގާނޫނުއަސާސީއަށް އިސްލާހެއް

ރައްޔިތުންގެ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަދަދުގެ ތެރެއިން %33 އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިހަށް ފޮނުވައިފިއެވެ. އެ ބިލް މަޖިލިހަށް ފޮނުއްވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމެވެ. ރޮޒެއިނާ ވިދާޅުވި ގޮތުގައި މި ބިލް ހުށަހެޅުއްވުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ މެމްބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރު ކުރުމަށާއި ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަންހެނުންގެ ދައުރު އ...

މުޙައްމަދު
މަޖިލީހުގެ އިންތިޚާބު އޭޕްރިލް 21 ގައި

މަޖިލީހުގެ އިންތިޚާބު އޭޕްރިލް 21 ގައި

ރޯދަމަހުގެ ފަހުން އިންތިޚާބުތައް ބޭއްވުމަށް ޤާނޫނަށް ގެނައި އިސްލާހްގެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާއެކު އިންތިޚާބުގެ އައު ތާރީޚް މިރޭ ޢިއުލާން ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި އިންތިޚާބު ބާއްވަން ކުރިން ނިންމާފައި އޮތީ އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް މިއަދު ތަޞްދީޤުކުރެއްވުމާއެކު އީސީން މިރޭ ބުނިގޮތުގައި ދެން 20 ވަނަ މަޖިލީހުގެ […]

ޙުސައިން ޝަހުދީ
ރޯދައިގެ ފަހުން އިންތިޚާބު ބާއްވާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ރޯދައިގެ ފަހުން އިންތިޚާބު ބާއްވާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ރޯދައިގެ ފަހުން އިންތިޚާބު ބާއްވާ ބިލު ރައީސް މިއަދު ތަސްދީގު ކުރައްވައިފި އެވެ. އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް ތަޞްދީޤުކުރެއްވީ ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާއި ގުޅިގެން ނެވެ. ރައީސް މި ބިލު މިއަދު ތަސްދީގުކުރައްވާފައިވާއިރު، ރޯދަމަހު މި އިންތިޚާބު ބޭއްވުމަކީ ބޭނުންފުޅުވެވަޑައިގަންނަވާކަމެއް ނޫންކަމަށާ، އިންތިޚާބު ރޯދައިގެކުރީން ބޭއްވުމަށް މީގެކުރީންވެސް އެދިވަޑައިގެންފައިވާނެކަމުގައި މިއަދު ކެނދިކުޅުދޫގައި ވާހަކަފުޅު ދައްކަވަމުން ވަނީ ވިދާޅު...

ޙުސައިން ޝަހުދީ
ރައީސަށް ލަފާ ދިނުމުގައި ގާނޫނީ މަސްލަހަތު އިސްކުރާނަން: އޭޖީ

ރައީސަށް ލަފާ ދިނުމުގައި ގާނޫނީ މަސްލަހަތު އިސްކުރާނަން: އޭޖީ

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނަމުން އައި ގޮތާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން ގަވައިދަށް ބަދަލު ގެނައި ފަހުން މަޖިލިހުން ފާސްކުރި ކަންކަމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވާނީ ގައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. އުޝާމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެންމެ […]

މުޙައްމަދު