ޚަބަރު ހެކިތަަކަކާ ގުޅިގެން ޔާމީން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތް އާރަށް މައްސަލައިގައި ކްރިމިނަލް ކޯޓުން ބައެއް ހެކިތައް ބަލައިގަތުމަށް ނިންމި ނިންމުން އިސްތިއުނާފުކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފިއެވެ. ހުސައިން ހަބީބް · 12 ގަޑިއިރު 18 މިނެޓު ކުރިން · 2 މިނިޓު
ޚަބަރު ތަރުބިއްޔަތުގެ މަގު: ދަރިންނާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަކުރަން ދިއްދޫގައި ކާމިޔާބު ޕްރޮގްރާމެއް ހއ. ދިއްދޫގެ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން، ދަރިންނާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަކުރުމަށާއި ކުދިން ތަރުބިއްޔަތުކުރުމަށް އެހީތެރިވުމުގެ ގޮތުން ޚާއްޞަ ވޯކްޝޮޕެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. ޝިއުނާ އާދަމް · 12 ގަޑިއިރު 30 މިނެޓު ކުރިން · 1 މިނިޓު
ޚަބަރު އާސެނަލް އެއްވަނައަށް އެރިއިރު، ރެއާލް މެޑްރިޑާއި ލާޒިއޯއިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި ޔޫރަޕުގެ ލީގުތަކުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ޕްރިމިއާ ލީގުގެ އެއްވަނައަށް އެރިއިރު، ރެއާލް މެޑްރިޑާއި ލާޒިއޯ އިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ. އަޙްމަދު ވަހީދު · 12 ގަޑިއިރު 54 މިނެޓު ކުރިން · 1 މިނިޓު
ޚަބަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ދައްކައިގެން މުދާ ދޫކުރެވޭނެ ގޮތް ހަދައިފި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޕޯޓް މެނޭޖްމަންޓް އިންޓަގްރޭޓެޑް ސިސްޓަމް މެދުވެރިކޮށް، ބީއެމްއެލް ޕޭމަންޓް ގޭޓްވޭ ބޭނުންކޮށްގެން ފައިސާ ދެއްކުމަށްފަހު މުދާ ދޫކުރެވޭނެ އައު އިންތިޒާމެއް ހަމަޖައްސައިފިއެވެ. އަޙްމަދު ވަހީދު · 13 ގަޑިއިރު 13 މިނެޓު ކުރިން · 1 މިނިޓު
ޚަބަރު ނުކުޅެދުންތެރިކަމާއި ނަފްސާނީ ހާލަތަށް ބިނާކޮށް ގޭގައި ތައުލީމުދޭ 'ހޯމް-ސްކޫލިން' ބިލު މަޖިލީހަށް ބަލައިގެންފި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފްސާނީ ދަތިތައް ހުންނަ ދަރިވަރުންނަށް ގޭގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތައުލީމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ. އަލީ އާދިލް · 13 ގަޑިއިރު 48 މިނެޓު ކުރިން · 2 މިނިޓު
ޚަބަރު ލިވަޕޫލް ބަލިކޮށް އާސެނަލް ޕްރިމިއާ ލީގުގެ އެއްވަނަ އަށް އަރައިފި އިންގްލިޝް ޕްރިމިއާ ލީގުގައި ވާދަވެރި ކުޅުމަކަށް ފަހު ލިވަޕޫލްގެ މައްޗަށް 1-0 އިން ކުރިހޯދައި، ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ. މިއީ ވޭތުވެދިޔަ 14 ފަހަރުގެ ތެރެއިން އެންފީލްޑްގައި އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. އަޙްމަދު ވަހީދު · 18 ގަޑިއިރު 7 މިނެޓު ކުރިން · 1 މިނިޓު
ޚަބަރު އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކު ހިމެނޭހެން އަށް މީހަކު ޝަހީދުވެއްޖެ ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ޙަމަލާތަކެއްގައި ހަތަރު އަހަރުގެ ކުޑަކުއްޖަކާއި ފުލުހުންތަކެއް ހިމެނޭހެން މަދުވެގެން އަށް މީހުން ޝަހީދުވެއްޖެއެވެ. މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާތަކެކެވެ. ނާޒިމާ އަލީ · 18 ގަޑިއިރު 24 މިނެޓު ކުރިން · 1 މިނިޓު
ޚަބަރު ޒުވާނުންނަށް އެކުއަކަލްޗަރގެ ހުނަރު ދަސްކޮށްދިނުމުގެ މެރިކަލްޗަރ ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީކުރުމަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމަށްޓަކައި ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯހުގެ ހަތަރުވަނަ ބުރު މަނިޔަފުށީގައި ފަށައިފިއެވެ. ޝިއުނާ އާދަމް · 21 ގަޑިއިރު 54 މިނެޓު ކުރިން · 3 މިނިޓު
ޚަބަރު އިލެކްޓްރިކް އުޅަނދުގެ ތަޖުރިބާ ހޯދުމުގެ ދަތުރެއް ބެންކޮކުގައި ނިންމާލައިފި އީ.ވީ އުޅަނދުފަހަރާ ގުޅޭ ތަޖުރިބާ ހޯދުމުގެ ޚާއްސަ ދަތުރެއް ތައިލެންޑުގައި ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ. އަލީ އާދިލް · 22 ގަޑިއިރު 49 މިނެޓު ކުރިން · 1 މިނިޓު
ވިޔަފާރި ޅ. ރަތްރުއްހުރާ އަދި ބ. ތުޅާދޫ ބޭރުގައި އައު ދޮށީ ކަނދުފަތިތަކެއް އަޅައިފި މަސްވެރިކަން ފުޅާކޮށް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން، ޅ. ރަތްރުއްހުރާ އަދި ބ. ތުޅާދޫ ބޭރުގައި އައު ދޮށީ ކަނދުފަތިތަކެއް އަޅައިފިއެވެ. އިބްރާހިމް އަސްވާޤް · 1 ދުވަސް ކުރިން · 1 މިނިޓު
ހަނގުރާމަ ހަމަލާދީފިނަމަ އީރާނުގެ އާ އަމާޒަކަށް އޭއައި އާއި ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް އެމެރިކާއާއި އިޒްރޭލުން އަލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ، އެ ދެ ގައުމުގެ މެދުއިރުމަތީގެ ބައިވެރިންގެ ސަރަހައްދީ ޑޭޓާ ސެންޓަރުތަކާއި، ކަނޑުއަޑީގެ ފައިބާ އޮޕްޓިކް މުވާސަލާތީ ކޭބަލްތަކުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ މުހްސިން ރިޒާއީ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ގައުމުގެ އަސްކަރީ އަދި ސަލާމަތީ އިސް އޮފިޝަލުން ވަނީ އީރާނުން ހަމަލާދޭން ކަނޑައަޅާފައިވާ... ނާޒިމާ އަލީ · 1 ދުވަސް ކުރިން · 1 މިނިޓު
ޚަބަރު އެމެރިކާއިން އިރާގަށް ނަގުދު ފައިސާގެ ގޮތުގައި 3 ބިލިއަން ޑޮލަރު ފޮނުވަނީ އެމެރިކާގައި ބަހައްޓާފައިވާ އިރާގުގެ ބޭރު ފައިސާގެ ރިޒާވުން ކުރިއަށް އޮތް މުއްދަތުގައި ތިން ބިލިއަން ޑޮލަރުގެ ނަގުދު ފައިސާ އިރާގަށް ފޮނުވުމަށް އެމެރިކާއިން ނިންމާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ. މި ފައިސާ އެ ގައުމަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ވިދިވިދިގެން ހަ ފަހަރެއްގެ މަތިން، ކޮންމެ ފަހަރަކު 500 މިލިއަން ޑޮލަރެވެ. އެމެރިކާގެ ފެޑެރަލް ރިޒާވުން އިރާގުގެ މަރުކަޒީ ބޭންކަށް ފޮނުވާ މި ފައިސާއަކީ އެމެރިކާ ސަރުކާރުން އެ ގައުމަށް ދޭ މާލީ އެހީއެއް ނުވަތަ […] ނާޒިމާ އަލީ · 1 ދުވަސް ކުރިން · 3 މިނިޓު
ދިރިއުޅުން ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި ށ. ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ސްޓެލްކޯއާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެ ކުންފުންޏާ ދެމެދުގައެވެ. އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިސް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ... އަޙްމަދު ވަހީދު · 1 ދުވަސް ކުރިން · 2 މިނިޓު
ޚަބަރު ސަރުކާރުން ލިބެންޖެހޭ ފައިސާ، މީރާގެ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި ދައުލަތުގެ އިދާރާތަކުން ވިޔަފާރިތަކަށް ލިބެންޖެހި ނުލިބި ހުރި ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު މާލީ ވުޒާރާއިން ހަމަޖައްސައިފިއެވެ. ޔުމްނާ ޢަލީ · 1 ދުވަސް ކުރިން · 2 މިނިޓު
ޚަބަރު އޮޕަރޭޝަން ތިއޭޓަރުގައި އޮތީ އަމިއްލަ ކޮއްކޮ: ޣައްޒާގެ ޑޮކްޓަރުން ތަހައްމަލުކުރާ ބިރުވެރި ހަގީގަތް އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގެ ތެރޭގައި އެންމެ ބޮޑު ނަފްސާނީ އަދި ޖިސްމާނީ ތަކުލީފެއް އުފުލަން ޖެހިފައިވަނީ އެ ސަރަހައްދުގެ ސިއްހީ ހިދުމަތްތެރިންނަށެވެ. އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތުގައި ހުއްޓުމެއް ނެތި އުޅެނިކޮށް، އަމިއްލަ އާއިލާގެ މަރުގެ ހަބަރުތަކާ ކުރިމަތިލާން ޖެހުމާއި، ޒަހަމްވެގެން ގެންނަ އަމިއްލަ ލޯބިވާ މީހުންގެ ފުރާނަނެތް މަސްގަނޑު ފެނުމަކީ އެތައް ޑޮކްޓަރުންނަކާއި ނަރުހުންގެ ދިރިއުޅުން މުޅިން ބަދަލުކޮށްލާފައިވާ ބިރުވެރި ހަގީގަތެކެވެ. ދީރުލް... ނާޒިމާ އަލީ · 1 ދުވަސް ކުރިން · 1 މިނިޓު