ތިލަދުންމަތީ ޚަބަރު އިހަވަންދޫގެ ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދޭނަން: ރައީސް ހއ. އިހަވަންދޫ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް އެރަށުގެ ތަރައްޤީގެ މަސައްކަތްތަކަށް އިސްކަން ދެއްވައި، ރަށުގެ ރައްޔިތުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުގައި ހަތަރު ވަނަ މަންޒިލެއް ގޮތުގައި އިއްޔެ އިހަވަންދޫ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވިވާހަކަފުޅުގައި ވަނީ އެރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަގުނަ ކަންތ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުލިގަމުން މިވަގުތު އެންމެ އެދޭ ކަމަކީ އައު ޞިއްޙީ މަރުކަޒެއް ހއ. އުލިގަމުގެ ރައްޔިތުން މިވަގުތު އެންމެ އެދޭ ކަމަކީ ރަށުގައި އައު ޞިއްޙީ މަރުކަޒެއް ހެދިގެންދިއުންކަމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ތިން ވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. އުލިގަމަށެވެ. އެރަށުގައި ރަށު ކައުންސިލާއި އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ ކަންތައްތައް ރައީސް އަށް ދަންނަވާފައެވެ. […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ޚަބަރު ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ވަނގާރު ހިމަނައިދޭން އެދިއްޖެ ހއ. ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި އެ ރަށް ކައިރީގައި އޮންނަ އެ އަތޮޅު ވަނގާރު ހިމަނައިދޭން އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ދެވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. ތުރާކުނަށެވެ. ރައީސް ތުރާކުނަށް ވަޑައިގެން އިއްޔެ ހަވީރު އެރަށު ސްކޫލްގައި އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ ބިން ހިއްކުމުގެ މަޝްރޫޢު ފަށައި، ނިންމައިވެސްދޭނަން: ރައީސް ހއ. ހޯރަފުށީގެ ބިން ހިއްކުމަށް މިހާރު ބަޖެޓްކޮށްފައިވާ މިންވަރުން އެކަން ނުކުރެވޭނެ ކަމަށާއި، ނަމަވެސް އެރަށުގައި އެ މަޝްރޫޢު ހިންގައި ނިންމައި ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހޯރަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ، ޖުމްލަ ގޮތެއްގައި ހޯރަފުށީގެ ތަރ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ނަތީޖާ ރަނގަޅުކޮށް ބާސާ ދެވަނައަށް ސީޒަންގެ މެދަކާއި ހިސާބުން ވަރަށް ބޮޑަށް ނަތީޖާތައް ދަށްވެ ތާވަލުގެ ގަދަ ދެ ޓީމްގެ ތެރެއިން ބޭރުވެފައި ދުވަސްގަނޑެއްގައި އޮތިމަށްފަހު ނަތީޖާތައް ރަނގަޅުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ގެޓާފޭއާއި ބައްދަލުކުރި މެޗުގައި ބާސާއިން ވަނީ މޮޅު ކުޅުމެއް ދައްކައި 4-0 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބާސާ ދެވަނާގައި އޮތީ 26 މެޗުން ހޯދި 57 ޕޮއިންޓާއި އެކުގައެވެ. އެއްވަނާގައި އޮތް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހޯރަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިގޮތުގައި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ، މަސްވެރިކަމުގެ އިންޑަސްޓްރީ، ދަނޑުވެރިކަމުގެ އިންޑަސް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވަރުގަދަ ނައިވާދޫ ބަލިކޮށް ޒޯން-1 ގެ ޗެމްޕިއަންކަން އުތީމުން ހޯދައިފި ޒޯން-1 ގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ، އެންމެ ފަހުގެ ދެ އަހަރުގެ ވެސް ޗެމްޕިއަންކަން ހޯދި ވަރުގަދަ ނައިވާދޫ ބަލިކޮށް “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ޒޯން އެކެއްގެ ޗެމްޕިއަންކަން އުތީމުން ކާމިޔާބު ކޮށްފިއެވެ. އުތީމާއި ނައިވާދޫ ބައްދަލުކުރި ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އުތީމުން ނައިވާދޫގެ މައްޗަށް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދިއްޕޮޅުގައި ޖުލައި ނިމުމުގެ ކުރިން ބަންކަރިންގެ ހިދުމަތް ފަށަނީ އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. އުތުރުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ ދެތިން ހަފްތާގެ ތެރޭގައި ދުނިޔޭގެ 10 ވަނައިގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏަކާ އެކުގައި އެއްބަސްވު... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ގަމުގައި ދިވެއްސަކު ނިޔާވެފައި އޮއްވައި ފެނިއްޖެ ލ. ގަމުގައި ދިވެއްސަކު ނިޔާވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ. ފުލުހުން ބުނީ ގަން، މަތިމަރަދޫ ފޮއްތޭ ހަޓް އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހަބަރު ހުސްވެފައި އޮތް މީހެއްގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މެންދުރު 12:15 ހާއިރު ކަމަށެވެ. މި މީހާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުންޏެވެ. ނިޔާވެފައި ވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޕިކަޕެއްގައި ހުތުރު ވައްތަރު ޖެއްސި މީހާ 15 ދުވަހަށް ބަންދަށް މާލޭގައި ޕިކަޕެއްގެ ތެރޭގައި އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ހުތުރު ވައްތަރުތަކެއް ޖެއްސި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފިއެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލަ އާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޝާހިދު އަތޮޅު ތެރެއަށް، ފުރަތަމަ އއ. އަތޮޅަށް އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ފޮރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވިވަޑައިގެންނެވި ފަހުން، އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ފައްޓަވައިފިއެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު އެންމެ ފުރަތަމަ ވަޑައިގަތީ އއ. އުކުޅަހަށެވެ. އެއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ތޮއްޑޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ހުސެއިން ސަމީރުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށެވެ. Thoddoo Dhaairaa @MDPSecretariat C... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރައީސް މިއަދު ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރަށްވާ ދަތުރުފުޅެއް ފައްޓަވާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ. އިނގިފައިވާ ގޮތުގައި މި ދަތުރުފުޅުގައި ރައީސް ފުރަތަމަ ވަޑައިގަންނަވަނީ ހއ. ހޯރަފުއްޓަށެވެ. ރައީސް އެރަށަށް މިއަދު ވަޑައިގަންނަވާތީ މަރުޙަބާ ދެންނެވުމަށް ރައްޔިތުންނަށް އެއާޕޯޓަށް ދިޔުމަށް ހޯރަފުށީ ކައުންސިލުން ވަނީ އެރަށު ރަށްޔިތުންނަށް ދައުވަތުގެ މެސެޖެއް އާންމުކޮށްފައެވެ. ހޯރަފުށީ ކައުންސިލުން ނެރެފައިވާ މެސެޖުގައިވާގޮތުން ރައީސަށް މަރުޙަބާ ދެންނެވުމަށް އ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ނިލާމާ ރަޝީދު ހއ.ދިއްދޫ ޗޭނު ޖަމިއްޔާގެ ފާރާތުން އެ ރަށުގައި ހިންގަމުން އަންނަ ޤުރުއާން ކުލާހުގައި ކިޔަވަން ފެށި ހިސާބުން ޤުރުއާން އުނގެނި ދަސްކުރުމަށް ހިތުގައި ބޮޑު ޝައުގެއް އުފެދުނު އެ ރަށު އޭޝިއާ، ނިލާމާ ރަޝީދަކީ ދަރިންނަށް ވެސް ޤުރުއާން ކިޔަވައި ދިނުމަށް ގިނަ ވަގުތު ހޭދަކުރަމުން އަންނަ ފަރާތެކެވެ. ނިލާމާ މި މުބާރާތުގައި ބައިވެރިވި އެންމެ ބޮޑު މަގުސަދަކީ ޤުރުއާންގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމެވެ. ފާއިތުވި ތަނުގައި އޭނާ ވަނީ ގިނަ ޤުރުއާން މުބާރާތްތަކެއްގައި ވާދަކޮށް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގުގެ ފައިނަލުގައި އެއާޕޯޓާއި ޕޮލިސް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެކްސީޑް މޯލްޑިވްސް ގުޅިގެން ބާއްވާ ހޯރަފުށީ އޮފީސް އެކްސީޑް ނައިން އަ ސައިޑް ފުޓްބޯޅަ ލީގްގެ ފައިނަލުން ހޯރަފުށީ އެއާޕޯޓާއި ހޯރަފުށީ ޕޮލިސް ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލުން އެއާޕޯޓުން ޖާގަ ހޯދީ ގްރޫޕް ބުރުގައި ކުޅުނު ދެ މެޗުގެ ތެރެއިން، އެއްމެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ ލިބުނު ހަތަރު ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ހޯރަފުށީ ޕޮލިސް ޓީމް ގްރޫޕް ބުރުގައި ކުޅުނު ދެ މެޗުން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ''"ރައްޔިތުންގެ އަޑު" ޕޯޓަލް އިފްތިތާހްކޮށްފި ރައްޔިތުން ބޭނުންވާ ޚިޔާލާއި ޝަކުވާ ސީދާ ރައީސް އަށް ހުށަހެޅޭގޮތަށް ފަރުމާކޮށްފައިވާ ޚާއްޞަ ޕޯޓަލް “ރައްޔިތުންގެ އަޑު” ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައިފިއެވެ. ރައީސް މި ޕޯޓަލް އިފުތިތާހުކޮށްދެއްވާފައިވަނީ ރޭ މާލޭގެ ސަލްޓަން ޕާކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދިޔަ ‘އަހާ’ ސިލްސިލާގެ ދެވަނަ ފޯރަމްގެ ތެރޭގައެވެ. މި ޕޯޓަލް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ރައްޔިތުންނަށް މި ޕޯޓަލް ބޭނުންކޮށް ލިބުނު ފުރުޞަތުގެ ބޭނުން ހިފުމަށް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން