ކުޅިވަރު ބަޔާންގެ އަންބީޓެން ރެކޯޑް މުގުރާލައި ލެވަކޫސަން ހަމަޖެހިލައިފި ޖަރުމަނު ލީގުގެ ގަދަބާރު، ބަޔާން މިއުނިކުން ބަލިނުވެ އެންމެ ގިނަ މެޗު ކުޅެގެން ހަދާފައިވާ ރެކޯޑް ބަޔާން ލެވަކޫސަން އިން މުގުރާލައިފިއެވެ. ރޭ ޖަރުމަނު ލީގުގައި އަމިއްލަ ދަނޑުގައި ލެވަކޫސަން އިން ވަނީ 2-1 ގެ ނަތީޖާއިން މައިންޒް ބަލިކޮށްފައެވެ. ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެވަކޫސަން އަދި މި ސީޒަންގައި ބަލިވެފައިނުވާއިރު، ރޭ ލިބުނު މޮޅާއިއެކު އެ ޓީމް މި ވަނީ ބަލިނުވެ 33 މެޗު ހަމަކޮށްފައެވެ. މިއީ ރެކޯޑެކެވެ. ކުރިން ޖަރުމަނުގައި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގޯލްޑަން ފުޓްސަލް: ޒޯން އެކެއްގެ ފައިނަލުގައި ނައިވާދޫއާއި އުތީމް “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ޒޯން އެކެއްގެ ފައިނަލުން ނައިވާދޫއާއި އުތީމް ޖާގަ ހޯދައިފިއެވެ. މި ޒޯންގެ ގްރޫޕް ސްޓޭޖް ފަހު މެޗުތައް ރޭ ކުޅެފައިވާއިރު ނައިވާދޫއިން ވަނީ ނޮޅިވަރަމްގެ މައްޗަށް 5-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. އެ ޓީމް ގްރޫޕް ބުރު ނިންމާލީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހޯދި ނުވަ ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮވެގެންނެވެ. މި ގްރޫޕްގައި ރޭ ދިއްދޫއާއި އުތީމް ބައްދަލުކުރި މެޗު 5-2 […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޔޫލީ މުހައްމަދު ލަތީފް ހއ.ދިއްދޫ ޒުރިޔާނުގެ، ޔޫލީ މުހައްމަދު ލަތީފްއަކީ އެ އާއިލާގެ ހަތަރުވަނަ ކުއްޖާއެވެ. އާއިލާގައި ތިބި ބޭބެމެންނާއި ދައްތަމެން ޤުރުއާން މުބާރާތްތަކުގައި ވާދަކުރާތަން ފެނުމާއި، މަންމައާއި ބައްޕަ އެ އިލްމު އޭނާއަށް އުނގައްނައި ދިނުމަށް ބާރުއަޅައި ކޮށްދިން މަސައްކަތުން އޭނާ ހިތުގައި ޤުރުއާން އުނގެނި ދަސްކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. ޔޫލީއަކީ ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. ޤުރުއާންގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމަށް ހިތުގައ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ރޯދަ މަހު ބީއެމްއެލުން ހިދުމަތް ދޭނީ ހެނދުނު 9:30 ން 12 އަށް މި އަހަރުގެ ރޯދަމަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތައް އިއުލާންކޮށްފިއެވެ. އެ ބޭންކުން ބުނި ގޮތުގައި ބޭންކް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށެވެ. ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ބޭންކް ހުޅުވާފައި ހުންނާނީ އެ ގަޑީގައެވެ. ބީއެމްއެލް އިން ބުނީ، ރޯދަމަހުގެ ފަހު ދިހައެއްގައިވެސް އެ ބޭންކުން ހިދުމަތް ދޭނެ ކަމަށެވެ. އެ 10 ދުވަހު ހިދުމަތް ދޭނީ ހެނދުނު […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ''އަހާ'' ސިލްސިލާގެ ދެވަނަ ފޯރަމް މިރޭ ރައީސް މުޢިއްޒު އާއިއެކު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ ދެވަނަ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ. މިރޭގެ ފޯރަމް ހާއްސަ ކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ. މިރޭގެ ޕްރޮގްރާމް ވެސް އޮންނާނީ ފުރަތަމަ ޕްރޮގްރާމެކޭ އެއްގޮތައް މާލޭގެ ސަލްޓަންޕާކުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިރޭގެ ފޯރަމް ފަށަން ނިންމާފައި ވަނީ 20:45 ގައެވެ. ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ފަށާފައިވާ މި ފޯރަމް ބާއްވަން ނި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ޙިދުމަތް ދެވޭނީ އެކަކު އަނެކަކަށް އިތުބާރުކޮށްގެން: ފަހުމީ މަސައްކަތުގެ މާޙައުލުގައި އެކަކު އަނެކަކަށް އިތުބާރު ނުކުރާނަމަ ފޯރު ކޮށްދެވޭނެ ޚިދުމަތެއް ނޯންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ މިހެން ވިދާޅުވީ ސްޓެލްކޯއިން ޚިދުމަތްދޭ އިންޖީނުގެތަކުގެ ވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހިންގުމާއި ހުނަރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަހުމީ ވިދާޅުވީ، މަސައްކަތުގެ މާޙައުލުގައި ވެރިޔަކަށް އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އިތުބާރު ނުކުރެވ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ފައިސަލް އެމްޑީޕީއަށް ސޮއިކުރައްވައިފި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފިއެވެ. ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ނައިބެއްގެ ގޮތުގައި ދައުރު ފުރިހަމަކުރެއްވި ފައިސަލް އެމްޑީޕީއާއި ގުޅިވަޑައިގެން، ޕާޓީގެ މެންބަރޝިޕް ފޯމު އަރުވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަތްޕުޅަށެވެ. ފައިސަލް އެމްޑީޕީ އަށް ސޮއިކުރެއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް ކުރީގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު އާއި ޗެއާޕާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިލަންދޫ ސްކޫލުގައި ތަރައްގީކުރި "އަލިމަސް ރީޑިން ޕާކް" ހުޅުވައިފި ށ.މިލަންދޫ ސްކޫލުގައި ތަރައްގީކުރި “އަލިމަސް ރީޑިން ޕާކް” ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ. މިލަންދޫ ސްޕޯޓްސް ކްލަބުން ބީއެމްއެލް ކޮމިއުނިޓީ ފަންޑްގެ ދަށުން ތަރައްގީކުރަން ފެށި މި ޕާކްގެ މަސައްކަތް ނިމި މިދިޔަ ބުދަ ދުވަހު ހުޅުވާފައިވާއިރު، މި ޕާކް ފުރިހަމަ ތަނަކަށް ހެދުމަށް މާލީ ގޮތުންނާއި އަމަލީގޮތުން ގިނަ ބަޔަކު ވަނީ ގުޅިގެން މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން މި ޕާކް ތަރައްގީ ކުރުމަށް މިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ މާލީގޮތުން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލުން ގުޅިއާއި ކެޔޮދޫގައި ސެލްފްސާވިސް އޭޓީއެމް ހިދުމަތް ފަށައިފި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ކ. ގުޅި އަދި ވ. ކެޔޮދޫގައި ސެލްފް ސާވިސް އޭޓީއެމް ބަހައްޓައިފިއެވެ. އެ ބޭންކުން މި އޭޓީއެމްތައް ބަހައްޓައި ހިދުމަތް ދޭން ފެށީ ރާއްޖެއަށް ބޭކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. ބީއެމްއެލް އިން ބުނީ، އެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. ގުޅީގައި […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ތަހުލީލުތަކަށް ފަހު ޕެނަޑޯލް ބޭނުންކުރުމުގެ ހުއްދަ ދީފި ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ބޭސް، ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ކެއުމާއި ވިއްކުން މަނާކޮށްފައި އޮތުމަށްފަހު އަލުން އެ ބޭސް ބޭނުންކުރުމުގެ ހުއްދަ އިއްޔެ ދީފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ނުކެއުމަށާއި ނުވިއްކަން އެންގީ 30 ޖެނުއަރީ 2024 ގައެވެ. އެމްއެފްޑީއޭ އިން މިގޮތައް އެންގީ ރާއްޖެ އެތެރެކޮށް ވިއްކާ ކޮންމެ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ކިނޮޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު 22 ފެބްރުއަރީ 2024 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި އެމްޓީސީސީގެ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު، އަޙުމަދު ލަތީފެވެ. މި މަޝްރޫއުގެ ދަށުން، 19,780 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 65... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ވިޔަފާރި އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު 7ގައި އުރީދޫ މޯލްޑިވްސް އިން ބާއްވާ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ. އުރީދޫން ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރޭ 8:30ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަނަށް ގޮސް ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ ހުލުމާލޭ […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު ނިންމުން ބަދަލުކޮށް ކްރޫސް ގައުމީ ޓީމަށް 2021 ވަނަ އަހަރު ޖުލައި މަހު ޖަރުމަނުގެ ގައުމީ ޓީމުން ރިޓަޔަރ ކުރި ޓޯނީ ކްރޫސް އަލުން ގައުމީ ޓީމަށް ކުޅެން ނިންމައިފިއެވެ. އުމުރުން 34 އަހަރުގެ ކްރޫސް އަކީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް އޭނާ އަންނަނީ ހުރިހާ ސީޒަނެއްގައި ވެސް ރެއާލްގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިވަގުތު ރެއާލްގެ މިޑްފީލްޑްގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާއެވެ. ރެއާލާއިއެކު ކްރޫސް ހަދާފައިވާ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ބީއެމްއެެލްގެ އެހީ ދިވެހި ރެޑްކްރެސެންޓަށް ދިވެހި ރެޑް ކްރެސެންޓުގެ “ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް”ގައި ބައިވެރިވެ ބީއެމްއެލުން އެ ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ދިވެހި ރެޑް ކްރެސެންޓުން ބުނީ، ބީއެމްއެލްގެ އެހީ ލިބުމުން، ކާރިސާތަކާއި އާންމު ހާލަތްތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް އެހީވުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. ދިވެހިރެޑް ކްރެސެންޓުން ކުރިއަށްގެންދާ އެކި ހަރަކާތްތަކުގެ ތެރޭގައި ފުރަތަމަ އެހީ، ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައި... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ އަކުރު ޓައިޕް: ރީތި ދިވެހި ފޮންޓްތައް އެއް ޕްލެޓްފޯމަކުން ދިވެހި ފޮންޓްސް އަށް ޚާއްސަ ޕްރިމިއާ އޮންލައިން މާކެޓްޕްލޭސްގެ ގޮތުގައި ‘އަކުރު ޓައިޕް’ މިއަދު ލޯންޗުކޮށް, އާންމުކޮށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ. ދިވެހި ބަހުގެ ތަފާތު ތަޖުރިބާއަކަށް, ތާނަ އަކުރުގެ މުޅިން ތަފާތު ފަރުމާތަކެއް އިހްތިޔާރުކުރުމަށް www.akurutype.com އަށް ޒިޔާރަތް ކުރައްވާށެވެ. ދިވެހި ބަހާއި ސަގާފަތް އަދި ތަރިކަ މިނިސްޓްރީގެ އިއްޒަތްތެރި މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މިއަދު ލޯންޗުކޮށް ދެއްވި އަކުރު ޓައިޕްގެ މަގުސަދަކީ ދިވެހި އަކުރުގެ އަގު ނުހަނު ބޮޑަށް ވަޒަން […] އަލީ އާދިލް · 2 އަހަރު ކުރިން