ތިލަދުންމަތީ ޚަބަރު ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގް ފަށައިފި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެކްސީޑް މޯލްޑިވްސް ގުޅިގެން ބާއްވާ ހޯރަފުށީ އޮފީސް އެކްސީޑް ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް ރޭ ހޯރަފުށީ ކްލަބް ފުޓްބޯޅަ ސްޓޭޑިއަމްގައި ފަށާފައިވާއިރު، ރޭ މުބާރާތު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހޯރަފުށީ އެއާޕޯޓާއި ޓީމް ފެނަކައެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އެއާޕޯޓުންނެވެ. މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެއާޕޯޓް ޓީމަށް ޖަހައިދިނީ އަލީ ރިއްފަތެވެ. މި މެޗުގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
މަޖިލިސް ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ތަސްދީގު ނުކޮށް ލަސްވާތީ ކުއްލި މައްސަލައެއް ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ފާސްކުރި ބިލު ރައީސް ތަސްދީގުކުރެއްވުން ލަސްވާތީ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މިޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ. ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 11 ފެބްރުއަރީ 2024 ގައެވެ. ޤާނޫނުއަސާސީ ބުނާގޮތުން މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުކުރެއްވުމަށް ރައީސް އަށް ފޮނުއްވުމުން އެ ބިލު ތަސްދީ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދި-ފައުންޑޭޝަން ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ޢާއިޝަތު ނީޝާން ކުޑައިރުއްސުރެ ކީރިތި ޤުރުއާން ކިޔަވައި ޤުރުއާން އަޑުއެހުމަށް ޝައުގުވެރިކަން އުފެދި، ޤުރުއާން ހިތުދަސްކުރަން ފެށި ހއ. ދިއްދޫ، އައިވީ ޢާއިޝަތު ނީޝާން އާދަމް ނާފިޒު އަކީ އެ އަތޮޅު ކެލާގައި ހުންނަ ޝައިޚް އިބްރާހީމް ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. ނީޝާންއަކީ އަބަދުވެސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމަށް ވަރަށް ލޯބިކުރަމުން އަންނަ ކުއްޖެކެވެ. މުބާރާތުގެ އެއްވަނައަށް އަޒުމްކޮށް މި މުބާރާތުގައި ބައިވެރިވާން އޭނާ ނިންމި އެންމެ ބޮޑު ސަބަބަކީ ވެސް ޤުރުއާން ކިޔަވައި، އަދި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ތިނަދޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރަން ހަވާލުކޮށްފި ގދ. ތިނަދޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގދ. ތިނަދޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. ސަރުކާރުން މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ކުންފުންޏެއް ކަަމަށްވާ، ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ހާލަންޑްގެ ލަނޑުން މޮޅުވެ ސިޓީ ދެވަނައަށް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ސިޓީއަށް ވަނީ 25 މެޗުން 56 ޕޮއިންޓް ލިބިފައެވެ. އެއްވަނާގައި ލިވަޕޫލް އޮތީ 25 މެޗުން ހޯދި 57 ޕޮއިންޓާއި އެކުގައެވެ. މި ދެ ޓީމްގެ ދެމެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ސަރުކާރުން މި ކުރަނީ ގައުމު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް: ރައީސް ގައުމު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތާ އެކުގައި ރައްޔިތުން ބޭނުންވާ ކަންކަން ވެސް ކުރަމުން ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދެެކުނުގެ އަތޮޅުތަކަށް މިދިޔަ އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކުރަމުން ދާނީ ދަތިތަކުން އަރައިގަނެގެން ކަމަށެވެ. “މަޖިލިސް ހުޅުވި ދުވަހު، ގާނޫނީ ގޮތުން އެކަން ބަޔާން […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އައިޑީކާޑު ލިބޭ ގޮތް ހަދައިފި ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން، އެ ސިޓީގައި ފާހަގަކުރާ މީހާ އަށް އައިޑީކާޑު ދޫކުރާ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން (ޑީއެންއާރު) އާއްމުންނަށް ވީހާ ވެސް ފަސޭހައިން އައިޑީކާޑު ނެގޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ. އެހެންވެ، ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އަންނަ އާދިއްތަ ދުވަހުން ފެށިގެން، އެ ސިޓީގައި ބުނެފައިވާ ފަރާތަށް ކާޑު ދޫކުރަން ފަށާނެ ކަމަށް ޑީއެންއާރުން ބުންޏެވެ. މިގޮތަށް ކާޑު ދޫކުރެވުނު ނަމަވެސް ކާޑާއި ހަވާލުވުމަށްފަހު ވެރިފަރާ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޔާމީން ރަޝީދުގެ ދައްތަ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް, ވަޒީފާ އަނބުރާ ދޭންޖެހޭނެ: ހައިކޯޓް އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ދައްތަ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށާއި އަދި އޭނާއަށް އަލުން ވަޒީފާދޭން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ޔާމީންގެ ދައްތަ އައިޝަތު ރަޝީދު ފުލުހުންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު އަދާކުރަމުން ދަނިކޮށް 2017 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި މާލޭގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވުމުންނެވެ. އެއީ އެ އެއްވުމަކީ ހުއްދަ ނެތި އަދި ސިޔާސީ ކުލަ ޖެހިފައިވާ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފިއެވެ. ސްޓޭޓް މިނިސްޓަރުގެ މަގާމަށް ހުސެއިން އިސްމާއިލް އައްޔަން ކުރީ މިދިޔަ މަހުގެ 19 ގައެވެ. ހުސެއިން އިސްމާއިލް ރޭގެ ވަގުތެއްގައި މަގާމުން ވަކިކުރިއިރު، އޭނާ ވަކިކުރެއްވި ވަކި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ހުސެއިން އިސްމާއިލް މަގާމުން ވަކިކުރި ނަމަވެސް އެ މިނިސްޓްރީގައި އިތުރު ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ. އެއީ މަރްޔަމް ވިޝާމާ އަހުމަދު އާއި އަހުމަދު ހަސަންދީދީއެވެ.... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ކުރިމަތިލާނެ އިތުރު މީހަކު ނެތް، އެމްޑީޕީގެ ރައީސަކަށް ޝާހިދު އިންތިހާބަކާ ނުލައި އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމަޖެހިއްޖެއެވެ. އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ ޝާހިދު އެކަނި ކަމަށެވެ. އެހެންވެ، ޝާހިދު އިންތިހާބަކާ ނުލައި އެ މަގާމަށް ހޮވިފައިވާ ކަމަށް ވެސް އެމްޑީޕީގެ އިއުލާންގައިވެއެވެ. އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ […] މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހިރިމަރަދޫ ނެރުމަގަށް ވެލިއަރައި، ވަދެނިކުތުން ނުރައްކަލަކަށް ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ނެރުމަގަށް ވެލިއަރައި ތިލަވުމުގެ ސަބަބުން އެތަނަށް ވަދެނުކުތުން ނުރައްކަލަކަށް ވެއްޖެއެވެ. ހިރިމަރަދޫ ނެރުމަގުގެ ހާލަތާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ބުނީ އެ ރަށު ބަނދަރުގެ ނެރުމަގަށް ވެލިއަރައި ތިލަވުމުގެ ސަބަބުން ވަދެ ނިކިތުމުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އެތަން ތިލަވުމުގެ ސަބަބުން ފާއިތުވި ދެ އަހަރެއްހާ ދުވަހު ހިތާމަވެރި ހާދިސާތައް ހިނގާފ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ޅޮހީ ބަނދަރު ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް ނ. ޅޮހީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 66,701 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 2,205 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ އެއާޕޯޓުގެ އަައު އޭޕްރަން ބޭނުން ކުރަން ފަށައިފި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު އޭޕްރަން ބޭނުންކުރަން ފަށައިފިއެވެ. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން ބުނީ، އެ އެއާޕޯޓުގެ ކުރީގެ އޭޕްރަން ބަންދުކޮށް، އައު އޭޕްރަން ރަސްމީކޮށް ބޭނުންކުރަން ފެށީ އާދީއްތަ ދުވަހު ކަމަށެވެ. އަލަށް ހެދި އޭޕްރަންއަކީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނިފައިނުވާ ކަމެއް ނަމަވެސް ރައީސް ގެ އިރުޝާދުފުޅުގެ ދަށުން މިހާރުން މިހާރަށްވެސް ކުންފުންޏަށް އާމްދަނީ އިތުރުކުރެވޭނެ މަގެއް ހުޅުވުމުގެ ގޮތުން އައު އޭޕްރަންއެއް ހެދީ ކަމަށް އާރުއޭސީ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ޖިރޯނާއިން ނަގާލައިފި ސްޕެނިޝް ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ޖިރޯނާއިން ނަގާލައިފިއެވެ. އާދީއްތަ ދުވަހު ރެއާލް މެޑްރިޑާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ވުމާއިއެކު ރޭ އެތުލެޓިކް ބިލްބާއޯ އަތުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު އެ ޓީމަށް އޮތެވެ. ނަމަވެސް ރޭ ޖިރޯނާ ވަނީ ބިލްބާއީ އަތުން 3-2 […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދެވޭނެ އިންތިޒާމު ދައުރުގެ ކުރީކޮޅު ހަމަޖެއްސޭނެ: ޝިޔާމް ދިވެހި މަސްވެރިން މަސް ކިރުމަށްފަހު، 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭގޮތް ހައްދަވާނެކަމަށް މަސްވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފާ ވަޢުދުފުޅު މި ދައުރުގެ ކުރީކޮޅު ފުއްދޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން