ރާއްޖެ އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރަކަށް އެމްއެސްޕީ އަންނަ ރޯދަ މަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދަން ނިންމާފައިވާ އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސާއެއް ހަމަޖައްސައިފިއެވެ. އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސާ އަކަށް ހަމަޖައްސާފައި ވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑިއަރީ ކުންފުންޏެއްކަމަށްވާ މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް (އެމްއެސްޕީ) އެވެ. މި ކަމަށް ވެވުނު ފަހުމުނާމާގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް ވަޒީރު ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމްއެވެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އަންހެނުންގެ ކޮމެޓީތަކަށް އިނާޔަތްތައް ހޯދައިދިނުމަށް ޤާނޫނަށް އިސްލާޙް ހުށަހަޅަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ ތަކުން އެދޭ އިނާޔަތްތައް ހޯދައިދިނުމަށް ޤާނޫނަށް އިސްލާޙް ހުށަހަޅަން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިމޭރުމުން ވިދާޅުވީ، ރޭ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އ.ތ.މ. ކޮމިޓީތަކަށް ރޯދަ މަހުގެ އިނާޔަތް ހަމަޖައްސައިދިނުން ފަދަ ކަންކަމުގައި މިހާރު ޤާނޫނު އޮތްގޮތުން ހުރަސްތަކެއް ހުރި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ކުޅިވަރުގެ އެކަޑަމީތަކަށް ކުންފުނިތަކުގެ އެހީތެރިކަން ދޭން ފަށާނަން: ރައީސް ރާއްޖޭގައި ކުޅޭ ކުޅިވަރުތަކުގެ އެކަޑަމީތަކަށް ސަރުކާރުގެ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދައިދިނުމުގެ މަސަައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ލ. ފޮނަދޫ، ޝާރާޒް، މުހައްމަދު އަނަސް، ރަށްރަށުގައި ކުޅިވަރުގެ ތަމްރީންދޭ އެކަޑަމީތަކަށް، ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން އެހީތެރިކަން ދިނުމާމެދު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ކުޅިވަރު ކުޅޭ ކުދިން ތަމްރީނު ކުރާ ތަންތަނާއި، އެކަަޑަ... މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި އެމްއެމްއޭއިން އަތޮޅުތެރޭގެ ސުކޫލްތަކަށް އަމާޒުކޮށް ލެކްޗާ ސީރީޒެއް ފަށައިފި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަތޮޅުތެރޭގެ ސުކޫލްތަކަށް އަމާޒުކޮށް ލެކްޗާ ސީރީސެއް ފަށައިފިއެވެ. މި ލެކްޗާ ސީރީސްގައި އެ އޮތޯރިޓީގެ ފަރާތުން އެންމެ ފުރަތަމަ ގޮސްފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އެ ސިޓީގެ އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ސެޝަންގައި އެ ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ބައިވެރިވިއެވެ. އެމްއެމްއޭ ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަލީ ހާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ. ގަވަރުނަރު ވަނީ އޭނާގެ ތަޖުރިބާ ދަރިވަރުންނާ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ވިޔަފާރި ފުވައްމުލަކުގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނުގެ އަރިހުގައި ފުވައްމުލަކުގެ މޭޔަރާއި ކޮންސްޓްރަކްޝަން މިނިސްޓަރު އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަސައްކަރް ފަށައިފައިވަނީ ދެކުނުގެ އަތޮޅުތަކަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފުވައްމުލަކަށް ވަޑައިގެންނެވެ. ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގު... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ޝާހިދު އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވައިފި ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައިފިއެވެ. ޝާހިދު ވަނީ މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި އެކަން ހާމަކުރައްވާފައެވެ. ޝާހިދު ވަނީ އޭނާ އަށް އެމްޑީޕީގެ މެންބަރުންގެ ތާއީދު ދެއްވުމަށް އެދިވަޑައިގެންފައެވެ. އިނގިފައިވާ ގޮތުގައި ޝާހިދު ފިޔަވައި އިތުރު ބޭފުޅަކު އެ މަގާމަށް ކުރިމަތިލާން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ވެސް އަދި ނުވެއެވެ. މާތް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އެކައުންޓަކުން 500،000ރ. ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި ފްލެޓެއް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އޯޓީޕީ ހޯދުމަށްފަހު އެކައުންޓަކުން 500،000ރ. ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މީހަކަށް ގުޅައިގެން އޮޅުވާލުމަށްފަހު މައުލޫމާތު ހޯދައި ގިނަ އަދަދެއްގެ ރުފިޔާ ހޯދި މައްސަލައެއްގައި، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު 23 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން 15 ދުވަސް ޖަހާފައިވާ ކަމަށ... މުޙައްމަދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ އޮފީސް އެކްސީޑް ފުޓްބޯޅަ ލީގް މާދަމާ ރޭ ފަށަނީ ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެކްސީޑް މޯލްޑިވްސް ގުޅިގެން ބާއްވާ ހޯރަފުށީ އޮފީސް އެކްސީޑް ނައިން އަ ސައިޑް ފުޓްބޯޅަ މުބާރާތް މާދަމާރޭ ފަށާނެއެވެ. މި މުބާރާތަކީ ހޯރަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ތިން ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ހޯރަފުށީ އެއާޕޯޓް، ހޯރަފުށީ ފެނަކައިގެ އިތުރުން ހޯރަފުށީ ޕޮލިހެވެ. ހޯރަފުށީ ކުލަބް ފުޓްބޯލް ސްޓޭޑިއަމް މާދަމާ ރޭ 20:30 ގައި ކުޅޭ މުބާރާތުގެ ފުރަތަމަ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޖޭއެސްސީއަށް ލަފާ ދޭން ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފި ކޯޓުތަކުގެ އިދާރާ ހިންގުމާ ގުޅޭ ކަންކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދިނުމަށްޓަކައި ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލަން ޖޭއެސްސީން ނިންމައިފި އެވެ. ޖޭއެސްސީން ބުނިގޮތުގައި އެގޮތަށް ހަމަޖެއްސީ ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަން ނިންމާއިރު ފަނޑިޔާރުންގެ ލަފާ ހޯދުމާއި ފަނޑިޔާރުންގެ ބައިވެރިވުން އިތުރު ކުރުމަށް ކަމަށެވެ. ޖޭއެސްސީން ބުނިގޮތުގައި އެ ބޯޑުގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީގެ ރައީސާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން... ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ މީހެއްގެ އެކައުންޓުން އޮޅުވާލައިގެން ނެގި 1.8 މިލިއަން ރުފިޔާގެ ބޮޑު ބައެއް ހޯދައިފި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި މީހަކު ހުޅުވާފައިވާ އެކައުންޓަކުން މަކަރާއި ހީލަތުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އިކޮނޮމިކް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އެ މައްސަލައަކީ ފެބްރުއަރީ 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ. މި މައްސަލަ ހުށަހެޅުމާއެކު ވަގުތުން ބޭންކްތަކާއެކު މަސައްކ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި އަޅާ އެންމެ ބޮޑު ބްރިޖު އައްޑޫގައި، ޑިޒައިން އަދި ސާވޭ މަސައްކަތް ހަވާލުކޮށްފި އައްޑޫ ސިޓީގެގެ ހިތަދޫ އާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އައްޑޫސިޓީ އާއި، ފުވައްމުލައް ސީޓީ އާއި، ގއ އަދި ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އައްޑޫގެ ހުޅުދޫ މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ސޮއިކުރި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޢި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހައި ކޯޓުން ނުރަސްމީ ގަޑީގައި ޝަރީއަތްތައް ހިންގަނީ ހައި ކޯޓުގައި ހުރި ދުވަސްވީ މައްސަލަތަކުގެ ޝަރީއަތް އަވަހަށް ނިންމަން ނުރަސްމީ ގަޑީގައި ޝަރީއަތްތައް ހިންގަން ނިންމައިފި އެވެ. ހައި ކޯޓުން މިއަދު ބުނީ ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން އެ ކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި އިސްކަން ދޭނީ 2017، 2018، 2019 އަދި 2020 ވަނަ އަހަރުގެ މައްސަލަތައް ނިންމަން ކަމަށް އެ ކޯޓުން […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ''ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ މި ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅު'' ފައިސާ ޗާޕްކުރުން ހުއްޓާލާނެކަން އެއީ މި ސަރުކާރުގެ އެންމެބޮޑު ވަޢުދު ކަމަށާއި، އެ ފިޔަވަޅު އެޅިގެން ދިޔުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ރާއްޖެ މިވަގުތު އޮތީ ވަރަށްބޮޑު އަނދަވަޅެއްގައި ކަމަށެވެ. އެކަން އެނގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ޚަބަރު ފުލުހުންގެ ތަރުޖަމާނަކަށް ޝިފާން ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު (ސްޕޯކްސްޕާސަން)ގެ މަގާމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ޢައްޔަނުކޮށްފިއެވެ. ކުރިން ވެސް މި މަޤާމު ފުރުއްވާފައިވާ ޝިފާން މި މަޤާމަށް އަލުން ޢައްޔަނުކޮށްފައި ވަނީ އިއްޔެއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަކީ ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެކެވެ. ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ނުވަ ދުވަސްތެރޭ ބަޔާން ތިން މެޗުން ބަލި ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ބޮކުމް ބައްދަލުކުރި މެޗުން 3-2 ގެ ނަތީޖާއިން ބަޔާން ބަލިވެއްޖެއެވެ. ބަޔާން މިވަނީ ފާއިތުވި ނުވަދުވަސް ތެރޭ ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ. މި މަހު ދިހަވަނަ ދުވަހު ލެވަކޫސެން އަތުން ބަޔާން ބަލިވިއިރު ބުދަ ދުވަހުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރަށުން ބޭރުގައި ލާޒިއޯއަތުން ބަޔާން ވަނީ ބަލިވެފައެވެ. ރޭ ބައްޔާއިއެކު ދެވަނާގައި އޮތް ބަޔާންއާއި އެއްވަނާގައި އޮތް ލެވަކޫސެންއާއި ދެމެދު އޮތް ފަރަގު ވަނީ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން