ވިޔަފާރި ޕީސް ކޭބަލް ކުޅިދުއްފުށީގައި ގާއިމުކޮށްފައިވާ ލޭންޑިން ސައިޓާ ގުޅާލައިފި އުރީދޫ މޯލްޑިވްސް އިން، ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި، ޕީސް ކޭބަލް ކުޅުދުއްފުށީގައި، ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާ ގުޅާލައިފިއެވެ. މިއީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލެއް ގުޅާލެވޭ ފުރަތަމަ ފަހަރެވެ. މިއަހަރުގެ 3 ވަނަ ކުއާޓަރުގައި މި ސިސްޓަމް މަސައްކަތް ކުރާނެކަމަށް ލަފާކުރެވޭކަމަށް އުރީދޫއިން ބުންޏެވެ. މި ކޭބަލް ލޭންޑިން ސައިޓާ ގުޅާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާ ބެހޭ، މިނިސްޓަރ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ އިސް ރަށްވެހިންގެ މަރުކަޒުތައް ރަށްރަށުގައި ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ވަޒީރު އިސް ރަށްވެހިންގެ މަރުކަޒުތައް ރަށްރަށުގައި ގާއިމު ކުރުމުގެ މަސައް ކުރިއަށްދާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމު މިއަދު ވިދާޅުވެއްޖެއެވެ. އިސްރަށްވެހިންނަށް މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ މާލޭގައި ގާއިމުކުރި “އިސްރަށްވެހިންގެ ނާދީ” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ އިސް ރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ބިނާ ކުރުމުގެ މަސައްކަތުގެ ދަށުން މިއަދު މާލޭގައި މި މަރުކަޒު ހުޅު... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ހަވާސާކޮށްފައި ތިބި މީހުންނަށް ސަމާލުކަން ދޭނަން: ރައީސް ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ހަވާސާކޮށްފައި ތިބި ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މާލޭގައި ގާއިމްކުރި “އިސް ރަށްވެހިންގެ ނާދީ” ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ރާޑާރަށް އަރުވައިގެން މަސައްކަތް ކުރުމަކީ މި ސަރުކާރުން ސަމާލުކަން ދޭނެ ކަމެއް ކަމަށެވެ. އެއީ މީގެކުރިން ނަމަ، ހަވާސާކޮށްފައި ތިބި ބައެއް ކަމުގައި ރ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މާލޭގެ ގުދަނެއްގެ ތެރެއިން ނުރައްކާތެރި ހަރުފައެއް ފެނިއްޖެ މާލޭގެ މާފަންނުކޮޅުގައި ހުރި ގުދަނެއްގެ ތެރެއިން ނުރައްކާތެރި ހަރުފައެއް ފެނިއްޖެއެވެ. މި ހަރުފަ ފެނިފައި ވަނީ ރާއްޖެއަށް ލަކުޑި އެތެރެކޮށް ގުދަންކޮށްފައި ހުންނަ ޓިމްބާ ހައުސްގެ ގުދަނަކުންނެވެ. އެ ތަނުން ފެނިފައި ވަނީ ހަރުފައިގެ ވައްތަރެއް ކަމަށްވާ ޕައިތަންއެކެވެ. އެ ހަރުފަ ފެނުމާ އެކު ވަގުތުން އެކަން އެމްއެންޑީއެފް އަށް އެންގިއެވެ. އެމްއެންޑީއެފުން ވަނީ މިއަދު ހެނދުނު 10:00 ޖަހާކަން ހާއިރު އެ ލަކުޑި ގުދަނަށް ގޮސް، ހަރުފަ ހިފައިފަ އެވެ. އަދި އެ ހަރުފަ ނައްތާލުމަށް […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ މާލޭގައި ގާއިމުކުރި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި އިސްރަށްވެހިންނަށް މުޖުތަމައުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ މާލޭގައި ގާއިމުކުރި “އިސްރަށްވެހިންގެ ނާދީ” މިއަދު ހުޅުވައިފިއެވެ. ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގައި ހެދި މި ނާދީ ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. ޖެންޑާ މިނިސްޓްރީން ބުނީ އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ''ސްކައުޓް ހަރަކާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދޭން އިތުރަށް މަސައްކަތްކުރާނެ'' ސްކައުޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، ސްކޫލުތަކުގައި ފަހި މާހައުލެއް ބިނާކުރުމަށް މި ސަރުކާރުން އިތުރަށް މަސައްކަތް ކުރައްވާނެކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި މިއަދު ހެނދުނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެއަކީ، އެއްބައިވަންތަ، އަޚުވަންތަކަމުގެ ގު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް ފަށައިފި މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ޤަވާއިދާ ހިލާފަށް ބޭނުންނުކޮށް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މަގުމަތިންނަގާ ނައްތާލުމުގެ ޕްރޮގްރާމް މިއަދު ފަށާފައިވާ ކަމަށެވެ. މި ޕްރޮގްރާމަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތް، މާލޭ ސި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ކަނބަލުންގެ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެ ސިޓީގައި ދިރިއުޅޭ އަންހެން ބޭފުޅުންނަށް ހާއްސަ ކޮށްގެން “ކަނބަލުންގެ މަސް ރޭސް 2024” ގެ ނަމުގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަސްރޭސް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ސިޓީގެ ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކޮށް އެއްބައިވަންތަކަން އުފެއްދުމެވެ. އަންނަ މާޗް މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފައިވާ މި މަސްރޭހުން ފުރުސަތު ދިނުމަށް ހަމަޖެހިފައި... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު ސަލެނިޓާނާ ބަލިކޮށް އެއްވަނާގައި އިންޓައަށް ދިހަ ޕޮއިންޓްގެ ލީޑެއް އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި ސަލެނިޓާނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް އިންޓައިން އެއްވަނާގައި ލީޑު ފުޅާކޮށްފިއެވެ. އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. އިންޓައިން އަންނަނީ މި ސީޒަންގައި ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ މޮޅު ކުޅުން ރޭ މެޗުގައި ވެސް އެ ޓީމުން ތަކުރާރު ކުރިއިރު ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ ތިން ލަނޑުގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ދިއްދޫގައި ކޮމްޕިއުޓަރ ކުލާހެއް ހއ.ދިއްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ދެ މަސްދުވަހަށް ކުރިއަށް ގެންދާ ކޮމްޕިއުޓަރ ކުލާހުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި ކުލާހަކީ ދިއްދޫ، ދި-ފައުންޑޭޝަންއާއި ޓީއެސްއޭ އައިޓީ ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ ކުލާހެކެވެ. މި ކުލާހުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. މި ކުލާހުގެ ބައިވެރިންގެ ފީ ހަމަޖައްސައިދެނީ ދި ފައުންޑޭޝަންގެ ފަރާތުންނެވެ. ދި ފައުންޑޭޝަނަކީ އެ ރަށުގައި އިޖުތިމާއ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ދެ ބޭފުޅަކު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ދެ ބޭފުޅަކު ޢައްޔަނުކޮށްފިއެވެ. މި މަގާމަށް މިއަދު ޢައްޔަނު ކުރައްވާފައި ވަނީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއަށް މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަޖިލިސް 2024: ނަން ތަރުތީބު ކުރުން ކުރިއަށް އަންނަ މާރިޗް މަހު ބާއްވަން ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ވާދަ ކުރަން ފޯމު ހުށަހެޅި ކެންޑިޑޭޓުންކުރެ ޝަރުތު ހަމަވި ކެންޑިޑޭޓުންގެ މެދުގައި ގުރުނެގުން ފަށައިގެން މުރިއަށް އެބަދެއެވެ. ނަން ތަރުތީބު ކުރުމުގެ ކުރީން އިންތިޚާބާ ބެހޭ ޤާނޫނާއި އެއްގޮތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު މިއަދު މެންދުރު 14:00 އާއި ހަމައަށް ހުޅުވާލާފައެވެ. އެއަށް ފަހު ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރު ނެގުން ވެސް މިއަދަށް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކޮލަމް ''ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރޭ'' ގައިގާ ބާރު ހުއްޓައި، ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަޞޭހަތްތެރިވެއްޖެއެވެ. މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވާ މަޢުލޫއަކީ ”ޝައުބާން މަހާއި ހެޔޮ ޢަމަލު ކުރުން” އެވެ. ތިރީގައި މި ނަކަލު ކޮށްލަނީ މި މަޢުލޫއަށް ޚުޠުބާގައި ހިމަނާފައިވާ މުހިންމު ބައިތަކުންކުރެ ބައެއް ބައިތަކެވެ. شَـعْباَن މަސް އެއްގޮތަށްވުރެ ގިނަގޮތްގޮތުން ޚާއްޞަ މައްސަރުތަކާ ރޭދުވާ ތަކުރާރުވަމުން ގޮސް އަނެއްކާވެސް އަހަރެމެންނާ ކުރިމަތިލާފައި މިވަނީ، شَـعْباَن މަހ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ހަދައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ގާއިމުކުރީ ހުޅުމާލޭގެ ތަރައްގީގެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި އެހެނިހެން ވިޔަފާރިކުރާ ފަރާތްތަކުން ހުޅުމާލެއަށް މުދާ އަރުވައި ބޭލުމުގެ ދަތިކަމުގެ ޝަކުވާ ކުރަމުންދާތީ ކަމަށެވެ. ޖެޓީގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން “މައި ހުޅުމާލެ” ޕޯޓަލުގައި ރަޖިސްޓަރީވެ ޖާގަ ކަށަވަރުކުރަން ޖެހޭނެ ކަމަށްވެސް އެ ކުން... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ކުޅިވަރު މި ސީޒަނަށް ފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން ނިންމައިފި ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ މި ސީޒަނަށްފަހި، ޕީއެސްޖީ ދޫކޮށްލަން ނިންމައި އެކަން އެ ކުލަބަށް އަންގައިފިއެވެ. އުމުރުން 25 އަހަރުގެ އެމްބާޕޭ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އެއްބަސްވުން އައު ނުކުރާނެކަން އޭނާ އެ ކްލަބަށް އަންގާފައިވާއިރު، ދެން އޭނާ ގުޅޭނެ ވަކި ކުލަބެއް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް އެމްބާޕޭއަކީ ފާއިތުވި އަހަރުތަކުގައި ސްޕެއިންގެ ރެއާލް މެޑްރިޑުން ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރި އަދި... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން