ކުޅިވަރު ހޮއިލުންޑްގެ ދެ ގޯލުން ޔުނައިޓެޑަށް މޮޅެއް ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލޫޓަން ޓައުން ބައްދަލުކުރި މެޗުގައި ރަސްމުސް ހޮއިލުންޑް ޖެހި ދެ ލަނޑުން ޔުނައިޓެޑް މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. ޔުނައިޓެޑުން މި މެޗުގައި ޖެހި ދެ ލަނޑު ވެސް ޖަހާފައި ވަނީ މެޗުގެ ވަރަށް ކުރީކޮޅުއެވެ. ފުރަތަމަ ލަނޑު ފުރަތަމަ މިނެޓުގައި ހޮއިލުންޑް ކާމިޔާބުކުރީ ލޫޓަންގެ ފަހަތުން ހެދުނު ގޯހަކުން ތަނަވަސްވީ ފުރުސަތެއްގައެވެ. އޭނާ ދެވަނަ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޝިޔާމް، ކޫއްޑޫ އަށް ވަޑައިގެން މަސްވެރިންގެ ޝަކުވާތައް އަޑު އައްސަވައިފި މަސްވެރިންނަށް ފައިސާ ލިބުން ލަސްވާތީވެ، ގއ. ކޫއްޑޫގައި މުޒާހަރާ ކުރި މަސްވެރިންނާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ބައްދަލު ކުރައްވައިފިއެވެ. ފިޝަރީޒް މިނިސްޓްރީން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ މަސްވެރިންނަށް މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ. އަދި މަހުގެ އަގު މުރާޖާ ކުރި ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު މިފްކޯއަށް […] މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު ވަޔެކާނޯއިން ރެއާލް ހުއްޓުވައިފި ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ވަޔެކާނޯގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލަށް ވަނީ ހަ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ރެއާލަށް 25 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ޖިރޯނާއަށް 24 މެޗުން ލިބިފައި ވަނީ 56 ޕޮއިންޓެވެ. މާދަމާރޭ ޖިރޯނާއާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މަޝްރޫއުގެ ދަށުން، ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 48 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ބޭރުތޮށި ލުމާއި، 6600 ކިއުބިކް މީޓ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ މިދިޔަ 5 އަހަރު ލޯން ނަގައިގެން ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތް: ރައީސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ލޯން ނަގައިގެން ރައްޔިތުންނަށް ލިބުނު ލާބަ އާއި މަންފާއެއް ނެތް ކަމަށާއި އެ ރައްޔިތުންގެ ޖީބުތައް ތަނަވަސްވެ، މުއްސަނދިވެފައި ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީގައި މިއަދު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހަވީރު މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ނޮވެމްބަރު 17 ގައި ސަރުކާރާ ހަވާލުވި އިރު، ދައުލަތުގެ ދަރަނި ހުރީ 120 […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަންފަށައިފިއެވެ. އެމްއެންޑީއެފްއިން ބުނީ، ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއެއް ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މީހާ އަކީ އަރިއަތޮޅު ރިސޯޓެއް ކައިރީ ސްނޯކަލްކުރަން އުޅުނު ފަތުރުވެރިއެކެވެ. ”އެމީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ފަށައިފި.” އެމްއެންޑީއެފުން ބުނެފަވެއެވެ. މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންއެންޑީއެފުން އަދި ހާމައެއް ނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ފުރަތަމަ ފަހަރަށް ކަނބަލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް ފާތުމަތު ދިޔާނާ އައްޔަން ކުރައްވައިފިއެވެ. ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުމާއި މަގާމުގެ ފޮތިކޮޅު ހަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދެވެ. ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުމާއި މަގާމުގެ ފޮތ... މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި ދަރަވަންދޫ ބަނދަރުގެ އެއްގަމުތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގައު ގެންގޮސްފި ބ. ދަރަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތުދޭ ގޮތުގައި މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 51 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 30,504 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުއްމީދަކީ ކުޅުދުއްފުށި ޑިޖިޓަލް މައި ހަބަކަށްވެ އިތުރު މަންފާ ލިބުން: މޭޔަރު އާތިފް އުއްމީދަކީ ކުޅުދުއްފުށި ސިޓީ ޑިޖިޓަލް މައި ހަބަކަށްވެ އެކަމުން އިތުރު މަންފާއާއި ކުރިއެރުން ލިބިގެން ދިޔުން ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އިއްޔެ ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވީ، އުރީދޫ މޯލްޑިވްސް އިން، ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި، ޕީސް ކޭބަލް ކުޅުދުއްފުށީގައި، ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާއި އިއްޔެ ގުޅާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ބައިނަލްއަގުވާމީ ޕީސް ކޭބަލް ކުޅުދުއްފުށީގައި ގާއިމު ކޮށްފަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް މަޖިލިސް ގަވާއިދުގެ މައްސަލާގެ ޝަރީއަތް ސުޕްރީމް ކޯޓުން އަވަސްކޮށްފި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލްކުރަން ސަރުކާރުން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން އަވަސްކޮށްފި އެވެ. މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނެސްފައިވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑި ނުހިމަނާ ގުނާ ގޮތަށެވެ. އެ ބަދަލާ އެކު، ރައީސާއި ނައިބު ރައީސް ފަސޭހައިން ވަކި ކުރުމުގެ ފުރުސަތު އޮވެ އެވެ. އެއީ ބައެއް ގޮނޑިތައް ހުސްވެފައި އޮތުމުންނެވެ. އެ އިސްލާހު ބާތިލްކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ދުވާފަރުގެ ކަރަންޓަށް ދިމާވި މައްސަލަ ސްޓެލްކޯގެ އެހީތެރިކަމާއެކު ހައްލުކޮށްފި ރ. ދުވާފަރުގެ ކަރަންޓަށް ދިމާވި މައްސަލަ ސްޓެލްކޯގެ އެހީތެރިކަމާއެކު ހައްލުކޮށް ދީފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ އިންޖީނިއަރިން ޓީމުގެ އެހީތެރިކަމާއެކު، މިއަދު ހެނދުނު 6:30 ހާއިރު ރ. ދުވާފަރުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ވަނީ ކަރަންޓު ދީފައި ކަމަށެވެ. ރައްޔިތުންނަށް އެ ކުންފުނީގެ ބޭނުން ޖެހޭ މިފަދަ ކޮންމެ ދަނޑިވަޅެއްގައި، އެއީ ޤައުމީ މަސައްކަތެއް ކަމުގައި ދެކި، ކުންފުނީގެ މުވައްޒަފުން ކުރައްވަމުންގެންދަވާ އިޚްލާސްތެރި މަސައްކަތްތަކަށް ފަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރައީސް އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫގެ ބައެއް ރަށްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅުގެ ދެ ބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދު އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. ފަސްދުވަހުގެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، މި ސިޓީތަކާއ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ''ޕީސް ކޭބަލް އާއިއެކު ކުޅުދުއްފުށީގެ ނަން ދުނިޔޭގެ ސަބްމެރީން ކޭބަލް މެޕް ތަކުގައި ހިމެނިގެން ދާނެ'' ޕީސް ކޭބަލްގެ އަމަލީ މަސައްކަތާއެކު ކުޅުދުއްފުށްޓަށް އަދި މުޅި ރާއްޖެއަށްވެސް ކުރިއެރުން ލިބި އުރީދޫއިން ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅުވެ ގެންދާނެ ކަމަށް އެ ކުންފުނީގެ ޗީފް ކޮމާރޝަލް އޮފިސަރ ހުސެއިން ނިޔާޒު ވިދާޅުވެއްޖެއެވެ. އުރީދޫ މޯލްޑިވްސް އިން، ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި، ޕީސް ކޭބަލް ކުޅުދުއްފުށީގައި، ގާއިމު ކޮށްފައިވާ އުރީދޫގެ ލޭންޑިން ސައިޓާއި އިއްޔެ ވަނީ ގުޅާލާފައެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ، ޕ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (37) ކުރީގެ ޢަދަދާ ގުޅޭ: ” އަޅުގަނޑު މިދަނީއޭ.. މަންމަ މަޑުކުރޭ” މުއާޒްގެ ޖުމްލައިން ކަފީލާއަށް ވަގުވަގަށް ހިނިތުންވެވުނެވެ. ” ޒޯޔާގެ ފޮށިވެސް ސައިކަލުގައި ގެނެވޭނެތަ؟ ” މަންމަގެ ޖުމްލަ އަޑު އިވުމާއެކު މުއާޒް ބޯޖަހާލުމަށްފަހު ހިނގައިގަތެވެ. ބޭރަށް ނިކުމެ ސައިކަލަށް އަރާ، ދުއްވާލި އިރުގައިވެސް އޭނާގެ ސިކުނޑިއޮތީ މުޅިން ނުތަނަވަސްވެފައެވެ. ބަނދަރާ ދިމާލަށް ސައިކަލްގެ މިސްރާބު ބަދަލުކޮށްލުމާއެކު މީހުންތައް ލޯންޗުން ފައިބަމުންދާ މަންޒަރު އޭނާއަށް ފެނުނެވެ. އެހެންކަމުން ދުރުގައި ސައިކަލް ބެހެއްޓުމަށްފަހު... ސަލާމާ ޢަބްދުލް ޢަލީމް · 2 އަހަރު ކުރިން
ރާއްޖެ ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވާ އިތުރު މީހަކު ހައްޔަރުކޮށްފި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ ޕީޖީ ޝަމީމަށް ދިން ހަމަލާއާއި ގުޅިގެން އިތުރު މީހަކު ކޮށްފައިވާ ކަމަށެވެ. އިއްޔެ ހައްޔަރު ކުރި މި މީހާ އަކީ އުމުރުން 22 އަހަރުގެ ދިވެއްސެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލާގައި މީގެ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން