ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން، އެ ސިޓީގައި ފާހަގަކުރާ މީހާ އަށް އައިޑީކާޑު ދޫކުރާ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން (ޑީއެންއާރު) އާއްމުންނަށް ވީހާ ވެސް ފަސޭހައިން އައިޑީކާޑު ނެގޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.

Ad
rt

އެހެންވެ، ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން އަންނަ އާދިއްތަ ދުވަހުން ފެށިގެން، އެ ސިޓީގައި ބުނެފައިވާ ފަރާތަށް ކާޑު ދޫކުރަން ފަށާނެ ކަމަށް ޑީއެންއާރުން ބުންޏެވެ.

މިގޮތަށް ކާޑު ދޫކުރެވުނު ނަމަވެސް ކާޑާއި ހަވާލުވުމަށްފަހު ވެރިފަރާތަށް ކާޑު ނުލިބިގެން އެ ޑިޕާޓްމަންޓަށް ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅޭނެ ކަމަށް ޑީއެންއާރުން ބުންޏެވެ.

ޑީއެންއާރުން މިހާތަނަށް އައިޑީކާޑު ދޫކުރަމުން އައީ އެ ކާޑުގެ ވެރިފަރާތަށް އެކަންޏެވެ. އެކަމާ ހެދި، އުމުރުން ދުވަސްވީ މީހުންގެ ކާޑު ނަގަން އުނދަގޫވެއެވެ.