މަހާތީރުގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފި
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދުގެ އަނބިކަނބަލުން،ޑރ. ސިޓި ޙަސްމާ މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ. އުމުރުފުޅުން 100 އަހަރުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ އަނބިކަނބަލުން ޑރ. ހަސްމާ އަވަހާރަވީ އެ ގައުމުގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި އެނދުމަތިކޮށްގެން ފަރުވާދެމުން ދަނިކޮށް މިއަދުއެވެ. އެކަމަނާ އަވަހާރަވުމުގެ ހިތާމާގައި ދިވެހި ސަރުކާރާއި ރައްޔިތ...