ނަތަންޔާހޫ ސިއްރިއްޔާތުގައި ޔޫއޭއީއަށް ކުއްލި ދަތުރެއްކޮށްފި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދީއްތަ ދުވަހު ސިއްރިއްޔާތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ޒިޔާރަތް ކޮށް، އެ ގައުމުގެ ރައީސް ޝައިޚް މުހައްމަދު ބިން ޒާޔިދު އަލް ނަހްޔާންއާ ބައްދަލުކުރައްވާފައިވާކަމަށް އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މި ދަތުރުގެ މައުލޫމާތު އާންމުކޮށްފައިވަނީ އިސްރާއީލުގެ ޗެނަލް 12 (އެން12) އާއި އެ ގައުމުގެ އެހެނިހެން މީޑިއާތަކުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ނަތަންޔާހޫ ޔޫއޭއީގެ އަބޫދާބީއަށް ދިޔައީ އަމިއްލަ އެގްޒެކެޓިވް ޖެޓެއްގައެވެ. އިސްރ...