ކުމުންދޫ ބަނދަރު ސަރަހައްދުގައި ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރަނީ
ހދ. ކުމުންދޫ ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ. ކުމުންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތެޔޮ ވިއްކުމަށް 15 އަހަރު ދުވަހުގެ މުއްދަތަށް އެއް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލާކަމަށެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހު 11:00 ގެ ކުރިން ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުން އެދޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އިއުލާނުގައި ބުނެފައި ވަނީ ކުއްޔަސް ދޫކުރާ ބިމަކީ 1500 އަކަފޫޓުގެ ބިމެއް […]