އެމްއެންޔޫގެ "ތެވެލި 2019" ކޮންފަރެންސް ފަށައިފި
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ބާއްވާ ތެވެލި ކޮންފަރެންސް 2019 ފަށައިފިއެވެ. ތެވެލި 2019 ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ވަރަށް އަވަސް މިނުގައި ބަދަލުވަމުންދާ ދުނިޔެއެއްގައި އެކި ދާއިރާތަކުން ދިރާސާތައްކުރެވި ކަންކަން ދެނެގަނެވުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި ރާއްޖޭގައިވެސް އެކި ފެންވަރުގެ ބައިނަލްއަޤުވާމީ ދިރާސީ ކޮންފަރެންސްތައް ބޭއްވިގެން ދިޔުމަކީ ތަޢުލީމީ ހަރުފަތުގައި ރާއްޖެވެސް ކުރިއަށް ޖެހިލިކަމުގެ ހެއްކެއްކަމަށެވެ. މޯލްޑިވް...