ސަރަހައްދީ ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރީ ކުޅުދުއްފުށީގެ އަފާ
ސައުތް އޭޝިއަން ޕާލެމެންޓްރީ މީޓިން ފޯ ޗިލްޑްރެންގައި ތިލަދުންމަތީ، ކުޅުދުއްފުއްޓަށް އުފަން، އަފާ ހުސެއިން ރާއްޖެ ތަމްސީލްކޮށްފި އެވެ. ސަރަހައްދީ ބޮޑު ބައްދަލުވުމެއްގައި އަފާ ރާއްޖެ ތަމްސީލްކޮށްފައިވުމަކީ މުޅި ތިލަދުންމައްޗަށް ވެސް ލިބުނު ޝަރަފެކެވެ. ޔުނިސެފްގެ ވީޑިއޯއަކުން ވެސް ފެނިގެންދިޔަ އަފާއަކީ ތިމާވެށީގެ ހިމާޔަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރާ މުޅި ރާއްޖޭގެ ވެސް ސަމާލުކަން ހޯދާފައިވާ ޒުވާނެކެވެ. އޭނާއަކީ ކުޅުދުއްފުށީގައި ހިންގާ “ބިލީފް” ޖަމިއްޔާގެ ފައުންޑާ ވެސްމެ އެވެ. ދެ...