ރާއްޖެ ގާސިމްގެ ވެރިކަމެއްގައި ކޮންމެ ރަށެއްގެ މަލަމަތީގައި މިސްކިތެއް އަޅައި ދެނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ކޮންމެ ރަށެއްގެ އަތިރިމަތީގައި ރީތި މިސްކިތެއް ބިނާކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ގާސިމް ކުރައްވާ ދަތުރުފުޅުގައި ނ. މާޅެންދު އަށް ވަޑައިގެން ގާސިމް ވިދާޅުވީ ކޮންމެ ރަށެއްގައި ރަނގަޅު ފެންވަރެއްގެ މިސްކިތެއް ބިނާ ކުރާނެ ކަމަށެވެ. އެއީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީ ދޭން، އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ އެލޮކޭޓްކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ. ރިޔާސީ އިންތިހާބަށް އެ ޕާޓީން ހެދި “ހެޔޮވެރިކަން” މެނިފެސްޓޯގައި ވަނީ، މީޑިއާތަކަށް ދޫކުރާ ފައިސާ ދޫކުރެވެނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓ... އަލީ އާދިލް · 3 އަހަރު ކުރިން
ރާއްޖެ ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން: މުޢިއްޒު ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ށ. އަދި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ށ. ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެރަށަށް ވެސް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެބޮޑު އެއް މައްސަލަ ކަމަށްވާ ކުނި މެނޭޖް ކުރުމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށާއި... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ގާސިމްގެ ވައުދު: ހުރިހާ ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑެއް ހަރު ކުރުން! ވެރިކަމަށް ވަޑައިގެންފި ނަމަ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހުރި ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑް ހަރުކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ނ. ހެނބަދޫގައި ވައުދުވެވަޑައިގެންފިއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި ހެނބަދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސްކޫލްތަކުގައި ހުރި ކޮމްޕިއުޓަރު ލެބްތައް […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ޑްރަގް މައްސަލައެއްގައި ކުރީގެ ގާޒީއަކު 15 އަހަރަށް ޖަލަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ޑްރަގް މައްސަލައެއްގައި 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ ފަނޑިޔާރު ކަމުގައި ހުއްޓާ 2016 ވަނަ އަހަރުގެ ތެެރޭގައި ސައިކަލެއްގައި ދުއްވާފައިދަނިކޮށް ހުއްޓުވުމުން އޭނާގެ އެއްލާލި ރަބަރު ޕެކެޓެއްގައި ޑައިމޯފިން ހުރިކަން ތަހުލީލުން ހާމަވުމުންނެވެ. އެ މައްސަލާގައި އޭނާ އޭރު ހައްޔަރުކުރި ނަމަވެސް ފަހުން ދޫކޮށްލި އެވެ. އޭނާގެ މައްޗަށް ދައުވާ ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ޅޮހީގެ ސާފް ޕޮއިންޓު އިތުރަށް ތަރައްގީކޮށް ފަތުރުވެރިކަމުގެ މަންޒިލަކަށް ހަދާނަން: އިލްޔާސް ނ. ޅޮހީގައި އޮންނަ ސާފް ޕޮއިންޓު އިތުރަށް ތަރައްގީކޮށް އެ ރަށަށް ސާފުކުރަން އަންނަ ފަތުރުވެރިންނަށް އެއީ އެދާއިރާގެ ހިދުމަތްތައް ލިބޭނެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރިވިގެންދާނެ ކަމަށް ޑިމޮކްރެޓުންގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވައުދުވެވަޑައިގެންފިއެވެ. އެ ޕާޓީގެ ރިޔާސީ ކެމްޕޭނުގައި އެރަށަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އެ ސާފް ޕޮއިންޓަކީ ރާއްޖޭގައި ވެސް މަޝްހޫރު އަދި ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ތަނެއް ކަމަށެވެ. އެހެންވެ، އެ ސާފް ޕޮއިންޓުގައި ސާފްކުރަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމަށް ހުރަހެއް ނޯންނާނެ: ގާސިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ސްކޫލްތަކުގެ އަންހެން ޓީޗަރުން މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ނ. ހެނބަދޫގައި ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި ގާސިމް ވަޑައިގަތީ ހެނބަދޫއަށެވެ. ހެނބަދޫން ގާސިމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އެމަނިކުފާނަށް މަރުހަބާ ދަންނަވަން [... މުޙައްމަދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހިރިމަރަދޫއަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް އެރަށު ނެރުމައްޗަށް އަރައިފި ހދ. ހިރިމަރަދޫއަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް އެރަށު ނެރުމައްޗަށް އަރައިފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މިއީ މާލެއިން ފުރައިގެން ހދ. ހިރިމަރަދޫއަށް މުދާ ހިފައިގެން ދަތުރުކުރި “ހޮރިޒިއާ3” ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އަދި އެ ދޯނި ހިރިމަރަދޫ ނެރުގެ ކަނާތު ފައިކަށްޓަށް އުރި ދިޔަވާން ފެށުމުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފފައިވާ ކަމަށެވެ. ހިރިމަރަދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ އެ ދޯނި އެރަށުގެ ނެރުމައްޗަށް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑުދަތުރު ޑޮކިއުމަންޓްރީ ބުރާސްފަތި ދުވަހު ދައްކަނީ ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެބޮޑު އެއް ހާދިސާގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ “ބޮޑުދަތުރު” ޑޮކިއުމަންޓްރީ އަންނަ ބުރާސްފަތި ދުވަހު “ތިލަދުން” އިން ގެނެސްދޭން ނިންމައިފިއެވެ. ގާތްގަނޑަކަށް އެއް ގަޑިއިރަށް ދެމިގެންދާ މި ޑޮކިއުމަންޓްރީ ތިލަދުންގެ މީސްމީޑިޔާ މަންސަތަކުން ދައްކާނީ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖަހާއިރުއެވެ. އެގޮތުން ތިލަދުން އޮންލައިންގެ ފޭސްބުކް ޕޭޖުންނާއި، ޔޫޓިއުބް ޗެނަލްއިން ދައްކާނެއެވެ. މީގެ 80 އަހަރު ކުރިން ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަތީބު އިސްވެހުރެ،... ތިލަދުން · 3 އަހަރު ކުރިން
ރާއްޖެ އެމްއެންޕީގެ ވެރިކަމެއްގައި ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކުރާނަން: ނާޒިމް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އައްޑޫސިޓީ ފޭދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެ ސިޓީގައި ވެސް ކަރަންޓާއި ފެން ބިލު ދެއްކުމަށް ދަތިި ނުވަތަ އެ ބިލުތައް ދެއްކޭނެ މާލީ ތަނަވަސްކަން ނެތް ފަރާތްތައް އެބަތިބި ކަމަށާއި އެހެންވެ، ފެން ބިލުން ވެސް ފުރަތަމަ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގާސިމަށް ހެނބަދޫން ވަރަށް ހޫނު މަރުހަބާއެއް! ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ނ. ހެނބަދުއަށެވެ. އެ ރަށުން ގާސިމަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ހެނބަދޫގެ އިތުރުން މިއަދު ނ.ކެނދިކުޅުދޫ، ނ. މާޅެންދޫ، ނ.ލަންދޫ އަދި ނ.މާފަރަށް […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ޑރ. މުއިއްޒު މިއަދު ށ. އަދި ނ. އަތޮޅަށް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރުތައް ށ. އަދި ނ. އަތޮޅަށް މިއަދު ފައްޓަވާނެކަން ހާމަކޮށްފިއެވެ. މުއިއްޒުގެ ތަރުޖަމާން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ އައްޑޫ ސިޓީއަށާް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރޭގެ ވަގުތެއްގައި މާލެ ވަޑައިގެންފައިވާ ކަމަށާއި ށ. އަދި ނ. އަތޮޅަށް މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ. މި ދަތުރުގައި އެ އަތޮޅުގެ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެމްޑީޕީގެ މެނިފެސްޓޯގައި ރަމަޟާން މަހުގެ ފަހު 10 ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރުން ހިމަނައިފި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެނިފެސްޓޯގައި ރަމަޟާން މަހުގެ ފަހު 10 ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރުން ހިމަނައިފިއެވެ. މިކަން ހާމަކުރީ “އުފާވެރި އަމާންރާއްޖެ” ގެ ނަމުގައި ހިންގަމުންދާ ރައީސް ސާލިހު ގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައެވެ. އެ ޕާޓީގެ މެނިފެސްޓޯގެ “ހެޔޮވެރިކަން” ބައިގެ ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުންގެ ދަށުން ވަނީ ދައުލަތުގެ ހިންގުން ވަރުގަދަކުރުމުގެ ބައެއް ހިމަނާފައެވެ. އެބަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ސަންދާނު އަހަންމައިދީ ނިޔާވެއްޖެ އަހުމަދު އިބްރާހިމް ދީދީ ނުވަތަ އާންމުނަމުން ނަމަ، ސަންދާނު އަހަންމައިދީ ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ބަލިވެ އުޅުއްވާތާ ދުވަސްކޮޅެއް ފަހުން އުމުރުން 72 އަހަރުގައެވެ. އަހަންމައިދީ އަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ބިރު ކަނޑާލައި މިނިވަން ނޫސްވެރިކަމެއް އުފަން ކުރުމަށް ނެރުނު އިންޓަނެޓް މަޖައްލާ ‘ސަންދާން’ ގެ އެއް ބާނީއެވެ. ދިވެހި ދައުލަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ކުށުގައި 2002 ވަނަ އަހަރު، އޭނާ ވަނީ އުމުރަށް ޖަލަށް ވެސް ލާފައެވެ. އުމުރަށް ޖަލަށް ލުމަކީ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (47) ކުރީގެ އަދަދާއިގުޅޭ، ” އަހަރެން ކިޔަވައިގެން ވަޒީފާއަށް ދާންވީތަ؟” ޔަޝްމީގެ ސުވާލުން ހާރޫން އިސްޖަހާލިއެވެ. އެވަގުތު ލިފްޓްގެ ދޮރުވެސް ހުޅުވިއްޖެއެވެ. އެހެންކަމުން ޔަޝްމީގެ ސުވާލަށް ޖަވާބެއް ނުދީ ހާރޫން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ފަހަތުން ޔަޝްމީވެސް ދިޔައީ އަވަސް ފިޔަވަޅު ތަކެއްގައެވެ. ” ވަރަށް ވަރުބަލިދޯ” ސޯފާގޮނޑިމަތީގައި ކޮތަޅުތައް ބަހައްޓަމުން ހާރޫން ވާހަކަ ދެއްކީ ވަރުބަލިކަމާއެކުއެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދިނުމެއްނެތި ޔަޝްމީ ބޭނުންވީ މީގެ ކުޑަ އިރުކޮޅެއް ކުރިން ހާރޫން... ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން