ވިޔަފާރި ހުޅުމާލޭގައި ޓޫރިސްޓް ބީޗެއް ހަދަން އެއްބަސްވުމެއް ހުޅުމާލޭގައި ޓޫރިސްޓް ބީޗެއް ހެދުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ފާތިމަތު ނިލްފާއެެވެ. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅު... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ވިޔަފާރި ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ހިންގާ ހައުސިން މަޝްރޫއުތަކުގެ މައުލޫމާތު ބަލައިލެވޭ ޕޯޓަލެއް ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކުން ހިންގާ ހައުސިން މަޝްރޫއުތަކުގެ މައުލޫމާތު ފަސޭހައިން ބަލައިލެވޭ ޕޯޓަލެއް އާބަންކޯއިން އިފްތިތާހުކޮށްފިއެވެ. “ޕްރައިވެޓް ހައުސިން އިންފޮމޭޝަން ޕޯޓަލް”ގެ ނަމުގައި ތައާރަފުކުރި މި ޕޯޓަލް އިފްތިތާހުކޮށްފައި ވަނީ ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ. މިއީ އަމިއްލަ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުގެ ސައްހަކަން ކަށަވަރުކޮށް، މަޝްރޫއުތަކާ ބެހޭ މުހިންމު މައުލޫމާތު ބަލައިލެވޭނެ ފަސޭހަގޮތެއް ހަމަޖައްސައިދިނުންކަމަށް... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކުޅިވަރު މައުންޓަށް އަނިޔާވެ ކުޅުމާއި ދުރަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރ މޭސަން މައުންޓަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ. އުމުރުން 24 އަހަރުގެ މައުންޓަށް އަނިޔާވެފައި ވަނީ ހަފްތާ މިދިޔަ ވީކް އެންޑްގައި ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކޮށް 2-0 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިވިމެޗުގައެވެ. ޔުނައިޓެޑުން ހާމަކޮށްފައިވާ ގޮތުގައި މައުންޓްގެ އަނިޔާ ސީރިއަސްއެއް ނޫނެވެ. ނަމަވެސް އަނިޔާގެ ސަބަބުން މައުންޓަށް ދެ މެޗު ގެއްލޭނެއެވެ. އެއީ މި ހަފްތާ ބަންދުގައި ނޮޓިންހަމް ފޮރެސްޓާއި ބައްދަލުކުރާ މެޗާއި އަން... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގާސިމަށް ވޯޓެއް ދޭށޭ ބުނުމުގެ ފުރިހަމަ ޝަރަފް އެބައޮތް: ނިހާން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރައްޔިތުން ކައިރި އަށް ގޮސް، ވޯޓެއް ދޭށޭ ވިދާޅުވުމުގެ ފުރިހަމަ ޝަރަފް އެބައޮތް ކަމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަތޮޅާއި ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ފިނޭގައި ޖޭޕީން ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވީ […] މުޙައްމަދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޖޭޕީގެ ވެރިކަމެއްގައި ހަނިމާދޫ އެއާޕޯޓުގައި ހިނގާނީ ދިވެހިންގެ ބާރު: ގާސިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ހދ. ހަނިމާދޫ އެއާޕޯޓުގައި ހިނގާނީ ދިވެހި ދައުލަތުގެ ބާރު ކަމަށާއި ހަނިމާދޫގައި ސިފައިންނަށް ނުތިބެވޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ހދ. ހިރިމަރަދޫގައި މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހިރިމަރަދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެންފި […] މުޙައްމަދު · 3 އަހަރު ކުރިން
ކުޅިވަރު ބެލްޖިއަމްގެ ވިންގަރ ޖެރެމީ ޑޮކޫ ސިޓީއަށް ފްރާންސް ލީގުގެ ރެނެސްއަށް ކުޅެމުންއައި ބެލްޖިއަމްގެ ވިންގަރ ޖެރެމީ ޑޮކޫ މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ. އުމުރުން 21 އަހަރުގެ ޑޮކޫ ސިޓީއަށް ސޮއި ކޮށްފައި މިވަނީ 60 މިލިއަން ޔޫރޯގެ ޓްރާންސްފާފީއެއްގެ ދަށުންނެވެ. ޑޮކޫ ރެނެސްއަށް ކުޅެދިން 92 މެޗުގައި ވަނީ 12 ލަނޑު ޖަހާފައެވެ. ޑޮކޫއަކީ ސިޓީން މި ޓްރާންސްފާގައި ސޮއި ހޯދި ތިންވަނަ ކުޅުންތެރިޔާއެވެ. ސިޓީން ވަނީ މީގެ ކުރިން ޗެލްސީއަށް ކުޅެމުންއައި ކޮރޭޝިއާގެ މިޑްފީލްޑަރ ކޮވެސިޗްގެ އިތުރުން ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް ކުޅެމުންއައި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ކެމްޕޭނަށް ބޭރު ގައުމަކުން، ބައެއް އަތުން ފައިސާއެއް ނުހޯދަން: ގާސިމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބޭރު ގައުމަކުން ނުވަތަ ބައެއްގެ އަތުން ފައިސާއެއް ހޯދާފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ހދ. ފިނޭގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އެއް ބަޔަކު ބޭނުން ވާނީ ﷲ ގެ މަގުގައި އިހްލާސްތެރިކަމާ އެކުގައި މަސައްކަތްކޮށްގެން […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެ: މުއިއްޒު ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވެރިކަމާއި ހަވާލުވުމަށްފަހު، މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ސާބިތުކަމާއިއެކު ކުރައްވާނެ ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ދިވެހި ރައްޔިތުންގެ ވާޖިބެއް ކަމަށެވެ. ޗާގޮސް މައްސަލައަށް އިޝާރާތް ކުރައްވާ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އަޅުގަނޑުމެން ހެދި ޑީލުގެ އަގު އެއްބިލިއަނަށް ވުރެ މަތިވާނެ: އާތިފް ދަ ޑިމޮކްރެޓްސް ގައި ހުންނެވުމަށްފަހު އަލުން އަނބުރާ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ގުޅުމަށް ހެދި ޑީލަކީ އެއް ބިލިއަނަށް ވުރެ މަތީގެ ޑީލެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މި ބަދަލުގެ ސަބަބުން ލިބޭ މިންވަރު އެއް ބިލިއަނަށް ވުރެ މަތިވާނެކަން ހާމަކުރައްވާ ކުޅުދުއްފުށީ އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ކުނި މެނޭޖުކުރުމުގެ މައްސަލައަކީ އެ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މޫނު ބުރުގާ އަޅާ މުދައްރިސުން ކިޔަވައިދެވޭގޮތަށް ހަދައިފި މޫނު ބުރުގާ އަޅާ މުދައްރިސުން ކިޔަވައިދޭ އިރު، ސްޓާފް ކާޑު އަޅައިގެން ހުރުމަށާއި މޫނު ފެންނަ ގޮތަށް ހުންނަން ޖެހޭ ގޮތަށް މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލަށް އިސްލާހު ގެނެސްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލުގެ 9 ވަނަ މާއްދާގެ (ކ) އަށް ގެނައި އިސްލާހު ގެޒެޓް ކޮށްފައިވާ ކަމަށެވެ. އެ އިސްލާހުގައި ވަނީ އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ މޫނުބުރުގާ އަޅާ މުދައްރިސުން، މޫނު ހާމަކުރުމަށް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު މައިބަދާގެ އޮޕަރޭޝަނެއްކޮށް ގާޑިއޯލާ ޓީމާއި ދުރަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މައިބަދާގެ އޮޕަރޭޝަނެއްކޮށް ކުޑަ ދުވަސްކޮޅަކަށް ޓީމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ. އުމުރުން 52 އަހަރުގެ ގާޑިއޯލާގެ މައިބަދައަށް ތަދުވާތީ އޭނާ ވަނީ، އޭނާގެ އުފަން ސިޓީ ކަމަށްވާ ބާސެލޯނާއަށް ދަތުރުކޮށް މިހާރު އޮޕަރޭޝަން ކޮށްފައެވެ. ސިޓީން ބުނެފައިވަނީ ގާޑިއޯލާގެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. މި އޮޕަރޭޝަނުން ރިކަވާވެގެން ގާޑިއޯލާ ސިޓީއާއި ގުޅޭނެކަމަށް ވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 4 ދުވަހުން ފެށިގެން 12 ދުވަހުގެ ނިޔަލަށް އޮންނަ އިންޓަނޭޝަނަލް ބްރޭކަށް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ރާއްޖެ ދަރަނިން ސަލާމަތް ކުރެވޭނީ ގާސިމް ވެރިކަމެއްގައި: ރައީސް ވަހީދު ރާއްޖެ އަށް ކުރިމަތިވެފައިވާ ދަރަނީގެ އަނދަވަޅުން ސަލާމަތް ކުރެވޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވެރިކަމަށް ގެނެސްގެން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހދ. ނެއްލައިދޫގައި މިއަދު ވިދާޅުވެއްޖެއެވެ. ނެއްލައިދޫގައި މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރައީސްއަކަށް ހުންނަ ބޭފުޅަކު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. ވެރިކަމަކީ ކޮންމެ މީހަކާ […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ވޯޓެއް ނުގަންނާނަން، ރިޝްވަތެއް ނުދޭނަން، ރައީސް ސާލިހު އެއްބުރުން ނަގާނަން: ޖާބިރު ވޯޓެއް ނުގަންނާނެ ކަމަށާއި ރިޝްވަތެއް ވެސް ނުދޭނެ ކަމަށާއި ރިޔާސީ އިންތިހާބު ރައީސް ސާލިހު އެއްބުރުން ނަގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ވަރަށް ފޯރިއާ ޖޯޝާއެކު ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު، މަޖިލީހުގެ ޒިންމާ އުފުލަން ޖެހޭ ކަމަށެވެ. އަދި މަޖިލިސް އޮތީ ހަތަރުއަނގޮޅި އަކަށް ހުއްޓިފައި... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގާސިމްގެ ވެރިކަމެއްގައި ރިސްކް އެލަވަންސް ބޮޑު ކުރުމަށް ވައުދުވެވަޑައިގެންފި އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ރިސްކް އެލަވަންސް ބޮޑު ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވައުދުވެވަޑައިގެންފިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ވަނީ ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ. އެމަނިކުފާނުގެ އަމާޒަކީ ހދ. އަތޮޅާއި ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ގާތަށް ގޮސް، އެމީހުން ޝަކުވާތައް […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ސިޓީ ހޮޓަލަކާއެކު ރައީސްގެ ގިނަ ވައުދުތަކެއް ބ. މާޅޮހަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ސިޓީ ހޮޓަލަކާއެކު ބ. މާޅޮހަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައުދުފުޅުތަކެއް ވެވަޑައިގެންފިއެވެ. ބ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މާޅޮހަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، އެ ރަށުގައި އައު ސިއްހީ މަރުކަޒަކާއި ސިޓީ ހޮޓަލެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން