ރާއްޖެ މާފަރު ކަސްޓަމްސް އޮފީސް އިމާރާތުގެ ބިންގާ އަޅައިފި ނ. މާފަރުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި އިމާރާތަކީ އުތުރުގެ އަތޮޅުތަކުގެ ތަރައްގީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ކަސްޓަމްސްގެ ހިދުމަތް ފުޅާކުރުމަށްޓަކައި އަޅާ އިމާރާތެކެވެ. ކަސްޓަމްސްގެ އޮފީސް އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އާއި މަނަދޫ ދާއިރާގެ މަޖިލިސް މެން... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑުދަތުރު ޑޮކިއުމަންޓްރީ ނެރެފި “ބޮޑުދަތުރު” ޑޮކިއުމަންޓްރީ މިއަދު “ތިލަދުން” އިން ނެރެފި އެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެބޮޑު އެއް ހާދިސާގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ބޮޑުދަތުރު ޑޮކިއުމަންޓްރީ ތިލަދުންގެ މީސްމީޑިޔާ މަންސަތަކުން މިހާރު ފެންނާނެއެވެ. އެގޮތުން ތިލަދުން އޮންލައިންގެ ފޭސްބުކް ޕޭޖްއިންނާއި، ޔޫޓިއުބް ޗެނަލްއިން މިހާރު ފެންނާނެ އެވެ. މީގެ 80 އަހަރު ކުރިން ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަތީބު އިސްވެހުރެ، އުތުރުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު މާލެއައި ދަތުރާއި ގުޅޭ މި ޑޮކިއުމަންޓްރީ އަކީ... ތިލަދުން · 3 އަހަރު ކުރިން
ރާއްޖެ ވާނުވާގައި ޖަލުތަކުގައި ތިބޭ ރައްޔިތުންނަށް ހައްލު ހޯދައި ދޭނަން: ގާސިމް ޝަރީއަތް ނިމެންދެން “ވާނުވާ” ޖަހައި ޖަލުތަކުގައި ތިބޭ ރައްޔިތުންނަށް ހައްލު ހޯދައި ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. ކުޑަފަރީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އަދުލު އިންސާފު ލަސްވުމާއި ވާނުވާ އެއް ނޭނގި ޝަރީއަތް ދިގުލައިގެން ގޮސް ޖަލުތަކުގައި ތިބި ރައްޔިތުންގެ ހައްގުގައި […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ޕެސްޓްގެ މައްޗަށް ކުރި ޑްރަގްގެ ބޮޑެތި ދައުވާތައް ސާބިތުނުވެ ސަލާމަތްވެއްޖެ ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާއި އިތުރު ބައެއްގެ މައްޗަށް ކުރި މަސްތުވާތަކެތީގެ ބޮޑެތި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. ޕެސްޓުގެ މައްޗަށް އުފުލީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ. ޕެސްޓުގެ […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ ޕީއެންސީގެ ވެރިކަމެއްގައި ޕާކިން ޖޫރިމަނާ އެއްކޮަށް މައާފުކޮށްދޭނަން: މުއިއްޒު ޕީއެންސީގެ ވެރިކަމެއްގައި ގަވައިދާ ހިލާފަށް ޕާކުކޮށްގެން ކޮށްފައިވާ ހުރިހާ ޕާކިން ޖޫރިމަނާ ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ސެޕްތެްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު މިހެން ވިދާޅުވީ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގައި އެ އަތޮޅު ފުނަދޫގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީި މި ސަރުކާރުން ވެރިކަމަށް އައީ ޕާކުކުރާނެ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރައްޔިތުންގެ އިހުސާސްތައް ބޮލާލައި ނުޖަހާނަން، ދުވާފަރުގައި އެއާޕޯޓު އަޅައިދޭނަން: ރައީސް ރ. ދުވާފަރު ރައްޔިތުންގެ އިހުސާސްތައް ބޮލާލައި ނުޖަހާނެ ކަމަށާއި ރައްޔިތުން އެދިފައިވާ ގޮތަށް އެރަށުގައި އެއާޕޯޓު އަޅައިދެއްވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސާލިހު ވިދާޅުވީ އެރަށަށް ވަޑައިގަތުމުން ސަލާމްކުރެއްވި... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި ހދ. މަކުނުދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކުރީ ބިގް ފިޝް މޯލްޑިވްސް އާއެވެ. އެ ކުންފުނިން ވަނީ މި މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ. ބިގް ފިޝްއިން ބުނީ މި މަސައްކަތްތައް ކުރިއަށްދާ ހަލުވި މިނަށް ބަލާއިރު، މި މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. މި މަސައްކަތް ނިމޭނެ ކަމަށް އެ ކުންފުނިން އަންދާޒާކުރަނީ އަންނަ އަހަރުގެ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ އެމްއެންޕީގެ ސަރުކާރެއްގައި އައްޑޫ ސިޓީ ފޭދޫގައި ރަނގަޅު ފެންވަރެއްގެ ޕްރީ ސްކޫލެއް އަޅާނަން: ނާޒިމް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި އައްޑޫ ސިޓީ ފޭދޫގައި ރަނގަޅު ފެންވަރެއްގެ ޕްރީ ސްކޫލެއް އަޅައިދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ފޭދޫއަށް ވަޑައިގެން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ އެރަށުގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވާ އެއް ކަމަކީ ފެންވަރުގެ ޕްރީސްކޫލެއް ކަމަށާއި ފޭ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ހިދުމަތުގެ ގޮތުން އަޅުގަނޑާ ކައިރި ކުރެވޭނެ ބޭފުޅެއް ނެތް: ގާސިމް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެއްވި ހިދުމަތާއި އެހީތެރިކަމަށް ބަލާއިރު، އޭނާއާ ގާތް ކުރެވޭ ވަރުގެ ކެންޑިޑޭޓެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރުގެ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މަނަދޫގައި ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ވޯޓުލާ އިރު، ކުރިމަތިލައްވާފައި ތިއްބެވީ ކިހާ ވަރެއްގެ އިހްލާސްތެރި މަސައްކަތަކެއް […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ މުޢިއްޒު، މިލަންދޫ އަށް އެެއާޕޯޓެއްގެ ވައުދު ށ. މިލަންދޫ ގައި އެެއާޕޯޓް އެޅުމަކީ، އެ ހިސާބުގެ ރައްޔިތުންނަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ށ. އަދި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭން ދަތުރުގައި ށ. މިލަންދޫގައި ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މުޢިއްޒުގެ ވާހަކާގައި ވިދާޅުވީ، 30 މިނެޓުން ދެވޭ ގޮތަށް ރާއްޖޭގެ އެކި […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (48) ކުރީގެ އަދަދާއިގުޅޭ، ” ޕްރޮސީޖަރއަށްފަހު އެއްދުވަސް ފަހުން ދޫކޮށްލެވޭނީ… މިވަގުތު ޝަހާނާއަށް އަޅާލުމާއި ލޯބި ވަރަށް މުޙިއްމުވާނެ.. ނަފްސާނީގޮތުން ދެމީހުންވެސް ވަރަށް ބަލިކަށިވާނެކަން އެނގޭ..” ހިތްހެޔޮކަމާއެކު ޑޮކްޓަރ ވާހަކަ ދައްކާ ނިންމާލުމާއެކު ނަރުސްކުއްޖާ ޖާވިދު ގާތު އޭނާއާއެކު ދިޔުމަށް އެދުނެވެ. އޭރު ޖާވިދްގެ ގައިންވަނީ ހަކަތަ ހުސްވެފައެވެ. *** މާލެ އައިގޮތަށް އެންމެ ފުރަތަމަވެސް ހާރޫން ، ޔަޝްމީ ގޮވައިގެން ދިޔައީ އޭނާގެ ބައްޕަގެ ގާތަށެވެ. ބައްޕަ ދެކިލުމަށްފަހު އެނބުރި ގެއަށް އައީ ވެފަައިވާ ވ... ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ރާއްޖެ މަނަދޫން ގާސިމަށް ފޯރިގަދަ މަރުހަބާއެއް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް ނ. މަނަދޫ އަށް ވަޑައިގެންނެވުމުން އެ ރަށު ގިނަ ބަޔަކު ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ގާސިމް މަނަދޫއަށް ވަޑައިގަތުމާއެކު ބަދަރު ސަރަހައްދުގައި އިސްތިގްބާލުގައި ތިބި މަނަދޫގެ ރައްޔިތުން ފޯރިއާ ޖޯޝާއެކު ދިޔައީ ގާސިމަށް ތާއީދުކޮށް އަޑު އުފުލަމުންނެވެ. ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވި އިރު ބޮޑުބެރުގެ ފޯރިއާއެކު ގާސިމަށް މަރުހަބާ ދެންނެވުމަށް ދިގު ސަފެއް ހަދައި ވަނީ ފޯރި ނަގައިފައެވެ. […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ މާލޭގެ ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލު ކޮށްފި މާލޭގެ މުއިވެޔޮ މަގުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކޮށްފިއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވީ މ. ހުދުކަނީރުގޭގައި ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ އެ މައުލޫމާތު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލު ކޮށްފައިވާ ކަމަށެވެ. އަލިފާން ރޯ ވެފައިވަނީ އެ ގޭގައި ހުރި ހާޑްވެއާ ރައްކާކުރާ ގުދަނެއްގައި ކަމަށާއި މި ހާދިސާގައި […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މުސާރަތައް ބޮޑު ކުރާނެ ވާހަކަ ދައްކަނީ ވެރިކަން ހޯދަން، ދެވަނަ ދައުރެއް ނުދޭތި: ގާސިމް ދައުލަތުގެ މުވައްޒަފުންގެ މުސާރަ %40 ބޮޑު ކުރާނެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައްކަވަނީ ވެރިކަން ހޯއްދަވަން ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ދީގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. މާޅެންދު އަށް ވަޑައިގެން ގާސިމް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ "ޒަމާނަކުން އައި ޒަމާނެކޭ" ތަފާތު އިވެންޓެއް! މާދަމާ ރޭ ސޯޝަލް ސެންޓަރުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ވަރަށް ޚާއްސަ ކެމްޕެއިން އިވެންޓެއް މާދަމާ (ބުރާސްފަތި) މާލޭގައި އޮންނާނެއެވެ. “ޒަމާނަކުން އައި ޒަމާނެކޭ” މި ސްލޯގަން އާއި އެކު ސޯޝަލް ސެންޓަރުގައި ކުރިއަށް ދާ މި އިވެންޓް އޮންނާނީ މާދަމާ ރޭ 8:15 ގައި އެވެ. މި ޙަރަކާތަކީ އެމް.ޑީ.ޕީއިން އާއްމުކޮށް ބާއްވާ ޖަލްސާތަކާއި އެހެނިހެން ސިޔާސީ ހަރަކާތްތަކާއި މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓެއްކަމަށް އެޕާޓީން ބުނެއެވެ. މީގެ ކުރިންވެސް، އެމް.ޑީ.ޕީ ފާހަގަވެގެން ގޮސްފައިވަނީ ހަރުގެ ބައްދަލުވުންތަކާއ... އަލީ އާދިލް · 3 އަހަރު ކުރިން