މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. މަކުނުދޫ (306 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
306 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މަކުނުދޫގެ އެންމެ ފަހުގެ ޚަބަރުތައް

306 ޚަބަރުގެ ތެރެއިން
މާމަކުނުދޫ ޤުރުއާން މުބާރާތުގެ އެއްވަނަ މުޙައްމަދު އިބްރާހީމަށް، އިނާމަކަށް ޢުމްރާ ދަތުރާއެކު ބޮޑު ފައިސާގެ އިނާމެއް 📍 ހދ. މަކުނުދޫ

މާމަކުނުދޫ ޤުރުއާން މުބާރާތުގެ އެއްވަނަ މުޙައްމަދު އިބްރާހީމަށް، އިނާމަކަށް ޢުމްރާ ދަތުރާއެކު ބޮޑު ފައިސާގެ އިނާމެއް

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ” މާމަކުނުދޫ ޤުރުއާން މުބާރާތް 2026″ ގެ 1 ވަނަ އެ ރަށު ޑިޒާވް، މުޙައްމަދު އިބްރާހީމް ހޯދައިފިއެވެ. މި މުބާރާތުގެ 1 ވަނައަށް، މީޤާތު ޙައްޖު އެންޑް ޢުމްރާ ގުރޫޕުން ހުށަހެޅި ޢުމްރާ ދަތުރާއި، މަކުނުދޫ ކައުންސިލުން ދިން 10،000 ރުފިޔާގެ ފައިސާގެ އިނާމާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން ހުށަހެޅި 2،000 ރުފިޔާގެ ފައިސާގެ އިނާމު، ރޭ ބޭއްވި ރަަަަސްމިއްޔާތުގައި މުޙައްމަދު […]

ފާތިމަތު ސަޙާ
ޒިޔާރަތްމަގު ހަލާކުވެ ދިމާވި ދަތިތަކަށް މަކުނުދޫ ރައްޔިތުން ނިކުމެ ހައްލެއް ގެނެސްދީފި 📍 ހދ. މަކުނުދޫ

ޒިޔާރަތްމަގު ހަލާކުވެ ދިމާވި ދަތިތަކަށް މަކުނުދޫ ރައްޔިތުން ނިކުމެ ހައްލެއް ގެނެސްދީފި

ހދ. މަކުނުދޫގެ މައި އެއް މަގު ކަމުގައިވާ ޒިޔާރަތްމަގުގައި ހެދިފައިވާ ވަޅުގަނޑުތަކަށް ފަސްއަޅައި އެ މަގު އެއްވަރުކުރުމުގެ މަސައްކަތް، އެ ރަށު ކައުންސިލާއި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މަގު އެއްވަރުކުރުމަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. އަދި މަގުގައި ހެދިފައި ހުރި ވަޅުގަނޑުތަކަށް ފަސްއަޅައި އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ...

ފާތިމަތު ސަޙާ
މަކުނުދޫގައި ކުދިން އެތްލެޓިކްސް ފަރިތަކުރާ ގަޑީގައި މަގަށް އުޅަނދު ވަނުން މަނާ 📍 ހދ. މަކުނުދޫ

މަކުނުދޫގައި ކުދިން އެތްލެޓިކްސް ފަރިތަކުރާ ގަޑީގައި މަގަށް އުޅަނދު ވަނުން މަނާ

ހދ. މަކުނުދޫ ސްކޫލްގެ ފައުންޑޭޝަން އަދި ކީސްޓޭޖް 1 ގެ ދަރިވަރުންގެ އެތްލެޓިކްސް ހަރަކާތުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާ ސަރަހައްދަށް އެއްވެސް ބާވަތެއްގެ ދުއްވާ އުޅަނދެއް ވަނުން އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ. މިކަމާގުޅިގެން ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ސްކޫލް ދަރިވަރުން އެތްލެޓިކްސް ހަރަކާތުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ، އެ ރަށު ކާނިމާލަމުގެ އިރުމަތިން، ބޮޑުތަކުރުފާނު މަގުގައިކަމަށާއި، މި ހަރަކާތް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 ން 17:30އަ...

ފާތިމަތު ސަޙާ
ސަތަރިތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް މަކުނުދޫ ސްވިމިން ޓްރެކް ބޭނުން ކުރުމަށް އެދިއްޖެ 📍 ހދ. މަކުނުދޫ

ސަތަރިތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް މަކުނުދޫ ސްވިމިން ޓްރެކް ބޭނުން ކުރުމަށް އެދިއްޖެ

ހދ. މަކުނުދޫ ސްވިމިން ޓްރެކްގައި ހަރުކުރެވިފައިވާ ސަތަރިތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް ސްވިމިން ޓްރެކް ބޭނުން ކުރުމަށް އެ ރަށު ކައުންސިލުން ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ. އެ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ސްވިމިން ޓްރެކްގައި ޖަހާފައިވާ ގާފޮރިތައް ސާފުކުރުމުގެ މުޙިއްމު މަސައްކަތެއް މި ދުވަސްވަރު ކުރެވެމުން ދާ ކަމަށެވެ. އަދި ގާފޮރިޖެހުމުން، ސަލާމަތް ކުރުމަށްޓަކައި ޓްރެކްގައި ސަތަރި ހަރުކުރެވެމުން ދާތީ، ޓްރެކް ބޭނުން ކުރާ ފަރާތްތަކުން ސަތަރިތަކަށް އެއްވެސް ގެއްލުމެއް ނުވ...

ފާތިމަތު ސަޙާ
ހިލަ ބޭލުމަށް ދަތިވާތީ މަކުނުދޫ އެއާޕޯޓު ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އެދިއްޖެ 📍 ހދ. މަކުނުދޫ

ހިލަ ބޭލުމަށް ދަތިވާތީ މަކުނުދޫ އެއާޕޯޓު ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އެދިއްޖެ

ހދ. މަކުނުދޫ އެއާޕޯޓް އެޅުމަށް ހިއްކާފައިވާ ފަސްގަނޑުގައި ޖެހުމަށް ގެންނަ ހިލަ ބޭލުމަށްޓަކައި ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި އަޅާފައިވާ ޑިންގީ، އޮޑި އަދި ދޯނިފަހަރުތައް ވީ އެންމެ އަވަހަކަށް ނެގުމަށް މަކުނުދޫ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ. މަކުނުދޫ ކައުންސިލުން ޢާންމުކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއާޕޯޓް މަޝްރޫޢަށް ބޭނުންވާ ހިލަ ބޭލުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް މީގެ ކުރިން 18 ފެބުރުވަރީ 2026 ގައި ވެސް ވަނީ އަންގާފައެވެ. ނަމަވެސް،...

ފާތިމަތު ސަޙާ
މަކުނުދޫ މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނުނެއްޓުމަށް އިލްތިމާސްކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނުނެއްޓުމަށް އިލްތިމާސްކޮށްފި

ހދ. މަކުނުދޫގެ އެކި މަގުތަކާއި ގޯޅިތަކުގައި ހަރުކުރެވިފައިވާ، މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނައްޓަމުންދާތީ، އެކަން ނުކުރުމަށް އެ ރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މި ކަމާގުޅިގެން ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނެއްޓުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމެއްކަމަށެވެ. އަދި އެ ގޮތަށް ބައްތިތަކުގެ ކަވަރުތައް ނެއްޓުމުގެ ސަބަބުން، ބައްތީގެ އެތެރޭގައި ހުންނަ ކަރަންޓު ނަރުތައް ބޭރަށް ހާމަވުމުން، މަގުމަތިން ހިނގާބިނގާވެ އުޅޭ މީހުންނާއ...

ފާތިމަތު ސަޙާ
ހަންދަ ތޮށި އުކުމަށް، މަކުނުދޫއިން ވަކި ސަރަޙައްދެއް ޚާއްސަކޮށްފި 📍 ހދ. މަކުނުދޫ

ހަންދަ ތޮށި އުކުމަށް، މަކުނުދޫއިން ވަކި ސަރަޙައްދެއް ޚާއްސަކޮށްފި

ހަންދަ ތޮށިތައް އުކުމަށް، މަކުނުދޫގެ ވަކި ސަރަހައްދެއް ޚާއްސަކޮށް، ހދ. މަކުނުދޫ ކައުންސިލުން އެކަން އާންމުކޮށް އަންގައިފިއެވެ. އެ ރަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މި ފަހަކަށް އައިސް، ރަށުގެ އެކި ސަރަހައްދުތަކަށް ހަންދަ ތޮއްޓާއި، މިޒާތުގެ ސާމާނު އުކާލާކަން އެ އިދާރާއަށް ފާހަގަ ކުރެވިފައިވެއެވެ. އެހެންކަމުން، މި ގޮތަށް ނިންމަން ޖެހުނީ އާންމުންނަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވަމުންދާތީ ކަމަށް ވެސް އެ އިދާރާއިން ހާމަކުރައްވާފައިވެއެވެ. އެ ގޮތުން ، އެ ފަދަ ތަކެތި […]

ފާތިމަތު ސަޙާ
ކުރިމަގު ޖަމްޢިއްޔާއިން މަކުނުދޫގެ އަންހެނުންގެ ކޮމިޓީއަށް ބިއްލޫފުޅި ހަދިޔާކޮށްފި 📍 ހއ. ދިއްދޫ

ކުރިމަގު ޖަމްޢިއްޔާއިން މަކުނުދޫގެ އަންހެނުންގެ ކޮމިޓީއަށް ބިއްލޫފުޅި ހަދިޔާކޮށްފި

ހއ.  ދިއްދޫ ކުރިމަގު ޖަމްޢިއްޔާއިން ކުރިއަށްގެންދާ ބިއްލޫރި ފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން، މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) އަށް ޖުމްލަ 119 ބިއްލޫރި ފުޅި ޙަވާލުކޮށްފިއެވެ.   މަކުނުދޫ އތމ ކޮމިޓީގެ ރައީސާ ޝަހުމާ އާދަމް “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ދިއްދޫ’ “ކުރިމަގު” ޖަމްޢިއްޔާއިން ހަދިޔާކުރި ބިއްލޫރި ފުޅިތައް މަކުނުދޫގެ މުއައްސަސާތަކަށް މިއަދު ޙަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މުއައްސަސާއަކަށް 15 ފުޅި މިހާރު ޙަވާލުކުރެވިފައިވާ ކަމ...

ފާތިމަތު ސަޙާ
މަކުނުދޫ ޑްރާމާ މުބާރާތުގެ 1 ވަނަ ޞިއްޙީ މަރުކަޒަށް, އެންމެ މޮޅު އެކްޓަރުންނަށް ޠާހާ އާއި މީރާ 📍 ހދ. މަކުނުދޫ

މަކުނުދޫ ޑްރާމާ މުބާރާތުގެ 1 ވަނަ ޞިއްޙީ މަރުކަޒަށް, އެންމެ މޮޅު އެކްޓަރުންނަށް ޠާހާ އާއި މީރާ

ހދ. މަކުނުދޫ ކައުންސިލުން، އެ ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ބޭއްވި ޑްރާމާ މުބާރާތުގެ ފަޚްރުވެރި 1 ވަނަ މަކުނުދޫ ޞިއްޙީމަރުކަޒުން ގެނެސްދިން ” އުފާވެރި ޙަޔާތަކަށްޓަކައި “އަށް ލިބިއްޖެއެވެ. ރަށުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މުވައްޒަފުންނާއި ޒުވާނުންގެ ފަންނީ ހުނަރުތައް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ 2 ވަނަ މަކުނުދޫ ކައުންސިލްގެ “ޙާލަތު” ހޯދިއިރު، 3 ވަނަ ހޯދާފައިވަނީ މަކުނުދޫ ސްކޫލުން ހުށަހެޅި ޑްރާމާ “ލަމްޙާ” އެވެ. ޖުމްލަ 20 ބައިވެރިން ހ...

ފާތިމަތު ސަޙާ
މަކުނުދޫ ސްކޫލްގެ ޙަތިމް ކުރުމުގެ ޕްރޮގްރާމްގެ، ގުރުއަތުން ހޮވުނު 4 ދަރިވަރަކަށް ބައިސްކަލް ހަދިޔާކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ ސްކޫލްގެ ޙަތިމް ކުރުމުގެ ޕްރޮގްރާމްގެ، ގުރުއަތުން ހޮވުނު 4 ދަރިވަރަކަށް ބައިސްކަލް ހަދިޔާކޮށްފި

ހދ. މަކުނުދޫ ސްކޫލްގެ އިސްލާމް ކްލަބުން ކުރިއަށް ގެންދިޔަ “އަޖުރު” ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ގުރުޢަތުން ހޮވުނު 4 ބައިވެރިންނަށް ބައިސްކަލާއި އިނާމް ޙަވާލު ކޮށްފިއެވެ. އެ ސްކޫލްގެ އިސްލާމް ކްލަބުގެ އިންޗާޖް  އަޝްފާޤް އާދަމް “ތިލަދުން”އަށް ވިދާޅުވީ، މަކުނުދޫ ސްކޫލްގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމުގެ މާތް މަޤްޞަދުގައި، ކުރިއަށް ގެންދެވުނު މި ޚަރަކާތަކީ، ޤުރްއާން ޚަތިމްކުރުމުގެ ޚާއްޞަ ޕްރޮގްރާމެއްކަމަށެވެ. އަދި މިއީ  މަކުނުދޫ ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ބައިވެރި...

ފާތިމަތު ސަޙާ
ހަތަރުބެއިންނާއި ބައްޕަ އެއް ޓީމަކުން: މަކުނުދޫން ފެނުނު ތާރީޚީ ކާމިޔާބީއެއް 📍 ހދ. މަކުނުދޫ

ހަތަރުބެއިންނާއި ބައްޕަ އެއް ޓީމަކުން: މަކުނުދޫން ފެނުނު ތާރީޚީ ކާމިޔާބީއެއް

ފުޓްސަލް ކޯޓުގެ ދެ ފަރާތުގައި ތިބެގެން އަޑުގެ ކޮޅަށް ސަޕޯޓަރުން ހަޅޭއްލަވަމުން ދިޔައިރު، ދަނޑުމަތިން ފެންނަނީ ހަމައެކަނި ޓީމެއްގެ ކުޅުމެއް ނޫނެވެ. ލެއިން ގުޅިފައިވާ އެއް އާއިލާއެއްގެ ހިތްވަރާއި ލޯތްބެވެ. އެއްބަނޑު އެއްބަފާ ތިން ބެއިން ބޯޅައަށް ފައިވިއްދައިގެން ތިބި އިރު، ޓީމު މެނޭޖު ކުރުމުގެ އެންމެ ބުރަ ޒިންމާ ނަގައިގެން ހުރީ، އެއްބަނޑު އެއްބަފާ އެންމެ ދޮށީ ބޭބެއެވެ. ޒަޚަމްވާ ކޮންމެ ފަހަރަކު ފަރުވާގެ ކިޓު ހިފައިގެން ދުވެފައި ދާން ހުރީ އެ ކުދިންގެ އޯގާތެރި […]

ސަލާމާ ޢަބްދުލް ޢަލީމް
ޕެނަލްޓީގައި ރޯނު ކަނބަލުން މައްޗަށް ކުރި ހޯދައި ޒައިޒީ ޗެލެންޖާސް ޗެމްޕިއަންކަން ހޯދައިފި 📍 ހދ. މަކުނުދޫ

ޕެނަލްޓީގައި ރޯނު ކަނބަލުން މައްޗަށް ކުރި ހޯދައި ޒައިޒީ ޗެލެންޖާސް ޗެމްޕިއަންކަން ހޯދައިފި

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފޯރިގަދަ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޒައިޒީ ޗެލެންޖާސް ހޯދައިފިއެވެ. ފައިނަލްގައި ޒައިޒީ ޗެލެންޖާސް އާއި ރޯނު ކަނބަލުން ބައްދަލުކުރި މެޗުގެ ފުރިހަމަވަގުތު ހަމަވީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ދެ ލަނޑަކީވެސް ރޯނު ކަނބަލުންގެ އަންޖޫމް އަބްދުއްޝުކޫރުގެ ފަރާތުން ފެނުނު ލަނޑުތަކެކެވެ. އެއީ އޭނާ ރޯނު ކަނބަލުން ޓީމަށް ޖަހައިދިން ލަނޑަކާއި، އޭނާގެ އަތުން ބައިކޮޅަ...

ޔުމްނާ ޢަލީ
މާމަކުނުދޫ ފުޓްސަލް ޗެލެންޖްގެ ފިރިހެން ޑިވިޝަންގެ ތަށި ރޯނު އެފްސީ އުފުލާލައިފި 📍 ހދ. މަކުނުދޫ

މާމަކުނުދޫ ފުޓްސަލް ޗެލެންޖްގެ ފިރިހެން ޑިވިޝަންގެ ތަށި ރޯނު އެފްސީ އުފުލާލައިފި

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފޯރިގަދަ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ރޯނު އެފްސީން ހޯދައިފިއެވެ. ރޯނު އެފްސީން މުބާރާތުގެ ތަށި އުފުލާލާފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، މޮޅު ރެކޯޑަކާ އެކުގައެވެ. އިއްޔެ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ރޯނު އެފްސީން ތަށި ކާމިޔާބުކުރީ ދަގަތަ އެސްސީއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެމި މެޗުގައި ރޯނު އެފްސީގެ ލަނޑުތައް ޖަހައިދިނީ އެ ޓީމުގެ ޖޯޒީ ނަންބަރު […]

ޔުމްނާ ޢަލީ
ހެޔޮވަރު ގަމީހެއް ނުލިބުނު، މަލާމާތް ވީ ހިތްވަރަކަށް، 3 މަހުން 34 ކިލޯ ލުއިކޮށްލި ފާޔިދުގެ ދަތުރު 📍 ހދ. މަކުނުދޫ

ހެޔޮވަރު ގަމީހެއް ނުލިބުނު، މަލާމާތް ވީ ހިތްވަރަކަށް، 3 މަހުން 34 ކިލޯ ލުއިކޮށްލި ފާޔިދުގެ ދަތުރު

މުޅި އުމުރަށް ދިރިއުޅުން ބަދަލުކޮއްލާފަދަ ނިންމުމެއް ނިންމަން ވިސްނެނީ، ހީވެސް ނުކުރާފަދަ އާދައިގެ ކަމަކާ ކުރިމަތިލާންޖެހޭ ވަގުތެވެ. އެފަދަ ވަގުތުތަކުގައި، ކުޑަހިނދުކޮޅެއްގެ އިޙްސާސަކުން ހިތުގައި އުފެދޭ ޢަޒުމް ވަރުގަދަވެގެންދެއެވެ. ހދ. މަކުނުދޫ އަނބުހަރީގޭ ފާޔިދު ފައުޒީގެ ބަރުދަން ލުއި ކުރުމުގެ އުނދަގޫ ދަތުރުގެ ފެށުމަކީ ވެސް އެފަދަ ކުޑަ ވަގުތުކޮޅެކެވެ. ގާތް ރަޙްމަތްތެރިއެއްގެ ކައިވެނީގެ ޙަފްލާއަކަށް ގަމީސް ގަންނަން  ރައްޓެހިންނާއެކު އޭނާ، އެރޭ ފިހާރައަށް ދިޔައީ ވަރަށް ފޮނި އުއްމީދާއެކުއެވެ. ރާވާ...

ސަލާމާ ޢަބްދުލް ޢަލީމް
މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ސެމީފައިނަލްގެ މެޗުތައް ކުރިއަށް 📍 ހދ. މަކުނުދޫ

މާމަކުނުދޫ ފުޓްސަލް ޗެލެންޖް: ސެމީފައިނަލްގެ މެޗުތައް ކުރިއަށް

މަކުނުދޫ ކައުންސިލްގެ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026″ގެ މުބާރާތުގެ މެޗުތައް ނިމި، ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮއްފައިވާއިރު ސެމީ ފައިނަލްގެ މެޗުތައް މިއަދު ހަވީރު ފަށައިގެން ކުރިއަށް އެބަދެއެވެ. މި މުބާރާތުގެ އަންހެން ޑިވިޜަންގެ ޓީމުތަކުގެ ތެރެއިން 13 ޕޮއިންޓާއެކު ރޯނު ކަނބަލުން ތާވަލުގެ އެއްވަނައިގައި ހިމެނިފައިވާއިރު، ފިރިހެން ޑިވިޜަނުން ތާވަލުގެ އެއްވަނައަށް ގޮސްފައިވަނީ 15 ޕޮއިންޓާއެކު ރޯނު އެފްސީއެވެ. މުބާރާތުގެ ސެމީފައިނަލުގައި ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ...

ފާތިމަތު ސަޙާ