ހދ. މަކުނުދޫ ސްކޫލްގެ ފައުންޑޭޝަން އަދި ކީސްޓޭޖް 1 ގެ ދަރިވަރުންގެ އެތްލެޓިކްސް ހަރަކާތުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާ ސަރަހައްދަށް އެއްވެސް ބާވަތެއްގެ ދުއްވާ އުޅަނދެއް ވަނުން އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ.
މިކަމާގުޅިގެން ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ސްކޫލް ދަރިވަރުން އެތްލެޓިކްސް ހަރަކާތުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ، އެ ރަށު ކާނިމާލަމުގެ އިރުމަތިން، ބޮޑުތަކުރުފާނު މަގުގައިކަމަށާއި، މި ހަރަކާތް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 ން 17:30އަށް ކަމަށެވެ.
މި ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 13 އޮކްޓޫބަރުން ފެށިގެން 22 އޮކްޓޫބަރުގެ ނިޔަލަށްކަމަށް ވެސް އެ ކައުންސިލުން މައުލޫމާތު ދެއްވައެވެ.
އެހެންކަމުން، މި ކަމުގައި ކައުންސިލަށާއި، މަކުނުދޫ ސްކޫލަށް، އެންމެހައި ރައްޔިތުން އެއްބާރުލުން ދެއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!