މަކުނުދޫގައި ކުދިން އެތްލެޓިކްސް ފަރިތަކުރާ ގަޑީގައި މަގަށް އުޅަނދު ވަނުން މަނާ
ހދ. މަކުނުދޫ ސްކޫލްގެ ފައުންޑޭޝަން އަދި ކީސްޓޭޖް 1 ގެ ދަރިވަރުންގެ އެތްލެޓިކްސް ހަރަކާތުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާ ސަރަހައްދަށް އެއްވެސް ބާވަތެއްގެ ދުއްވާ އުޅަނދެއް ވަނުން އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ. މިކަމާގުޅިގެން ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ސްކޫލް ދަރިވަރުން އެތްލެޓިކްސް ހަރަކާތުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ، އެ ރަށު ކާނިމާލަމުގެ އިރުމަތިން، ބޮޑުތަކުރުފާނު މަގުގައިކަމަށާއި، މި ހަރަކާތް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 ން 17:30އަ...