ކުޅުދުއްފުށި އެއާޕޯޓް އެޅުމަށް ނެގި ދެ ގެއެއްގެ ބަދަލަށް ދެ މިލިއަން ރުފިޔާ ދީފި
ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ނެގި 18 ގޯތީގެ ތެރެއިން ބަދަލުގެ ކަންތައް ނުނިމިވާ ދެ ގޯތީގެ މައްސަލަގައި ފަހުން އެކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ބަދަލުގެ ގޮތުގައި ކަނޑައެޅި ފައިސާ ކުޅުދުއްފުށީ ކޯޓަށް ދައުލަތުން ޖަމާކޮށްދީފި އެވެ. އެއާޕޯޓް އެޅުމަށް ނެގި 18 ގޯތީގެ ތެރެއިން އެ ރަށު ކޯޓުން ކަނޑައެޅި ބަދަލާއި މެދު ހިތް ހަމަ ނުޖެހިގެން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ކުޅުދުއްފުށީ ޑޭޒީވިލާގެ އަލީ އިސްމާއިލް އާއި ކުލަވަރުގެ މޫސާ ހަސަންނެވެ. […]