ޤައުމީ އިނާމު ޢިއްޒަ އާއި ވަހީދު ހިމެނޭހެން 9 ބޭފުޅަކަށް
ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު 9 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ. މި ބޭފުޅުންނަށާއި ކުންފުންޏަށް މި އިނާމް ދެއްވާފައި ވަނީ މިއަދު ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މީގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ދެ ބޭފުޅުން ހިމެނެއެވެ. އެ ބޭފުޅުންނަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން: ޢިއްޒަތު އަޙްމަދު ނިޒާރު ސެލްވިން، ހދ.މަކުނުދޫ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަ...