ހަނިމާދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފަށައިފި
ހދ. ހަނިމާދޫގެ އަވަށު ތެރޭގައި ބެހެއްޓި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. ހަނިމާދޫއިން އޭޓީއެމްގެ ޚިދުމަތް ލިބެމުން އަންނަތާ ދުވަސްތަކެއް ވެފައިވީނަމަވެސް، އެ އޭޓީއެމް ބަހައްޓާފައި ހުންނަނީ އެއާޕޯޓް ސަރަހައްދުގައެވެ. ހަނިމާދޫގެ އަވަށު ތެރޭގައި ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މިހައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ...