މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 406 ވަނަ ޞަފްޙާ

ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފަށައިފި

ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފަށައިފި

ބ. ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހީމެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑައިލިސިސްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިގޮތުން މިހާރު މި ޚިދުމަތް ނުފެށި އޮތީ އދ. އަތޮޅާއި، ވ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ދ. އަތޮޅުގައި އެކަންޏެވެ. ޑައިލިސިސްގެ ޚިދުމަތަކީ ކިޑްނީގެ ބަލީގެ ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެންމެ މުހިންމު އެއް ޚިދުމަތެވެ. މި ޚިދުމަތް […]

ޔުމްނާ ޢަލީ
ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ ފަށައިފި

ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ ފަށައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ ދެވަނަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ (އިންޒެކް 2025) މިއަދު ފަށައިފިއެވެ. އިސްލާމީ މަރުކަޒުގެ ކޮންފަރެންސްގެ ހޯލްގައި ކުރިއަށްދާ މި މިހާސިންތާ ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. ޒަކާތު މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނެންސް ޔުނިވަރސިޓީގެ އެސޯސިއޭޓް ޑީން ފޮރ ސްޓޫޑެންޓްސް އެންޑް އިންޓަރނޭޝަނަލައިޒޭޝަން ޑރ. ޢާއިޝަތު މުނ...

ޔުމްނާ ޢަލީ
ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިފި

ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިފި

ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް ހުޅުމާލެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލައިފިއެވެ. ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް މި އިންޖީނުގޭ މިއަދު ނިއްވާލާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިއްޔެ ވަނީ ބުނެފައެވެ. އަދި މި އިންޖީނުގެ ނިއްވާލާތީ މިއަދު ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ކަރަންޓު ކެނޑޭނެ ކަމަށް ވެސް ބުނެފަވެއެވެ. އެ ކުންފުނިން މިއަދު ހެނދުނު 6:05 ހާއިރު ބުނީ […]

ޔުމްނާ ޢަލީ
ކެލާއިން ހިލޭ ދޫކުރާ 5،000 އަކަފޫޓުގެ ދަނޑުބިންތަކަށް 22 މީހަކު ކުރިމަތިލައިފި

ކެލާއިން ހިލޭ ދޫކުރާ 5،000 އަކަފޫޓުގެ ދަނޑުބިންތަކަށް 22 މީހަކު ކުރިމަތިލައިފި

ހއ. ކެލާއިން ހިލޭ ދޫކުރާ 5،000 އަކަފޫޓުގެ ދަނޑުބިންތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް ކެލާ ކައުންސިލުން އާންމުކޮށްފިއެވެ. މިއީ ކެލާއިން ދަނޑުވެރިކަމަށް ބިން ދޫކުރާ ތިން ވަނަ ބުރެވެ. މި މުބުރުގައި ދޫކުރާ ބިންތަަކަށް ކުރިމަތިލުމަށް ކައުންސިލުން ހުޅުވާލީ 6 އޮގަސްޓު 2025 ގައެވެ. މިގޮތުން ކެލާ ދެކުނުކޮޅު އަދި ތޮށިމަތި ސަރަހައްދުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ ތިން ވަނަ ބުރުގައި ދަނޑުބިމަށް އެދި ފޯމު ލުމަށް ހުޅުވާލި ފުރުސަތުގައި ފޯމުލާފައިވާ ފަރާތްތަކުގެ ލިސްޓް ކެލާ […]

ޔުމްނާ ޢަލީ
ފެން ޕްލާންޓުގެ ސްޓޯރޭޖް ޓޭންކު ހުސްވެއްޖެނަމަ ވަގުތީގޮތުން ފެން މެދުކަނޑާލަން ޖެހޭނެ: ހަނިމާދޫ ފެނަކަ

ފެން ޕްލާންޓުގެ ސްޓޯރޭޖް ޓޭންކު ހުސްވެއްޖެނަމަ ވަގުތީގޮތުން ފެން މެދުކަނޑާލަން ޖެހޭނެ: ހަނިމާދޫ ފެނަކަ

ހދ. ހަނިމާދޫ ފެން ޕުލާޓުގެ ސްޓޯރު ޓޭންކު ހުސްވެއްޖެނަމަ ޓޭންކަށް ފެން ގިނަކުރުމަށްޓަކައި ފެނުގެ ހިދުމަތް މެދުކަނޑާލަން ޖެހޭނެ ކަމަށް ހަނިމާދޫ ފެނަކަ ބުރާންޗުން މިއަދު ބުނެފިއެވެ. އެ ބުރާންޗުގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ބުނީ، ހަނިމާދޫ ބުރާންޗްގައި ފެނުގެ ޙިދުމަތް ފޯރުކޮއްދިނުމަށް ބޭނުންކުރަމުންދާ ފެން ޕުލާޓުން ފެން އުފައްދާ ވަރަށްވުރެން ގިނައިން ބޭނުން ކުއަންނަކަމަށެވެ. އެހެންވެ ސްޓޯރު ޓޭންކު ހުސްވާތީ ޓޭންކު ހުސްވެއްޖެނަމަ ޓޭންކަށް ފެން ގިނަކުރުމަށްޓަކައި ފެނުގެ ހިދުމަތް މެ...

ޔުމްނާ ޢަލީ
މިލަންދޫ ކައުންސިލުން ސްކޫލަށް ގޮނޑި ހަދިޔާކޮށްފި

މިލަންދޫ ކައުންސިލުން ސްކޫލަށް ގޮނޑި ހަދިޔާކޮށްފި

ށ. މިލަންދޫ ކައުންސިލުން އެރަށު ސްކޫލަށް ގޮނޑި ހަދިޔާކޮށްފިއެވެ. މި ގޮނޑިތަކަކީ އެ ސްކޫލްގެ ހޯލްގައި ބޭނުންކުރުމަށް ހަދިޔާކޮށްފައިވާ ގޮނޑިތަކެކެވެ. މިލަންދޫ ކައުންސިލުން ވަނީ 500 ގޮނޑި ސްކޫލަށް ހަދިޔާކޮށްފައެވެ. މިލަންދޫ ސްކޫލުން ވަނީ މި އެހީތެރިކަމަށްޓަކައި މިލަންދޫ ސްކޫލަށް ޝުކުރު އަދާކޮށްފައެވެ. ”މި ފުރުޞަތުގައި މިލަންދޫ ސްކޫލާއިމެދު މިލަންދޫ ކައުންސިލުން ބާއްވާ ގާތްކަމާއި، މިލަންދޫ ސްކޫލުގެ ކުރިއެރުމަށް މިލަންދޫ ކައުންސިލްގެ ފަރާތުން ދެއްވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ވަރަށް އުފަލާއ...

ޔުމްނާ ޢަލީ
ހުޅުމާލޭ އިންޖީނުގޭގައި މުހިންމު މަސައްކަތެއް ކުރުމަށް ބައެއް ސަރަހައްދުތަކުން މާދަމާ ގަޑިއެއްހާ އިރަށް ކަރަންޓް ކެނޑޭނެ: ސްޓެލްކޯ

ހުޅުމާލޭ އިންޖީނުގޭގައި މުހިންމު މަސައްކަތެއް ކުރުމަށް ބައެއް ސަރަހައްދުތަކުން މާދަމާ ގަޑިއެއްހާ އިރަށް ކަރަންޓް ކެނޑޭނެ: ސްޓެލްކޯ

ހުޅުމާލޭ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން މިރޭ ބުނެފިއެވެ. ސްޓެލްކޯއިން ބުނީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި މި މަސައްކަތް ކު...

ޔުމްނާ ޢަލީ
ގައުމީ އިނާމުދިނުން އުތީމުގައި، މިއީ މާލެއިން ބޭރުގައި ގައުމީ އިނާމުދޭ ފުރަތަމަ ފަހަރު

ގައުމީ އިނާމުދިނުން އުތީމުގައި، މިއީ މާލެއިން ބޭރުގައި ގައުމީ އިނާމުދޭ ފުރަތަމަ ފަހަރު

ސަރުކާރުން މި އަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ފާހަގަކޮށް، އެ ރަށުގައި ގައުމީ ޖަލްސާ ބާއްވައި އެ ޖަލްސާގައި ގައުމީ އިނާމު ދިނުމަށް ނިންމާފައިވާއިރު، މިއީ މާލެއިން ބޭރުގައި ގައުމީ އިނާމުދޭ ފުރަތަމަ ފަހަރެވެ. ޖެހިޖެހިގެން ދެ އަހަރު އުތީމުގައި ރަސްމީ ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާއިރު، ގައުމީ ދުވަހަށް އެ ރަށުގައި އަންނަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. ގައުމީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަ...

އިބްރާހިމް ޚަލީލް
ބޮޑުތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގެ މުއްދަތު

ބޮޑުތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގެ މުއްދަތު

އުތީމު މަހާރަދުން ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު) އާއި ކަޅުއޮށްފުންމީގެ މުޖާހިދުން ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވުމަށް ކުރެއްވި ހިތްވަރުގަދަ ޖިހާދު ދިގު ދެމިގެން ދިޔަ މުއްދަތަކީ ކޮބައިހެއްޔެވެ؟ ބޮޑުތަކުރުފާނުގެ ޖިހާދުގެ މުއްދަތާ ބެހޭ ގޮތުން ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ބޮޑުތަކުރުފާނު ވާހަކައިގައި އޮންނަނީ ބޮޑުތަކުރުފާނުގެ ޖިހާދުގައި ވީ ހަތަރެއް ނުވަތަ ތިން އަހަރުކަމަށެވެ....

ޢަބްދުﷲ ސަޢީދު
''މުސްތަޤުބަލު އުޖާލާވާނީ ޅަފަތުގައި އިސްލާމީ ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެން''

''މުސްތަޤުބަލު އުޖާލާވާނީ ޅަފަތުގައި އިސްލާމީ ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެން''

އިސްލާމީ އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، ޅަފަތުގައި، އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެންކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. ދިވެހިރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާގައި، ދީނާ ދުރުކަމުން ޒުވާނުންނަށް ކުރިމަތިވާ ނުރައްކާތަކާއި، މުޖުތަމަޢުގައި ފެތުރެމުންދާ ދީނާ ޚިލާފު އާދަތަކަށް އަލިއަޅުވައިލާ، މިފަދަ ކަންކަމުން ރައްކާތެރިވުމަށް ގޮވާލާފައިވެއެވެ. ”ރަނގަޅު މުޖުތަމަޢެއް ބިނާކުރުން” މި މައުލޫއަށް...

ޔުމްނާ ޢަލީ
އަބްދުއްރަހުމާންގެ މަރު: ތުހުމަތުވާ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަބްދުއްރަހުމާންގެ މަރު: ތުހުމަތުވާ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އއ. މާޅޮހުގައި އަނިޔާވެރިކޮށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. އަބުދުއްރަހްމާން މަރުގެ މައްސަލާގައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރީ އިއްޔެ (21 އޯގަސްޓް 2025) ހެނދުނު 7:15 ހާއިރުއެވެ. ރޭ މެންދަމު 12:24 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ވަނަވަރުގެ މ...

ޔުމްނާ ޢަލީ
ހަނިމާދޫގައި ބޭއްވި ރައްޔިތު ބައްދަލުވުމަށް ދިޔައީ އެންމެ 3 މީހުން

ހަނިމާދޫގައި ބޭއްވި ރައްޔިތު ބައްދަލުވުމަށް ދިޔައީ އެންމެ 3 މީހުން

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރުމަށް ރޭ ބޭއްވި، އާންމު ރައްޔިތު ބައްދަލުވުމަށް ހާޒިރުވެފައި ވަނީ އެންމެ 3 މީހުންނެވެ. 21 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 21:00 ގައި ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައި، ރައްޔިތު ބައްދަލުވުން އޮންނާނެކަން އެ ކައުންސުލުން އިއުލާން ކޮށްފައި ވަނީ މި ހިނގާ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ. އެ އިއުލާނުގައި ބުނެފައިވަނީ ރައްޔިތު ބައްދަލުވުމުގައި ހަނިމާދޫ ކައުންސިލަށް ލިބޭ އަމްދަނީ އިން ކުރާ […]

އިބްރާހިމް ޚަލީލް
ފުޓްބޯޅައަށް 75 އަހަރު ފުރޭ މުނާސަބާއާއި ގުޅޭ ލޯގޯ ފަރުމާކުރަން ހުޅުވާލައިފި

ފުޓްބޯޅައަށް 75 އަހަރު ފުރޭ މުނާސަބާއާއި ގުޅޭ ލޯގޯ ފަރުމާކުރަން ހުޅުވާލައިފި

ދިވެހިރާއްޖޭގައި ފުޓްބޯޅަ ކުޅޭތާ 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި، އެ މުނާސަބަތު ފާހަގަ ކުރުމަށް އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތަކާއި، އެކިއެކި ހަރަކާތްތަކާއި ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ލޯގޯ އާއި ބްރޭންޑިންގެ ތައްޔާރު ކުރުމުގެ ފުރުސަތު ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. ފަރުމާކޮށް ހުށަހަޅަންޖެހޭ ބްރޭންޑް އައިޑެންޓިޓީގެ ތެރޭގައި ހިމެނެނީ ލޯގޯ، ކަލަޕެލެޓް، ޓައިޕޯގްރަފީ އަދި މިތަކެތި ބޭނުންކުރާ ގޮތުގެ ގަ...

އިބްރާހިމް ޚަލީލް
ޗެނަލް 13ގެ ޕްރޮގްރާމްތައް މެދުކަނޑާލުމަށް އެންގިން، ޒިންމާ އަދާކުރަން ހުރަސް އަޅާނަމަ ފިޔަވަޅު އަޅާނަން: ބްރޯޑްކޮމް

ޗެނަލް 13ގެ ޕްރޮގްރާމްތައް މެދުކަނޑާލުމަށް އެންގިން، ޒިންމާ އަދާކުރަން ހުރަސް އަޅާނަމަ ފިޔަވަޅު އަޅާނަން: ބްރޯޑްކޮމް

ޗެނަލް 13ގެ ޕްރޮގްރާމް ޝެޑިއުލް އެއް ގަޑިއިރަށް މެދުކަނޑާލުމަށް އެ ޗެނަލް ހިންގާ ޑިއާ ރިންގ ޕްރައިވެޓް ލިމިޓެޑަށް މިރޭ އެންގި ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފިއެވެ. ބްރޯޑްކޮމް އިން  މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން 21 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 08:00 ން 09:00 އަށް ޗެނަލް-13 ގެ ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލުމަށް 11 އޮގަސްޓް 2025 ގައި އެ ޗެނަލް ހިންގާ މީޑިއާ […]

ޔުމްނާ ޢަލީ
ބާރަށާއި މާރަންދޫ ޞިއްޙީމަރުކަޒުތަކުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ބާރަށާއި މާރަންދޫ ޞިއްޙީމަރުކަޒުތަކުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ހއ. ބާރަށާއި މާރަންދޫ ޞިއްޙީމަރުކަޒުތަކުގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތް، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ. ހއ. މާރަންދޫ ޞިއްޙީމަރުކަޒުމާރަންދޫ ޞިއްޙީމަރުކަޒުގައ...

ޔުމްނާ ޢަލީ
ހަނިމާދޫގައި ބެހެއްޓި ފަންޑްފޮށިތަކުން ލިބުނު ފައިސާގެ އެހީ ފަލަސްތީނަށް ފޯރުކޮށްދީފި

ހަނިމާދޫގައި ބެހެއްޓި ފަންޑްފޮށިތަކުން ލިބުނު ފައިސާގެ އެހީ ފަލަސްތީނަށް ފޯރުކޮށްދީފި

ފަލަސްތީނުގެ ގައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމް އަހުންނާއި އުހްތުންނަށް އެހީތެރިކަން ފޯރުކޮށްދުނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހަނިމާދޫ ކައުންސިލުން އެ ރަށުގައި ބެހެއްޓި ފަންޑް ފޮށިތަކުން ލިބިނު ފައިސާއިން އެހީތެރިކަން ފޯރުކޮށްދީފައެވެ. ހަނިމާދޫ ކައުންސިލުން އިސްނަގައިގެން މި ހަރަކާތް ހިންގާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ހަނިމާދޫގެ ބައެއް ތަންތަނުގައި ދެ ހަފްތާގެ މުއްދަތަށް ފަންޑްފޮށި ބަހައްޓައިގެން 88492.25 ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް ކައުންސިލުން މި ފައިސާ އިންޓަނޭޝަނަލް އެއިޑް...

އިބްރާހިމް ޚަލީލް
މާލޭ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ފުޅާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ފުޅާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

މާލޭގެ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބްއެވެ. މި މަޝްރޫޢަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ...

ޔުމްނާ ޢަލީ
ކޭއާރުއެޗު ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކޭއާރުއެޗު ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. ހެލްތް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތް ޑިޒައިންކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު އަޙުމަދު ހަމްދާން ނާސިރު އެ...

ޔުމްނާ ޢަލީ