ވަކީލުކަމުގެ ފޭކް ސަނަދެއް ގެންގުޅޭ މައްސަލައެއް ބަލަނީ
ވަކީލުކަމުގެ ފޭކް ސަނަދެއް ގެންގުޅޭ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ބާ ކައުންސިލުން މިއަދު ބުނެފިއެވެ. ވަކީލުކަމުގެ ހުއްދައިގެ ނަމުގައި އަސްލު ނޫން ސަނަދެއް ގެންގުޅޭ މައްސަލައެއް ފެންމަތިވީ، މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް)ގައި މަސައްކަތްކުރާ ފާތިމަތު ތޫބާ އަބުދުﷲ ހަވޭލި/ލ. ފޮނަދޫ، އެ ކުންފުންޏަށް ހުށައަޅާފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ އަކީ ބާ ކައުންސިލުން ދޫކޮށްފައިވާ ހުއްދައެއްތޯ ބަލަން އެ ކުންފުނިން ބާ ކައުންސިލަށް ހުށަހެޅުމުން ބ...