މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 408 ވަނަ ޞަފްޙާ

ފުނަދޫ ޔުނިޓީ ކަޕަށް ގިނަ ބަޔެއްގެ ސަމާލުކަން، ގިނަ ބިދޭސީ ކުޅުންތެރިންތަކަކާއެކު ފޯރި ގަދަވާނެ

ފުނަދޫ ޔުނިޓީ ކަޕަށް ގިނަ ބަޔެއްގެ ސަމާލުކަން، ގިނަ ބިދޭސީ ކުޅުންތެރިންތަކަކާއެކު ފޯރި ގަދަވާނެ

ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބާއްވާ “ޔުނިޓީ ކަޕް 2025” ވޮލީ މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެ މުބާރާތަށް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައެވެ. މި މުބާރާތަށް ގިނަބަޔެއްގެ ސަމާލުކަން އަމާޒުވެފައިވާ އެއް ކަމަކީ މި މުބާރާތުގައި ގިނަ އަދަދެއްގެ ބިދޭސީ ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެތީއެވެ. މި މުބާރާތުގައި އެކި ޤައުމުތަކަށް ނިސްބަތްވާ ބިދޭސީ 27 ކުޅުންތެރިން ކުޅޭނެއެވެ. އަދި އޮފިޝަލުންގެ ގޮތުގައި ބިދޭސީ 3 މީހަކު ހަރަކާތްތެރިވާނެއެވެ. މި […]

ޔުމްނާ ޢަލީ
ސްޓެލްކޯއިން ލޭ ހަދިޔާކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި

ސްޓެލްކޯއިން ލޭ ހަދިޔާކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި

ސްޓެލްކޯގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސްޓެލްކޯ އާއި މޯލްޑިވިއަން ބްލަޑް ސާވިސް ގުޅިގެންނެވެ. ސްޓެލްކޯ އިން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މަގުސަދަކީ ލޭ ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ލޭ ލިބޭނެ މަގު ތަނަވަސްކޮށް ދިނުމެވެ. ސްޓެލްކޯގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. ސްޓެލްކޯގެ މުވައްޒަފުންގެ ލޭ ހަދިޔާ […]

އިބްރާހިމް އަސްވާޤް
ކޮފްސީ ސިރަޕު ރާއްޖޭގައި މަނާކޮށްފި

ކޮފްސީ ސިރަޕު ރާއްޖޭގައި މަނާކޮށްފި

ރޯގާއާއި ކެއްސުމަށް، އާއްމުގޮތެއްގައި ކުޑަކުދިންނަށް ދޭ ބޭހެއްކަމަށްވާ ކޮފްސީ ސިރަޕު ރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މަނާކޮށްފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ވިއްކާ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއްތޯ ކަށަވަރުކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެމަސައްކަތްތަކުގެތެރެއިން ބޭހުގެ މާކެޓް ސާވެއިލަންސް ކުރަނިކޮށް، ކޮފްސީ ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން މިއަދުން...

އިބްރާހިމް ޚަލީލް
ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓްގެ މަޝްރޫޢެއް އަންނަ އަހަރު ފަށަނީ

ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓްގެ މަޝްރޫޢެއް އަންނަ އަހަރު ފަށަނީ

އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު) ބޮޑުފޮޅުދޫގައި 50 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އއ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށެ...

ޔުމްނާ ޢަލީ
ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

ރާއްޖެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް އަތުލައިގެންފި

ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަތް މަސްބޯޓެއް އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަނިކޮށް ބޭރުގެ މަސްބޯޓެއް އަތުލައިގަނެ، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. 6 މީހުންނާއެކު އަތުލައިގަތް މި ބޯޓު ފެނިފައިވަނީ ކ.ދިއްފުށްޓާ ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުންކަމަށް އެ ޤައުމީ ދިފާއީ ބާރުން ބުނެފަވެއެވެ. އެއީ ކޮން ޤައުމެއްގެ...

ޔުމްނާ ޢަލީ
މަތިވެރީ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކަން ފަށައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާއަޅައިފި

މަތިވެރީ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކަން ފަށައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާއަޅައިފި

އއ. މަތިވެރީގައި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތާއި އަދި އެރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަސައްކަތްތައް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މަތިވެރީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން 1500 މީޓަރުގެ ދިގު އަދި 30 މީޓަރު ފުޅާ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދީފި

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދީފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، އެކަމުގެ ނިންމުން ފާހަގަކޮށްފިއެވެ. މި ޕްރޮޖެކްޓް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފައި ވަނީ ޖަޕާނު ސަރުކާރުގެ އެހީތެރިކަމާއެކު، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ދިވެހި ފުލުހުން އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެންނެވެ. މި ޕްރޮޖެކްޓްގެ ނިމުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވާފަ...

އިބްރާހިމް ޚަލީލް
ދަނޑުވެރިކަމުގެ ދާއިރާއިން ބޭރުގައި މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު

ދަނޑުވެރިކަމުގެ ދާއިރާއިން ބޭރުގައި މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު

ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުއެގްރިކަލްޗަރ މިނިސްޓްރީން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ “ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް”ގެ ދަށުންނެވެ. އެގްރިކަލްޗަރ މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ ތަމްރީނު ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް...

ޔުމްނާ ޢަލީ
މަތިވެރި އެއާޕޯޓް ވާނީ ދެކޮޅުޖެހޭ 100 ޕަސެންޓް ފީސަބަލް އެއާޕޯޓަކަށް: ރައީސް

މަތިވެރި އެއާޕޯޓް ވާނީ ދެކޮޅުޖެހޭ 100 ޕަސެންޓް ފީސަބަލް އެއާޕޯޓަކަށް: ރައީސް

އއ. މަތިވެރީގައި ތަރައްގީކުރާ އެއާޕޯޓް ވެގެންދާނީ ފުރިހަމައަށް ދެކޮޅުޖެހޭ ސަތޭކަ ޕަސެންޓް ފީސަބަލް އެއާޕޯޓަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މަތިވެރިއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މަތިވެރީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި މަސައްކަތް ހަވާލުކޮ...

ޔުމްނާ ޢަލީ
އެމްބާޕޭގެ ލަނޑުން މޮޅުވެ ރެއާލުން ފެށުން ރަނގަޅުކޮށްފި

އެމްބާޕޭގެ ލަނޑުން މޮޅުވެ ރެއާލުން ފެށުން ރަނގަޅުކޮށްފި

ސްޕެނިޝް ލީގުގެ އައު ސީޒަނުގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ ރެއާލުގެ ދަނޑުގައި އޮސަސޫނާއާއި ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ރެއާލުން މި ސީޒަނަށް ތައްޔާރުވުމަށް ގެނައި ތިން ކުޅުންތެރިންނަށް ވެސް ރޭ މެޗުގައި ވަނީ ކުޅުމުގެ ފުރުސަތު ދީފައެވެ. އެގޮތުން ފުރަތަމަ އެގާރާގައި ހިމެނިގެން އާނޯލްޑާއި ކަރޭރާސް ވަނީ ކުޅެފައެވެ. އަދި ދެވަނަ […]

އިބްރާހިމް ޚަލީލް
މަތިވެރީގެ ބިން ހިއްކައި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރަން އެމްއޭސީއެލް އަށް

މަތިވެރީގެ ބިން ހިއްކައި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރަން އެމްއޭސީއެލް އަށް

އއ.މަތިވެރީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް މޯލްޑިވްސް އެއަޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އާއި ރޭ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު އެމްއޭސީއެލް އާއި ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙަައްމަދު މުޢިއްޒު އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް އިއްޔެ ފެއްޓެވި، ދަތުރުފުޅުގައި ތިން ވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު މަތިވެރި އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ އެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި މަޝްރޫޢުގެ ދަށުން މަތިވެރީގެ 26.5 ހެކަޓުގެ ބިން […]

ޔުމްނާ ޢަލީ
ޕާކިސްތާނުން އުރަމަތީގެ ކެންސަރަށް ވެކްސިނެއް އުފައްދައިފި

ޕާކިސްތާނުން އުރަމަތީގެ ކެންސަރަށް ވެކްސިނެއް އުފައްދައިފި

ޕާކިސްތާނުގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތް ޕަންޖާބުން އުރަމަތީގެ ކެންސަރު ހުއްޓުވުމަށް ވެކްސިނެއް ތައްޔާރުކޮށް ޓެސްޓުތައް ކާމިޔާބު ކޮށްފި އެވެ. އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އުރަމަތީގެ ކެންސަރަށް ފަރުވާއެއް ހޯދާފައިމިވަނީ، އެ ގައުމުގެ އަންހެނުންގެ މެދުގައި އިތުރުވަމުންދާ އުރަމަތީގެ ކެންސަރުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެކެވެ. އޮފިޝަލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ވެކްސިނަކީ ހިއުމަން ޕެޕިލޯމާވައިރަސް (އެޗްޕީވީ) ދިރާސާތަކުގެ މައްޗަށް ބިނ...

އަލީ އާދިލް
މެލޭޝިއާގައި ހުކުރަށް ނުދާ ފިރިހެނުން ޖޫރިމަނާކޮށް ދެ އަހަރަށް ޖަލަށްލަނީ

މެލޭޝިއާގައި ހުކުރަށް ނުދާ ފިރިހެނުން ޖޫރިމަނާކޮށް ދެ އަހަރަށް ޖަލަށްލަނީ

މަގުބޫލު އުޒުރެއްނެތި ހުކުރު ނަމާދަށް ނުދާ މުސްލިމް ފިރިހެނުންނަށް 3،000 ރިންގިޓް (525 ޕައުންޑް) އާ ހަމައަށް ޖޫރިމަނާ ކުރުމަށް ނުވަތަ ދެ އަހަރަށް ޖަލަށްލުމަށް މެލޭޝިއާގެ ޓެރެންގާނޫ ސްޓޭޓުގައި ނިންމައިފި އެވެ. މި ސްޓޭޓް ހިންގަމުންދާ ޕެން-މެލޭޝިއަން އިސްލާމިކް ޕާޓީ (ޕާސް) އިން ވަނީ ޝަރީއާ ކުށްތަކުގެ (ތައުޒީރު) ޤާނޫނަށް އިސްލާހު ގެނެސްފައެވެ. ޓެރެންގާނޫގެ އެގްޒެކެޓިވް ކައުންސިލް މެމްބަރު މުހައްމަދު ޚަލީލް އަބްދުލް ހާދީ ވިދާޅުވީ މި ޤާނޫނަކީ ދީނީ އަޅުކަންތައް ހަރުދަނާ ކުރުމަށް އެޅޭ […]

އަލީ އާދިލް
މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަނީ

މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަނީ

އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު) ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން ޢިއުލާން ކުރެއްވީ، އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި ތިން ވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ފެރިދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމަވާފައިކަން ރައީސް މިއަދ...

ޔުމްނާ ޢަލީ
އެމްއެންޔޫގެ ޕީއެޗްޑީ ޕްރޮގުރާމަށް ހޮވޭ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން ސްޕޮންސާ ދެނީ

އެމްއެންޔޫގެ ޕީއެޗްޑީ ޕްރޮގުރާމަށް ހޮވޭ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން ސްޕޮންސާ ދެނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިޢުލާންކޮށްފައިވާ އިސްލާމިކް ސްޓަޑީޒް އަދި އިސްލާމިކް ޝަރީޢާގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) ކޯހަށް ހޮވޭ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން ސްޕޮންސާޝިޕް ދިނުމަށް ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވި ގޮތުގައި، އެމްއެންޔޫއިން އިޢުލާންކޮށްފައިވާ އިސްލާމިކް ސްޓަޑީޒް އަދި އިސްލާމިކް ޝަރީޢާގެ ދާއިރާއިން ޕީއެޗްޑީ ޕްރޮގްރާމަށް ހޮވޭ ހުރިހާ އިމާމުންނަށް އެ މިނިސްޓްރީން ވަނީ ކޯސް އެއްކޮށް ސްޕޮންސާކޮށ...

ޔުމްނާ ޢަލީ
މާޅޮހުގައި ރައްޔިތުންނަށް ހާއްސަ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗެއް ހިމެނޭގޮތަށް ގޮނޑުދޮށް ހިމާޔަތްކުރަނީ

މާޅޮހުގައި ރައްޔިތުންނަށް ހާއްސަ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗެއް ހިމެނޭގޮތަށް ގޮނޑުދޮށް ހިމާޔަތްކުރަނީ

އއ. މާޅޮހު ރައްޔިތުންނަށް ބޭނުންހިފޭގޮތަށް، ރައްޔިތުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗް ސަރަހައްދެއް ހިމެނޭގޮތަށް، ގޮނޑުދޮށް ހިމާޔަތްކުރެވޭނެ މަޝްރޫޢެއް އަންނަ އަހަރު ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި ދެވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު މާޅޮހަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވ...

ޔުމްނާ ޢަލީ
ހިމަންދޫ ބަނދަރު ތަރައްޤީކުރުމަށާއި ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އެމްޓީސީސީ އަށް

ހިމަންދޫ ބަނދަރު ތަރައްޤީކުރުމަށާއި ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރަން އެމްޓީސީސީ އަށް

އއ.ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އާއި އެ އަތޮޅޫ ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރީ، ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ޢަބްދުލް ރަޙުމާން ޔޫސުފެވެ. އަދި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށީގެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. 27.51...

ޔުމްނާ ޢަލީ
އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު ގެޒެޓް ކޮށްފި

އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު ގެޒެޓް ކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް ނުވަތަ 27.9 މިލިއަން ރުފިޔާ، އަމިއްލަ މީޑިއާތަކަށް ދިނުމާ ބެހޭ އުޞޫލު މިއަދު ގެޒެޓް ކޮށްފިއެވެ. މި އުޞޫލުގެ ދަށުން، ޕަބްލިކް ސަރވިސް މީޑިއާ ފިޔަވައި އަމިއްލަ ކޮންމެ މީޑިއާ އަކަށް ވެސް ކުރިމަތިލެވޭނެއެވެ. އާންމު އުޞޫލެއްގެ ގޮތުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 3 ޕޭމަންޓަކަށް ބަހާލައިގެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް މިއަހަރު ކޮންމެ މީޑިއާއަކަށްވެސް ލިބޭ މިންވަރު އެއ...

އަލީ އާދިލް