މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,240 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2 ވަނަ ޞަފްޙާ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ދައްކައިގެން މުދާ ދޫކުރެވޭނެ ގޮތް ހަދައިފި 1 މިނިޓު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ދައްކައިގެން މުދާ ދޫކުރެވޭނެ ގޮތް ހަދައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޕޯޓް މެނޭޖްމަންޓް އިންޓަގްރޭޓެޑް ސިސްޓަމް މެދުވެރިކޮށް، ބީއެމްއެލް ޕޭމަންޓް ގޭޓްވޭ ބޭނުންކޮށްގެން ފައިސާ ދެއްކުމަށްފަހު މުދާ ދޫކުރެވޭނެ އައު އިންތިޒާމެއް ހަމަޖައްސައިފިއެވެ.

އަޙްމަދު ވަހީދު
ނުކުޅެދުންތެރިކަމާއި ނަފްސާނީ ހާލަތަށް ބިނާކޮށް ގޭގައި ތައުލީމުދޭ 'ހޯމް-ސްކޫލިން' ބިލު މަޖިލީހަށް ބަލައިގެންފި 2 މިނިޓު

ނުކުޅެދުންތެރިކަމާއި ނަފްސާނީ ހާލަތަށް ބިނާކޮށް ގޭގައި ތައުލީމުދޭ 'ހޯމް-ސްކޫލިން' ބިލު މަޖިލީހަށް ބަލައިގެންފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނަފްސާނީ ދަތިތައް ހުންނަ ދަރިވަރުންނަށް ގޭގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތައުލީމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

އަލީ އާދިލް
ލިވަޕޫލް ބަލިކޮށް އާސެނަލް ޕްރިމިއާ ލީގުގެ އެއްވަނަ އަށް އަރައިފި 1 މިނިޓު

ލިވަޕޫލް ބަލިކޮށް އާސެނަލް ޕްރިމިއާ ލީގުގެ އެއްވަނަ އަށް އަރައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި ވާދަވެރި ކުޅުމަކަށް ފަހު ލިވަޕޫލްގެ މައްޗަށް 1-0 އިން ކުރިހޯދައި، ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ. މިއީ ވޭތުވެދިޔަ 14 ފަހަރުގެ ތެރެއިން އެންފީލްޑްގައި އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.

އަޙްމަދު ވަހީދު
އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކު ހިމެނޭހެން އަށް މީހަކު ޝަހީދުވެއްޖެ 1 މިނިޓު

އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކު ހިމެނޭހެން އަށް މީހަކު ޝަހީދުވެއްޖެ

ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ޙަމަލާތަކެއްގައި ހަތަރު އަހަރުގެ ކުޑަކުއްޖަކާއި ފުލުހުންތަކެއް ހިމެނޭހެން މަދުވެގެން އަށް މީހުން ޝަހީދުވެއްޖެއެވެ. މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާތަކެކެވެ.

ނާޒިމާ އަލީ
ޒުވާނުންނަށް އެކުއަކަލްޗަރގެ ހުނަރު ދަސްކޮށްދިނުމުގެ މެރިކަލްޗަރ ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި 3 މިނިޓު

ޒުވާނުންނަށް އެކުއަކަލްޗަރގެ ހުނަރު ދަސްކޮށްދިނުމުގެ މެރިކަލްޗަރ ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީކުރުމަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމަށްޓަކައި ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯހުގެ ހަތަރުވަނަ ބުރު މަނިޔަފުށީގައި ފަށައިފިއެވެ.

ޝިއުނާ އާދަމް
ހަމަލާދީފިނަމަ އީރާނުގެ އާ އަމާޒަކަށް އޭއައި އާއި ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް 1 މިނިޓު

ހަމަލާދީފިނަމަ އީރާނުގެ އާ އަމާޒަކަށް އޭއައި އާއި ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް

އެމެރިކާއާއި އިޒްރޭލުން އަލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ، އެ ދެ ގައުމުގެ މެދުއިރުމަތީގެ ބައިވެރިންގެ ސަރަހައްދީ ޑޭޓާ ސެންޓަރުތަކާއި، ކަނޑުއަޑީގެ ފައިބާ އޮޕްޓިކް މުވާސަލާތީ ކޭބަލްތަކުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ މުހްސިން ރިޒާއީ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ގައުމުގެ އަސްކަރީ އަދި ސަލާމަތީ އިސް އޮފިޝަލުން ވަނީ އީރާނުން ހަމަލާދޭން ކަނޑައަޅާފައިވާ...

ނާޒިމާ އަލީ
އެމެރިކާއިން އިރާގަށް ނަގުދު ފައިސާގެ ގޮތުގައި 3 ބިލިއަން ޑޮލަރު ފޮނުވަނީ 3 މިނިޓު

އެމެރިކާއިން އިރާގަށް ނަގުދު ފައިސާގެ ގޮތުގައި 3 ބިލިއަން ޑޮލަރު ފޮނުވަނީ

އެމެރިކާގައި ބަހައްޓާފައިވާ އިރާގުގެ ބޭރު ފައިސާގެ ރިޒާވުން ކުރިއަށް އޮތް މުއްދަތުގައި ތިން ބިލިއަން ޑޮލަރުގެ ނަގުދު ފައިސާ އިރާގަށް ފޮނުވުމަށް އެމެރިކާއިން ނިންމާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ. މި ފައިސާ އެ ގައުމަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ވިދިވިދިގެން ހަ ފަހަރެއްގެ މަތިން، ކޮންމެ ފަހަރަކު 500 މިލިއަން ޑޮލަރެވެ. އެމެރިކާގެ ފެޑެރަލް ރިޒާވުން އިރާގުގެ މަރުކަޒީ ބޭންކަށް ފޮނުވާ މި ފައިސާއަކީ އެމެރިކާ ސަރުކާރުން އެ ގައުމަށް ދޭ މާލީ އެހީއެއް ނުވަތަ […]

ނާޒިމާ އަލީ
ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި 2 މިނިޓު

ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި

ށ. ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ސްޓެލްކޯއާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެ ކުންފުންޏާ ދެމެދުގައެވެ. އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިސް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ...

އަޙްމަދު ވަހީދު
ސަރުކާރުން ލިބެންޖެހޭ ފައިސާ، މީރާގެ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި 2 މިނިޓު

ސަރުކާރުން ލިބެންޖެހޭ ފައިސާ، މީރާގެ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި

ދައުލަތުގެ އިދާރާތަކުން ވިޔަފާރިތަކަށް ލިބެންޖެހި ނުލިބި ހުރި ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ އިންތިޒާމު މާލީ ވުޒާރާއިން ހަމަޖައްސައިފިއެވެ.

ޔުމްނާ ޢަލީ
އޮޕަރޭޝަން ތިއޭޓަރުގައި އޮތީ އަމިއްލަ ކޮއްކޮ: ޣައްޒާގެ ޑޮކްޓަރުން ތަހައްމަލުކުރާ ބިރުވެރި ހަގީގަތް 1 މިނިޓު

އޮޕަރޭޝަން ތިއޭޓަރުގައި އޮތީ އަމިއްލަ ކޮއްކޮ: ޣައްޒާގެ ޑޮކްޓަރުން ތަހައްމަލުކުރާ ބިރުވެރި ހަގީގަތް

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގެ ތެރޭގައި އެންމެ ބޮޑު ނަފްސާނީ އަދި ޖިސްމާނީ ތަކުލީފެއް އުފުލަން ޖެހިފައިވަނީ އެ ސަރަހައްދުގެ ސިއްހީ ހިދުމަތްތެރިންނަށެވެ. އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތުގައި ހުއްޓުމެއް ނެތި އުޅެނިކޮށް، އަމިއްލަ އާއިލާގެ މަރުގެ ހަބަރުތަކާ ކުރިމަތިލާން ޖެހުމާއި، ޒަހަމްވެގެން ގެންނަ އަމިއްލަ ލޯބިވާ މީހުންގެ ފުރާނަނެތް މަސްގަނޑު ފެނުމަކީ އެތައް ޑޮކްޓަރުންނަކާއި ނަރުހުންގެ ދިރިއުޅުން މުޅިން ބަދަލުކޮށްލާފައިވާ ބިރުވެރި ހަގީގަތެކެވެ. ދީރުލް...

ނާޒިމާ އަލީ
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ގަސް އިންދައިފި

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ގަސް އިންދައިފި

ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށި ސިޓީގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް މިއަދު ބާއްވައިފިއެވެ. މި ހަރަކާތަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކުޅުދުއްފުށި ކެމްޕަސް އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ކުޅުދުއްފުށީގައި މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި އެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ އިތުރުން ސިޓީ ކައުންސިލަރުން ވެސް ވަނީ ބައިވެރިވ...

ޔުމްނާ ޢަލީ
ބެލޮންޑިއޯގެ އުފަލަށް ފަހު ކޭން އަށް މާޔޫސްކަމެއް، ޕެނަލްޓީ ބޭކާރުވެ ބަޔާން އެއްވަރުވެއްޖެ

ބެލޮންޑިއޯގެ އުފަލަށް ފަހު ކޭން އަށް މާޔޫސްކަމެއް، ޕެނަލްޓީ ބޭކާރުވެ ބަޔާން އެއްވަރުވެއްޖެ

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ވަކިވަކި ކުޅުންތެރިންގެ އެވޯޑު ކަމަށްވާ ބެލޮންޑިއޯ ކާމިޔާބުކުރުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ހެރީ ކޭން އަތުން ޕެނަލްޓީއެއް ބޭކާރުވެ، ޖަރުމަން ބުންޑެސްލީގާގައި ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅުނު “ކްލެސިކާ” މެޗު 2-2 އިން އެއްވަރުވެ ބަޔާން މިއުނިކަށް މާޔޫސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ބަޔާން އަދި ޑޯޓްމުންޑް ވެސް އޮތީ ތާވަލުގެ އެއްވަނައިގައި ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. ހޮނިހިރު ދުވަހު ކުޅުނު މި މެޗު […]

އަޙްމަދު ވަހީދު
މެރިކަލްޗާ ސިނާއަތަށް ދިވެހިން ބިނާކުރުމުގެ ހަތަރު ވަނަ ތަމްރީނު ޕްރޮގްރާމް ފަށައިފި

މެރިކަލްޗާ ސިނާއަތަށް ދިވެހިން ބިނާކުރުމުގެ ހަތަރު ވަނަ ތަމްރީނު ޕްރޮގްރާމް ފަށައިފި

މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން، 4 ވަނަ ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް ފަށައިފިއެވެ. މިއީ ރާއްޖޭގައި މެރިކަލްޗާ ދާއިރާ ތަރައްގީކޮށް މި ދާއިރާއަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. ކ. މަނިޔަފުށި ޓްރެއިނިން ސެންޓަރުގައި ޖުމްލަ 12 ބައިވެރިންނާއެކު މި ޕްރޮގްރާމް ފަށާފައިވާއިރު، މިއީ 2026 ވަނަ އަހަރު މި ސިލްސިލާގެ ދަށުން ހިންގޭ [...

ޔުމްނާ ޢަލީ
ސައިބާރީގެ ކުޑަހުޅަށް ސީރިއަސް އަނިޔާއެއް، އޮލީސޭ އާއި ގްނަބްރީ ވެސް އަނިޔާގެ ލިސްޓަށް

ސައިބާރީގެ ކުޑަހުޅަށް ސީރިއަސް އަނިޔާއެއް، އޮލީސޭ އާއި ގްނަބްރީ ވެސް އަނިޔާގެ ލިސްޓަށް

ޖަރުމަނު ލީގުގައި ހޮނިހިރު ދުވަހު ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު “ކްލެސިކާ” މެޗުގައި ބަޔާން މިއުނިކްގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ އިސްމާއީލް ސައިބާރީ، ސާޖް ގްނަބްރީ އަދި ބެލަންޑިއޯ ނޮމިނީ މައިކަލް އޮލީސޭ އަށް އަނިޔާވެ ދަނޑުން ބާލަން ޖެހުމާ އެކު އެ ކްލަބަށް އަނިޔާގެ ބޮޑެތި ކަންބޮޑުވުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މި މެޗުގައި މިޑްފީލްޑަރު ސައިބާރީގެ ފަޔަށް ލިބުނު އަނިޔާއަކީ ސީރިއަސް އަނިޔާއެއް ކަމަށް ބެލެވޭ ކަމަށް ބަޔާންގެ އެސިސްޓެންޓް ކޯޗު އާރޮން ޑޭންކްސް […]

އަޙްމަދު ވަހީދު
ނަފްސާނީ ދުޅަހެޔޮކަމެއް ނެތި، ޙަޤީޤީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާނުކުރެވޭނެ: ފަސްޓް ލޭޑީ 1 މިނިޓު

ނަފްސާނީ ދުޅަހެޔޮކަމެއް ނެތި، ޙަޤީޤީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާނުކުރެވޭނެ: ފަސްޓް ލޭޑީ

ނަފްސާނީ ދުޅަހެޔޮކަމެއް ނެތި ޙަޤީޤީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާނުކުރެވޭނެކަން ފާހަގަކުރައްވައި، ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަމަށް އަހަންމިއްޔަތުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

ޔުމްނާ ޢަލީ
ތެލުގެ ވިޔަފާރި ބިންތަކާ ކަންބޮޑުވުންތަކާއި ފިޔަވަޅުތަކާ މެދު ފުނަދޫ ރައްޔިތުންގެ މަޝްވަރާ ހޯދައިފި

ތެލުގެ ވިޔަފާރި ބިންތަކާ ކަންބޮޑުވުންތަކާއި ފިޔަވަޅުތަކާ މެދު ފުނަދޫ ރައްޔިތުންގެ މަޝްވަރާ ހޯދައިފި

ށ. ފުނަދޫގައި ހިނގައިދިޔަ އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ރަށުގައި މިހާރު ތެލުގެ ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިންތަކާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިފިއެވެ. ފުނަދޫ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، ފުނަދޫ ކައުންސިލުން ބުނީ، މި ބައްދަލުވުމުގައި މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މިފަ...

ޔުމްނާ ޢަލީ