މިނެ ކިރާފަ މޮޅު މީހާއަށް މޮޅު ގޮތް، ދެރަމީހާއަށްދެރަގޮތް ދައުލަތުން ހަމަޖެއްސުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށާއި ދައުލަތުން ދޭ އެއްޗެއް ހުރިހާ ރައްޔިތުންނަށް ލިބެން ޖެހޭނީ ހަމަހަމަކޮށް ކަމަށް އަޙްމަދު ހިޝާން ވިދާޅުވެއްޖެއެވެ. “ވަކި މަޤާމަކަށް ދިއައިމަ އާސިއާން ޤައުމުތަކުން ބޭސްފަރުވާ އިންޝުއަރަންސް އިން ކުރެވިފަ، ނިކަމެތި މީހާއަށް އާސަންދަ ލިބުނީމަ މިއީ ހަމަޖެހޭ އުޞޫލެއް ނޫން. ބޭސް ފަރުވާއަކީ ހުރިހާ އިންސާނުންގެ އަސާސީ ޙައްޤެއް. މިނެ ކިރާފަ މޮޅު މީހާއަށް މޮޅު ގޮތް، ދެރަމީހާއަށް ދެރަގޮތް […]
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ހއ. ކެލާ ގައި ވަރުގަދަ ހުމެއް ފެތުރި، ރަށު ސިއްހީ މަރުކަޒުގައި ހުރި ހަމައެކަނި ޑޮކްޓަރުވެސް އެޑްމިޓްކޮށް، އިތުރު ޑޮކްޓަރުން ފޮނުވައިދިނުމަށް އެދިއްޖެއެވެ . މިހާރު އެރަށުގައި ބަލިމީހުން ބަލަމުންދަނީ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ހެލްތުވޯކަރުންކަމަށް މަޢުލޫމާތުލިބެއެވެ. ގަދަޔަށް ހުން އައިސް ހޮނޑުލާ ރޯގާއެއް ފެތުރެމުންދާ މިދުވަސް ވަރުގައި ޑޮކްޓަރު ބަލިވުމުން އުނދަގޫތަކާ ކުރިމަތިވާކަމަށާއި ވީހާވެސް އަވަހަކަށް އިތުރު ޑޮކްޓަރުން ފޮނުވައިދިނުމަށް އެރަށު ސިއްޙީ މަރުކަޒުން ހެލްތު މިނިސްޓްރީގައި އެދި...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
މިދިޔަޖުލައިމަހުންފެށިގެންމާލޭގައިބޭރަށްހިންގުންއިތުރުވަމުންދާކަމަށްހެލްތްޕްރޮޓެކްޝަންއޮތޯރިޓީ(އެޗްޕީއޭ) އިންހާމަކޮށްފިއެވެ. އެޗްޕީއޭއިންބުނިގޮތުގައިޖުލައިމަހުންފެށިގެންބޭރަށްހިންގުންދަނީއިތުރުވަމުންކަމަށާއިއެބަލިއާންމުކޮށްފެތުރެނީއޭގެއަސަރުކޮށްފައިވާމީހުންގެފަރާތުންކަމަށެވެ. އެޗްޕީއޭއިންވަނީކެއުމުގެކުރިންނާއިކާބޯތަކެތިތައްޔާރުކުރުމުގެކުރިންރަންގަޅަށްއަތްދޮވުންއިލްތިމާސްކޮށްފައެވެ. Diarrhoea has been increasing since July, as we have seen in previous years. This is mostly viral diarrhoea, spread...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ހއ. ދިއްދޫގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗް ހޫނުވެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ތަކެއްޗަށް ގެއްލުންދީފިއެވެ. ދިއްދޫގައި މިއަދު މާރާމާރީ ހިންގާފައި ވަނީ، ބޮޑު އީދާއި ދިމާކޮށް އެރަށުގައި ކުރިޔަށްދިޔަ ފުޓުބޯޅަ މުބާރާތެއްގެ ފައިނަލް މެޗުގެ ތެރެއިންނެވެ. ޢީދާ ދިމާކޮށް ހއ. ދިއްދޫގައި ކުރިޔަށޤ ގެންދިޔަ ފުޓްބޯޅަ މެޗުގައި މިއަދު ހިނގި މި ހަމަނުޖެހުންތަކުގެ ތެރެއިން ދަނޑުގައި ބޭނުންކުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ދީފައެވެ. މި މާރާމާރީ ހިނގާފައިވަނީ މެޗުގެ ދެވަނަ ހާފްގެ ތެރެއިންނެވ...
އަބްދުﷲ ޝަފީޢު
7 އަހަރު ކުރިން
Thiladhun
7 އަހަރު ކުރިން
މިހާރު އޮތް ތައުލީމީ މަންހަޖު ގައި ހުރި މައްސަލަތައް ދެނެގަތުމަށް އެޑިއުކޭޝަން މިނިސްޓްރީން ހޯދި ރާއްޖެ އިން ބޭރުގެ ކޮންސަލްޓެންޓުންގެ މަސައްކަތް އޯގަސްޓް 18 ގައި ފެށުމަށް ހަމަޖެހިއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މަންހަޖާއި ބެހޭ ކޮންފެރެންސް ނުވަތަ ކަރިކިއުލަމް ކޮންފެރެންސް ވަނީ ފެބްރުއަރީ މަހު ބާއްވާފަ އެވެ. އެ ކޮންފެރެންސަށް ފަހު މަންހަޖު އިސްލާހް ކުރަން ޖެހޭކަން އެނގުނު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ. އެއާއެކ...
އަބްދުﷲ ޝަފީޢު
7 އަހަރު ކުރިން
“މާވައިދޫ މީހުންނަކީ ނުކިޔަވާ ބައެކެވެ” މިއީ ތިލަދުންމައްޗަށް ނިސްބަތްވާ މާވައިދޫ ރައްޔިތަކަށް ވީތީ އެހެން ރަށްރަށުގެ މީހުންގެ ދުލުން މަދުން ނަމަވެސް އިވޭ ބަސްކޮޅެކެވެ. ތެދެކެވެ. 2010 ވަނަ އަހަރު ނޮޅިވަރަންފަރަށް ބަދަލުކުރުމާ ހަމައަށް އެރަށުގައި ކިޔަވައިދިނީ އެންމެ މައްޗަށް ގްރޭޑް ހަތަކަށެވެ. އިނގިރޭސި ބަހުން ފިލާވަޅުތައް ނަގައިދެވޭނެ ޓްރެއިންޑް ޓީޗަރެއް ނެތެވެ. އެވްރެޖްކޮށް ގިނަ ޢާއިލާތަކަށް ލިބޭ އާމްދަނީ ކުޑައެވެ. ގިނަ ޢާއިލާތަކަށް މަޖުބޫރުވީ މާލެއަށް ނުވަތަ ކުޅުދުއްފުއްޓަށް ހިޖުރަކުރާށެވެ. ތަ...
ޝީޒާ މުހައްމަދު
7 އަހަރު ކުރިން
މީހަކަށް ސިހުރުވެރިއަކަށް ވެވޭނީ އޭނާގެ އީމާންކަން ވިއްކާލުމަށްފަހުކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައި ވަނީ ސިހުރުވެރިޔާ އަކީ އިންސީންގެ ޝައިތާނުންގެ ތެރޭގައި ހިމެނޭ ޝައިތާނެއް ކަމަށާއި، ސިހުރުވެރިއަކަށް ވެވޭނީ އޭނާގެ އީމާންކަން ވިއްކާލުމަށްފަހު، އޭނާގެ އެކުވެރި ޝައިތާނީ ޖިންނީންނާ ދޯޅުވުމަށްޓަކައި މާތް ﷲ ހުއްދަ ނުކުރައްވާ އަމަލުތައް ކޮށްގެން ކަމަށެވެ. އަދި ޝައިތާނާގެ ކިބައިން ސިހުރު ދަސްކުރަން އެދޭ މީހަކަށް އެކަން ދަސްކޮށްދޭނީ އޭނާގެ ދީނާއި އަޤީދާ...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
މިއަހަރުގެ އަލްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ށ. ކަނޑިތީމުގައި މަސްރޭހަކާއި ބޮޑު ބާބަކިއު އެއް ބާއްވައިފިއެވެ. 100 އަށް ވުރެ ގިނަ މަސްވެރިންނާ އެކު މިއަދު ހެދުނު 09:00 އިން ހަވީރު 04:00 އާ ހަމައަށް ކުރިއަށް ގެންދިޔަ އެ މަސް ރޭހުގައި 17 ޓީމު ބައިވެރިވެފައިވެއެވެ. މަސްރޭހުގައި ބައިވެރިވެވެނީ ނާށި ބަސްތާއަކަށެވެ. އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ކަނޑިތީމުގެ ޒުވާނުންގެ އިސް ނެގުމެކެވެ..”ނިލަމެހި މަސްރޭ” ފެށުމުގެ ގޮތުން […]
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަ ކަޝްމީރަކީ، އިނގިރޭސީންގެ އަޅުވެތިކަމުން އިންޑިއާއާއި ޕާކިސްތާނު މިނިވަންކުރި އިރު، ވަކިގޮތެއް ނުނިންމައި އޮތް މުސްލިމް އާބާދީއެކެވެ. އަދި މިހާތަނަށް ކަޝްމީރު ދެބަޔަކަށް ބަހާލައި އިންޑިއާއާއި ޕާކިސްތާނުން ދަނީ އެ ދެބައި ކޮންޓްރޯލްކުރަމުންނެވެ. ކަޝްމީރު ދެބައިކޮށްލިއިރު އޭގެތެރޭން އިންޑިއާގެ ބާރުގެ ދަށުގައި އޮތް ފަޅިއަށް ކިޔަނީ ޖައްމޫ އެންޑް ކަޝްމީރެވެ. އަދި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ފަޅިއަށް ކިޔަނީ އާޒާދު ކަޝްމީރެވެ. ކަޝްމީރުގެ މައްސަލަޔަކީ އިންޑިޔާއާއި...
ޝިއުނާ އާދަމް
7 އަހަރު ކުރިން
ކުޅުދުއްފުށީ ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތަނުގެ ޖާގައިގެ ދަތިކަންކަމަށާ، ޖާގަ ނެތުމުގެ ސަބަބުން އެހޮސްޕިޓަލުގައި ޚިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި ބްލަޑް ބޭންކެއްގެ ޚިދުމަތް ފަށައި، ލޭ ރައްކާކުރެވޭނެ ނިޒާމެއްވެސް ނެތްކަމަށާ، އުތުރުގެ އަތޮޅުތަކުގައި ނިސްބަތުން ތެލަސީމިއާ ކުދިން ގިނަކަމަށް ފާހަގަކުރެވޭއިރު، ކުޅުދުއްފުށީ ހޮސްޕިޓަލަކީ އެފަދަ ވަރަށްގިނަ ކުދިން ފަރުވާހޯދާ ތަނެއްކަމަށް އެހޮސްޕިޓަލުން ފާހަގަކުރައްވައެވ...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ހދ ކުޅުދުއްފުށީ ވެލައްސަރު ރައިޝާ ބިންތި އަހުމަދަކީ އުފެދުމުގެ ހުންނަ އުނިކަމެއްގެ ސަބަބުން ހިނގާބިނގާވެ އުޅުމާއި ވާހަކަ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކުއްޖެއެވެ. އުމުރުން އެންމެ 1 އަހަރުން ފެށިގެން ފިޓް ޖެހުމުގެ މައްސަލަ ކުރިމަތިވެފައިވާތީ ރައިޝާއަށް ވަނީ ހިނގާބިނގާވެ އުޅުމަށާއި ވާހަކަ ދެއްކުން އިތުރު ގޮންޖެހުމަކަށްވެ ފަރުވާ ދިނުމަށް ބޮޑު ހުރަކަށް ވެފައެވެ. މީގެ ކުރިން މާލެއަށާއި ރާއްޖޭން ބޭރަށްވެސް ދެއްކުމުން އެކަށީގެންވާ ފަރުވާ ދެވިއްޖެނަމަ ރައިޝާ ރަނގަޅު ކުރެވޭނެކަމުގެ އުންމީދު ޑޮ...
Thiladhun
7 އަހަރު ކުރިން
އެން-ރޭންޖުން އިންތިޒާމުކޮށްގެން، ހއ. ހޯރަފުށީގައި މޯލްޑިވްސް ވިމެންސް ރަން ބާއްވައިފިއެވެ. އީދު ބަންދާ ދިމާކޮށް ހޯރަފުށީގައި ބޭއްވި މި ދުވުމުގައި ހަތަރު އަހަރުން މަތީގެ ކޮންމެ އުމުރުފުރައެއްގެ އަންހެނަކަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވެއެވެ. އެ ރަށު ބަނދަރު ސަރަހައްދުން ހަވީރު 4:00 ފެށި މި ދުވުމަކީ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހު މި ހަރަކާތުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ ހުޅުމާލޭގައެވެ. ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ފެށި މިހަރަކާތުގެ ދެ...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ބަންގުދަލޭސްގައި ޑެންގޫޖެހިގެން 40 މީހުންމަރުވެއްޖެއެވެ. އާދަޔާހިލާފަށް ޑެންގޫ ފެތުރެމުންދާ މިދުވަސްވަރުގައި ޑެންގޫ ޖެހިގެން 40 މީހުން މިހާތަނަށް މަރުވެފައިވާކަމަށް އެގައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ. 40 މީހުން މަރުވެފައިވާކަމަށް ބަންގުލަދޭސް އިދާރާތަކުން ހާމަކޮށްފައިވީނަމަވެސް އެގައުމުގެ ނޫސްތަކުން ބުނާގޮތުން މިއަދަދު 100 އަށްވުރެއް މައްޗަށް އަރާނެކަމަށް ގިނަ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. ކޮންމެ އަހަރެއްގެވެސް ވިއްސާރަ ދުވަސްވަރާއި ދިމާކޮށް ބަނގުލަދޭގައި އަންނަނީ ޑެންގޫފެތުރެމުންނެވެ. އެ...
ޝިއުނާ އާދަމް
7 އަހަރު ކުރިން
ސާފުތާހިރުކަމަކީ އިންސާނާގެ ދިރިއުޅުމަށް ވަރަށް ބޭނުންތެރި އަދި އެހާމެ މުހިންމު އަސާސެކެވެ. އަމިއްލަ ސާފުތާހިރުކަމުން ފެށިގެން ގޮސް ތިމާ އުޅޭ ގެއާއި ގޯތިތެރެ އާއި ފެންވަރާ ފާޚާނައިގެ އިތުރުން ތިމާ ހިނގާ ބިނގާވެ އުޅޭ މަގުތަކާއި ދިރިއުޅޭ ރަށް ވެސް ސާފުތާހިރުކޮށް ބޭއްވުމަކީ މުހިންމު ކަމެކެވެ. ސާފުތާހިރު މީހެއް، ގެއެއް، ނުވަތަ ރަށެއް ނަމަވެސް އެ މީހަކަށް، އެ ގެއަކަށް ނުވަތަ އެ ރަށަކަށް އިންތިހާއަށް މީހުންގެ ތަޢުރީފު ލިބިގެންދެއެވެ. އަދި ސާފުތާހިރުކަމެއް ނެތް ނަމަ، މީހުން […]
Thiladhun
7 އަހަރު ކުރިން
މިދުވަސްވަރު ފަލަސްތީނަށް ހަމަލާދިނުން މެދުކަނޑާލާފައި އޮތަސް، ފަލަސްތީން މުސްލިމުންގެ ކެކުޅުމަށް ނިމުމެއްނާދެއެވެ. ދުނިޔޭގެ މީޑިޔާގެ ސަމާލުކަމަށް ނަޔަސް ކޮންމެ ދުވަހަކީ ފަލަސްތީނު ރައްޔިތުންނަށް އިޒްރާއިލްގެ ކިބައިން އެތަކެއް ދުއްތުރާތަކާ ތަހައްމަލްތައް ލިބެމުން އަންނަ ދުވަހެކެވެ. ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ ކޮންމެ ފިޔަވަޅަކީ ފަލަސްތީންގެ މުސްލިމް އަޙުންނަށް އަނިޔާ ކުރުމާ ދުއްތުރާ ކުރިމަތިވާނެހެން ރާވާ ހިންގާ ޖަރީމާތަކެކެވެ. ދުނިޔޭގެ މީޑިޔާގެ ސަމާލުކަމަށް ނަޔަސް ކޮންމެ ދުވަހަކީ ފަލަސްތީނ...
ޝިއުނާ އާދަމް
7 އަހަރު ކުރިން
ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީގެ ލަޤަބު ރަމްލާ ހާޞިލުކުރީ އޭނާގެ އުމުރުން އެންމެ 18 އަހަރުގައެވެ. އެއީ 1953 ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ބޭއްވި ރިތީގެ ރާނީ ހޮވުމުގެ މުބާރާތް ކާމިޔާބުކޮށްގެންނެވެ. ހއ. ބާރަށު ނާދިރަމްގެ ރަމްލާއަކީ އެންމެނާވެސް ވަރަށް ގުޅޭ ހިތްހެޔޮ، އަދި ވަރަށް ޚިދުމަތްތެރި ބޭކަނބަލެއްކަމަށާއި، ރަށުގެ އެކިކަންކަމުގައި އަމަލީގޮތުން ބައިވެރިވެލައްވާ ބޭކަނބަލެއްގެ ގޮތުގައިކަން އ...
ޝިއުނާ އާދަމް
7 އަހަރު ކުރިން
ސައޫދީ ސަރުކާރުން އިންޑިއާގައި 75 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރުމުގެ އިބްތިދާއީ އެއްބަސްވުމެއްގައި ދެގައުމުން ސޮއިކޮށްފިއެވެ. “ސައޫދީ އަރާމްކޯ” އާއި އިންޑިޔާގެ ރެލިއަންސާ ދެމެދު ސޮއިކުރި “ލެޓަރ އޮފް އިންޓަރެސްޓް” (އެލްއޯއައި) ދަށުން މިކަމާބެހޭ ފަންނީ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު އެ އެއްބަސްވުމުގައި ސޮއިކުރުމުން ރެލިއަންސް އިންޑަސްޓްރީގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އަރަމްކޯ އިން ދުވާލެއްގެ މައްޗަށް 500 ހާސް ފީފާ ތެޔޮ ފޯރުކޮށްދޭނެއެވެ. އަދި ދެކުނު އޭޝިއާގައި ނެތް...
ޝިއުނާ އާދަމް
7 އަހަރު ކުރިން