"މާވައިދޫ މީހުންނަކީ ނުކިޔަވާ ބައެކެވެ"

މިއީ ތިލަދުންމައްޗަށް ނިސްބަތްވާ މާވައިދޫ ރައްޔިތަކަށް ވީތީ އެހެން ރަށްރަށުގެ މީހުންގެ ދުލުން މަދުން ނަމަވެސް އިވޭ ބަސްކޮޅެކެވެ.

Ad
rt

ތެދެކެވެ. 2010 ވަނަ އަހަރު ނޮޅިވަރަންފަރަށް ބަދަލުކުރުމާ ހަމައަށް އެރަށުގައި ކިޔަވައިދިނީ އެންމެ މައްޗަށް ގްރޭޑް ހަތަކަށެވެ. އިނގިރޭސި ބަހުން ފިލާވަޅުތައް ނަގައިދެވޭނެ ޓްރެއިންޑް ޓީޗަރެއް ނެތެވެ. އެވްރެޖްކޮށް ގިނަ ޢާއިލާތަކަށް ލިބޭ އާމްދަނީ ކުޑައެވެ. ގިނަ ޢާއިލާތަކަށް މަޖުބޫރުވީ މާލެއަށް ނުވަތަ ކުޅުދުއްފުއްޓަށް ހިޖުރަކުރާށެވެ. ތަޢުލީމަށްޓަކައި އެބަޔަކަށް ކުރެވުނު
ފެންވަރަކުން ގަދައަޅާ މަސައްކަތް ކުރި ނަމަވެސް އެއްބަޔަކަށް "ހިލޭ" ލިބެން ހުރި ވަޞީލަތެއް ހޯދަން ކުރަން ޖެހުނު ބުރަ މަސައްކަތް ރަނގަޅަށް އެނގޭނީ އެމަސައްކަތް ކުރި ބަޔަކަށެވެ.

ފުރަތަމަ ޑިގްރީއާ ހަމައަށް ތަޢުލީމު ޙާޞިލުކުރުމަކީވެސް މަދު ދެތިން މީހަކަށް ނޫނީ ޙާޞިލްކުރަން އުނދަގޫ ކަމަކަށްވީ އެކަމަށް ހުރި ހުރަސްތަކުގެ ސަބަބުންނެވެ. ހދ. ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވީނަމަވެސް މިހާރު ތަޢުލީމު ޙާޞިލްކުރެވެން ހުރީ ގްރޭޑް 10ގެ ފެންވަރަށް ވަކި މާއްދާތަކަކަށް އެކަންޏެވެ. މަތީ ތަޢުލީމު ޙާޞިލް ކުރުމާއި ވަޒީފާގެ ފުރުޞަތު ރަށުން ހޯދުމުގައި އެތައް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. ރަށްފުށުގެ މީހުންގެ އަތުގައި މަތީ ފާސްތައް އޮންނަ މިންވަރު ޖުމްލަގޮތެއްގައި މަދުވުމަކީ ފަރުދީ މައްސަލައަކަށް ވުރެ މުޅި މުޖުތަމަޢަށް ދިމާވެފައިވާ މައްސަލައެކެވެ. ތިލަދުންމަތީގެ ހުރިހާ ރަށަކަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުން ތަކެކެވެ.

ވަކި ބައެއްގެ ޙާލަތަށް މަލާމަތް ކުރުމުގެ ބަދަލުގައި މިހާރު ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ޢިލްމީ ބަހުސްތައް ކުރުމާއި ބިނާކުރަނިވި ޚިޔާލުތަކަށް ފުރުޞަތު ދިނުން ކިހިނެއްވާނެ ހެއްޔެވެ؟