ކުޑަކުދިންގެ ރައްކާތެރިކަމަށް ނުރައްކާވާ ކަމަށް ބުނެ ބަޙްރެއިންގައި ރޯބްލޮކްސް މަނާކުރަން މަޖިލީހަށް ބިލެއް ހުށައަޅަން ނިންމައިފި އެވެ.
ބަޙްރެއިންގެ މަޖިލިސް މެމްބަރު ޙަމަދު އަލް ދޯއީ ވަނީ މިކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ޙަމަދު ވިދާޅުވެފައިވަނީ، މި އޮންލައިން ގޭމިން ޕްލެޓްފޯމްގައި ކުޑަކުދިންނަށް ނުރަނގަޅު އަސަރުކުރާނެ ކަންކަން ހުރިކަމަށާއި، އަދި އެކުދިން ނުރަނގަޅު މީހުންނާ ބައްދަލުވުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މި ޕްލެޓްފޯމްގެ ސަބަބުން ކުޑަކުދިންނަށް ފުރައްސާރަކުރުމާއި، އަދި އެކުދިންގެ ޕްރައިވަސީއަށް ނުރައްކާވުމުގެ ބިރު އޮތްކަމަށްވެސް ވަނީ ފާހަގަކުރެވިފައެވެ.
މިއީ ޤަތަރުން ރޯބްލޮކްސް މަނާކުރުމަށްފަހު، ބަޙްރެއިންވެސް އެފަދަ ފިޔަވަޅެއް އަޅަން ނިންމި ނިންމުމެކެވެ. މި ބިލު ހުށަހެޅުމުގައި ބަޙްރެއިންގެ ޕާލިމެންޓް މެމްބަރު ޙަމަދު އަލް ދޯއީ ވިދާޅުވެފައިވަނީ މިއީ ޤަތަރު އަދި އޮމާން ފަދަ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތް ފިޔަވަޅެއްކަމަށެވެ.
ސައިބަރ ސެކިއުރިޓީ ކުންފުނި ކެސްޕަރްސްކީގެ ރިޕޯޓެއްގައި ވާގޮތުން، 2024 ވަނަ އަހަރު ރޯބްލޮކްސްގެ ނަމުގައި 1.6 މިލިއަނަށްވުރެ ގިނަ މެލްވެއަރ (ނުރައްކާތެރި ސޮފްޓްވެއަރ) ހަމަލާ ދިނުމުގެ މަސައްކަތް ކުރެވިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެމެރިކާގެ ލުއިޒިއާނާގައި ރޯބްލޮކްސްއާ ދެކޮޅަށް ދަޢުވާއެއް އުފުލިފައިވާކަން ސީއެންއެންއިން ވެސް ރިޕޯޓްކޮށްފައިވެއެވެ. މި ދަޢުވާގައި ބުނެފައިވަނީ މި ޕްލެޓްފޯމްގައި ކުޑަކުދިންނަށް ގޯނާކުރާ މީހުންނަށް ފުރުސަތު ލިބޭކަމަށެވެ.
ރާއްޖޭގައިވެސް "ރޯބްލޮކްސް" ބޮލޮކް ކުރުމަށް ގޮވާލާ އަޑު ގަދަވަނީ!
ރޯބްލޮކްސްއަކީ ރޯބްލޮކްސް ކޯޕަރޭޝަނުން ތައްޔާރުކޮށްފައިވާ، މިހާތަނަށް 1.5 ބިލިއަނަށްވުރެ ގިނަ ފަހަރު ޑައުންލޯޑްކުރެވިފައިވާ ގޭމެކެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހު ގޫގުލް ޕްލޭ ސްޓޯރުން އެންމެ ގިނައިން ޑައުންލޯޑްކުރެވުނު ގޭމްގެ ގޮތުގައި ވަނީ ރެކޯޑްކުރެވިފައެވެ.
ކުޑަކުދިންގެ ރައްކާތެރިކަމާއި އިސްލާމީ އަގީދާއާއި ފުށުއަރާތ،ީ ރޯބްލޮކްސް ޤަތަރުން ވެސް ބްލޮކްކޮށްފި
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!