ދައުލަތުން ދެއްވާ ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އަށް މިއަދު ލިބިއްޖެއެވެ.

އުރީދޫ އަށް މި އިނާމް ލިބިފައި ވަނީ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުންނެވެ.

Ad
rt

މިއަދު ހއ. އުތީމުގައި ބޭއްވި ރަސްމިއްޔާތުގައި މި އިނާމް އުރީދޫ އަށް ދީފައިވާއިރު، އެ ކުންފުންޏަށް މި އިނާމް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަދި އުރީދޫގެ ފަރާތުން އިނާމާއި ހަވާލުވެލެއްވީ އޫރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް-ޙަމާދީ އެވެ.

އުރީދޫގެ އިތުރުން ނުވަ ބޭފުޅަކަށް މިއަދު ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ވަނީ ދީފައެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

އޫރީދޫ މޯލްޑިވްސް އަކީ ދިވެހިރާއްޖޭގެ ފާހަގަކޮށްލެވޭ މޮބައިލް އޮޕަރޭޓަރެއް އަދި ކާމިޔާބު ޓެލެކޮމިއުނިކޭޝަންސް ކުންފުންޏެކެވެ. މިއީ މެދުއިރުމަތި، އުތުރު އެފްރިކާ، އަދި ދެކުނު އޭޝިއާގެ ގިނަ ޤައުމުތަކެއްގައި ހިދުމަތްދޭ ބައިނަލްއަޤްވާމީ އޫރީދޫ ގްރޫޕްގެ ދަށުން ހިންގާ ކުންފުންޏެކެވެ.

2005 ވަނަ އަހަރު ފެށުނީއްސުރެ، އޫރީދޫ މޯލްޑިވްސް ވަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ދާއިރާގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، އެޑްވާންސް ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް ތަޢާރަފުކޮށްފައިވެއެވެ. މި ކުންފުންޏަކީ ދިވެހިރާއްޖޭގައި 3ޖީ، 4ޖީ، އަދި 5ޖީ ނެޓްވޯކްތައް ތަޢާރަފުކުރި ފުރަތަމަ ކުންފުނި ކަމުގައިވާތީ، ޤައުމުގެ ޑިޖިޓަލް ކުރިއެރުމަށް އެހީތެރިވެފައިވެއެވެ.

އޫރީދޫ މޯލްޑިވްސްއިން ވަނީ ޢާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް ފުޅާ ދާއިރާއެއްގައި ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި މޮބައިލް ޕްލޭންތަކާއި، ބްރޯޑްބޭންޑް އިންޓަރނެޓް، އަދި އެކި ބާވަތުގެ ޑިޖިޓަލް އަދި އެންޓަރޕްރައިޒް ޙައްލުތައް ހިމެނެއެވެ. މި ކުންފުނިން މުއާޞަލާތާއި ޓެކްނޮލޮޖީގެ ޒަރީޢާއިން މީހުންގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތްކުރުމަށް ވަނީ އަޒުމު ކަނޑައަޅާފައެވެ.

މީގެ އިތުރުން މި ކުންފުނީގެ ސީއެސްއާރުގެ ދަށުން އަންނަނީ ދިވެހި މުޖުތަމައުއަށް އެކިގޮތްގޮތުން އެހީތެރިވަމުންނެވެ.