ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ޓުއަރ އޮޕަރޭޓަރުކަމުގައިވާ “ތޯމަސް ކުކް” ބަނގުރޓޫވެ، އެއްކޮށް އިނދަޖެހުން ވެގެން ދިޔައީ އެތައް ބަޔަކަށް ކުއްލި ސިހުން ގެނުވި ކަމަކަށެވެ. ގިނަ ބަޔަކަށް މިއީ ހިތާމަވެރި ޚަބަރަކަށްވެގެންދިޔައެވެ. ހިތާމަވެރި ޚަބަރަކަށްވެ، އެކުންފުނި އިނދަޖެހި ހުއްޓާލަން ނިންމުމުން، އެތައް ބަޔަކު، ދުނިޔޭގެ އެތަން މިތަނުގައި ހާލުގައި ޖެހުނެވެ. އެނބުރި އެމީހުންގެ ޤައުމަށް ދެވޭނެ ގޮތެއް ނެތި، އެތައް ބަޔަކު ގޮތްހުސްވެގެން ދިޔައެވެ. މިއީ، ދުނިޔޭގައި މިހާތަނަށް، ހަނގުރާމައެއް ނުވަތަ އެފަދަ އެހ...
Thiladhun
ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން މ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ގައުމީ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ ހއ އިން ފެށިގެން މ އަތޮޅާ ހަމައަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަސް ވައިގަދަވާނެ ކަމަށެވެ. މެޓް އޮފީހުން ބުނީ ހއ އިން ފެށިގެން މ އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ ފަތިހު 04:00 އިން ހެނދުނު 10:00 އަށް ކަމަށެވެ.
އިބްރާހިމް އަސްވާޤް
ދުނިޔޭގެ އެންމެ ފުރަތަމަ “ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން” އަކީ ދިވެހިރާއްޖެ ކަމުގައި އިޢުލާނުކޮށްފިއެވެ. މިކަން އިޢުލާނުކޮށްފައިވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތަކާބެހޭ ވިޔަފާރި ފޯރަމުގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއަދު ބޭއްވި މި ދަންފަޅީގައި ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ކުރިމ...
އިބްރާހިމް އަސްވާޤް
ފޭސްބުކުގައި ދީނަށް ފުރައްސާރަކުރަމުން ދިޔަ ލާދީނީ ޕޭޖް ބުލޮކްކޮށްފިއެވެ. އިސްލާމްދީނަށާއި، ﷲ އަދި އެކަލާންގެ ރަސޫލާއަށް ފާޅުގައި ހަޖޫ ޖަހަމުން ދިޔަ ޕޭޖް ބްލޮކް ކޮށްފައިވަނީ ގިނަ ދިވެހިން އެ ޕޭޖް ރިޕޯޓު ކުރަމުން ދަނިކޮށެވެ. އަދި އެ ޕޭޖް ބްލޮކް ކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ފަރާތުން ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގައި އެދިފައިވަނިކޮށެވެ. ފުލުހުން ފޮނުވި ސިޓީގައި ވަނީ އެ ޕޭޖް ބޮލޮކްނުކޮށްފިނަމަ މާލެތެރޭގައި ލޭ އޮހޮރުވުމެއް ހިނގާފާނެކަމުގެ ބިރު އެބަ އޮތްކަމަށެވެ. އެ ޕޭޖް ބްލޮކް […]
އިބްރާހިމް އަސްވާޤް
އޭނާ މާދަމާ ހޭލާއިރު އުންމީދުކުރާ ކަމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އުފާވެރި ވަގުތުކޮޅަކަށް އުންމީދުކުރާނެ ހެއްޔެވެ؟ ލިބޭނެ ހެއްޔެވެ؟ ދުވަހުގެ ކޮންމެވެސް ވަގުތެއްގައި މައިންބަފައިންނާއި އާއިލާގެ ލޯތްބާއި އަޅާލުމުގެ ފޮނި އިސްހާސް ކުރެވޭނެކަމުގެ ޔަގީންކަން އޭނާއަށް އޮންނާނެ ހެއްޔެވެ؟ އެކަމަށް މަގުފަހިކޮށްދިނުމަށް ތިހިރީ ތައްޔާރުވެގެން ހެއްޔެވެ؟ ކުދިން އެކުދިންގެ މާދަމައާއިމެދު ކުރާ އުންމީދުތަކާއި އިތުބާރަކީ ފިހާރައެއްގެ ހަރުގަނޑުން ގަނެފައިދެވޭނެ އެއްޗެއް ނޫނެވެ. އެއީ މައިންބަފައިންނާއި މުދައްރިސު...
މުޙައްމަދު ޝިހާބް
މޫސުމަށް އަންނަ ބަދަލުތައްފަދަ މައްސަލަތަކާ ގުޅިގެން ބާއްވާ ސުލްހަވެރި އިހުތިޖާޖުތަކަށް، ފުލުހުން އެއްބާރުލުން ދޭނެކަމަށާއި އެހެންނަމަވެސް، މިފަދަ ކަންކަމުގެ ނަމުގައި މިހާރު ހެދިފައިވާ ޤާނޫނުތަކަށް ޚިލާފުވުން ބަލައިނުގަނެވޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ. ފުލުހުން ކުރި ޓްވީޓެއްގައި މިހެން ބުނެފައިވާއިރު، މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުމަށް ބޭއްވި އެއްވުމެއްގެ ތެރެއިން، ހުސް ފުޅިތަކެއް އަޅާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް، ފުލުހުންގެ ޓްވީޓުގައި ހިމަނާފައިވެއެވެ. ހަމައެހެންމެ،...
Thiladhun
އެލަޔަންސް ސްޕޯޓްސް ކުލަބުގެ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ “އެލަޔަންސް ފުޓްސަލްކަޕް 2019” ބޭއްވުމަށް ހަމަޖެހިފައިވަނީ 1 ޑިސެމްބަރ އިން 12 ޑިސެމްބަރ 2019ގެ ނިޔަލަށް ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ.ބާރަށު ފުޓްސަލް ދަނޑުގައެވެ. މި މުބާރާތަކީ މުޅި ރަށަށް ހުޅުވައިލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތުގެ ޤަވައިދާއި ބައިވެރިވުމަށް އެދޭ ފޯމް 05 އޮކްޓޯބަރ 2019 ގައި އާންމު ކުރެވޭނެކަމަށް އެޖަމިއްޔާއިން މަޢުލޫމާތު ދެއެވެ. އެލަޔަންސް ފުޓްސަ...
ޝިއުނާ އާދަމް
ކެލާ ސުޕަރ ލީގު 2019 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ހއ. ކެލާ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ މި ލީގުގައި ބައިވެރިވެވޭނި ކެލާގެ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ވިޔަފާރިތަކަށެވެ. ކެލާ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި މުބަރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 10 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 14:00 ކަމަށްވެސް ކެލާ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފ...
Thiladhun
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާއިރު، އޮޅުވާލާފައިވާ ސައްޙަ ނޫން ލިޔެކިޔުންތައް ހުށަހަޅާކަން ފާޙަގަވެފައި ވާކަމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް އިން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ފަދަ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށާއި، އަދި މިހާރު އެ ފަރާތްތައް، މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރިޕޯޓްކޮށްފައ...
Thiladhun
ހދ. ކުޅުދުއްފުއްޓާއި ހދ. ވައިކަރަދޫގައި، ސްކައުޓުން ބައިނަލްއަޤުވާމީ ސުލްހައިގެ ދުވަސް ފާހަގަކޮށްފިއެވެ. މި ހަފްތާގެ ތެރޭގައި ސުލްހައިގެ ދުވަސް ފާހަގަކުރުމަށް، މުޖުތަމަޢަށް ފައިދާހުރި ބައެއް ހަރަކާތްތައް، މި ސްކޫލުތަކުގެ ސްކައުޓުންވަނީ ހިންގާފައެވެ. އެގޮތުން، މި ހަފްތާގެ ހޯމަ ދުވަހު، ޖަލާލުއްދީން ސްކޫލުގެ، 12 ވަނަ ހދ. ސްކައުޓު ގްރޫޕުންވަނީ ކުޅުދުއްފުށީ އެއަރޕޯޓު ހުންނަ ސަރަޙައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ޖުމުލަ 49 ފަރާތުން ބައިވެރިވެފައިވާއިރު، 120...
Thiladhun
11 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ބިނާކުރި، ޗައިނާގެ ބެއިޖިންގ އައު އެއަރޕޯޓު ހުޅުވައިފިއެވެ. މަތިން ބަލާލާއިރު ސްޓަރ ފިޝް އެއްގެ ބައްޓަމަށް އޮންނަ މި ބިޔަ އެއަރޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ، ޗައިނާގެ ރައީސް ޝީ ޖިންގ ޕިންގ އެވެ. ޑަކްސިންގ އިންޓަނޭޝަނަލް އެއަރޕޯޓުގެ ނަމުން މިތަނަށް ނަން ދީފައިވާއިރު. މިތަން، 700،000 އަކަ މީޓަރުގެ ސަރަޙައްދަކަށް ފެތުރިފައިވެއެވެ. އެއީ، ގާތްގަނޑަކަށް 98 ފުޓުބޯޅަ ދަނޑުގެ ސަރަޙައްދެކެވެ. އަދި، އެއް އިމާރާތެއްގެ ތެރޭގައި އޮތް އެންމެ ބޮޑު […]
Thiladhun
“ސުޕްކަޕް” ބްރޭންޑްގެ ކަޕް ނޫޑުލްސް ޕްރޮމޯޝަނެއް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ފަށައިފިއެވެ. މިއަދު އެސްޓީއޯ ސުޕަމާކެޓްގައި ބޭއްވި ރަސްމިއްޔާތެއްގައި “ސުޕްކަޕް” ޕްރޮމޯޝަން ފައްޓަވާދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. މި ޕްރޮމޯޝަން ފެއްޓުމުގެ ރަސްމިއްޔާތު އެސްޓީއޯ އިން ނަން ދީފައިވަނީ، ކަޅު ކުޅި މަނިކުފާނުގެ ދެކަނބަލުންނާއި އާއިލާއަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގެ ނަމުންނެވެ. މި ނަމުން ދޭހަކޮށްދެނީ އެސްޓީއޯ އިން ވިއްކާ ސުޕަރ ކަޕް ބްރޭންޑުގެ ވައްތަރުތަ...
ޔުމްނާ ޢަލީ
ޓުއަރިޒަމް މިނިސްޓްރީން ކުރިޔަށް ގެންދިޔަ މުވައްޒަފުންގެ ސާވިސް ޗާޖާއި ގުޅޭ އިންސްޕެކްޝަން ނިމިއްޖެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި، އޮފަރޭޝަން ހިންގުނީ ދިވެހި ރާއްޖޭގެ ދިފާއީ ބާރާއި ފުލުހުންނާއި ގުޅިގެންކަމަށާއި، އިންސްޕެކްޝަންގައި ޖުމްލަ 1061 ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ބަލާފާސްކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވ...
Thiladhun
ހަމައެކަނި ހުސް ވައުދުތަކެއްވުމުގެ ބަދަލުގައި، ބައިނަލްއަޤުވާމީ މުޖުތަމައިން، އަދި ވަކީން ޚާއްޞަކޮށް އދ. އިން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދޭން ޖެހޭކަމަށް، ތުރުކީގެ ރައީސް ރަޖަބު ތައްޔިބް އުރުދުޢާން ވިދާޅުވެއްޖެއެވެ. އދ.ގެ 74 ވަނަ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން، އުރުދުޣާން މިހެން ވިދާޅުވިއިރު، 1947 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ވުޖޫދުގައި ނެތް ޤައުމެއް، ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމާއި ޙައްޤުތަކަށް އަރައިގަންނަމުންދާތީ، އެކަންވެސް އެމަނިކުފ...
Thiladhun
ނ. މިލަދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ޙަވާލުކޮށްފިއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕްލޭނިންގ މިނިސްޓްރީން ބުނީ މި މަސައްކަތް އެމްޓީސީސީ ޢާއި ޙަވާލުކުރީ 42,183,081.60 ރުފިޔާއަށް ކަމަށެވެ. މިލަދޫ އަކީ ބަނދަރެއް ނެތުމުގެ ދަތިކަން އެންމެ ބޮޑަށް ޖެހިފައިވާ އެއް ރަށެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ފަހުން ވިދާޅުވެފައިވަނީ މިހާރުވެސް 67 ރަށެއްގައި 77 މަޝްރޫޢުގެ މަސައްކަތް މި...
އިބްރާހިމް އަސްވާޤް
މި އަހަރުގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފެންޝަން އޮފީހާއި މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން ގުޅިގެން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. “ތްރީ ޖެނެރޭޝަން ވޯކް” ގެ ނަމުގައި އުމުރުން ދުވަސްވީ މީހުންނާއި އާއިލާތައް ބައިވެރިވާ މިހިނގާލުމުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮކަމާއި އުފާވެރިކަންމަތީ އުޅުމަށް ކުރެވެން ހުރިކަންކަމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އުމުރުން ދުވަސްވީ މީހުން މުޖުތަމައަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކ...
އަފްރާހް އަބްދުލް ރަޝީދު
ޓޫރިޒަމް ދުވަހާއި ގުޅިގެން ދިވެހިންނަށް 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއަންނަ ހުކުރު ދުވަހު ބާއްވާ، ޓުއަރިޒަމް ޖޮބް ފެއާރ އަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޖޮބް ފެއަރއަށް ވެގެން ދާނެކަމަށެވެ. އެގޮތުން ފަރުކޮޅު ފުށީގައި ބާއްވާ މި ފެއާގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ހިލޭ ދަތުރު ވެސް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. “ޖޮބްފެއާގައި […]
Thiladhun
ނ. މިލަދުގައި އާ އިންޖީނުގެއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ. ސަރުކާރުގެ ގެޒެޓްގައި ފެނަކައިން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ ކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް މިލަދޫ ގައި އާ އިންޖީނުގެއެއް އަމިއްލަ ތަކެތީގައި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. ފެނަކައިން ބުނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންނަަ މަހުގެ 7 ވާ ހޯމަ ދުވަހުގެ 10:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންނަ މަހުގެ 15 ވާ އަންގާރަ ދ...
އަފްރާހް އަބްދުލް ރަޝީދު