ޓޫރިޒަމް ދުވަހާއި ގުޅިގެން ދިވެހިންނަށް 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލާނެ ކަމަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއަންނަ ހުކުރު ދުވަހު ބާއްވާ، ޓުއަރިޒަމް ޖޮބް ފެއާރ އަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޖޮބް ފެއަރއަށް ވެގެން ދާނެކަމަށެވެ. އެގޮތުން ފަރުކޮޅު ފުށީގައި ބާއްވާ މި ފެއާގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ހިލޭ ދަތުރު ވެސް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Ad
rt

"ޖޮބްފެއާގައި ރިސޯޓުތަކުން ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަށް 500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު މިވަނީ ހުޅުވާލާފައި. މި ފެއާގައި ބައިވެރިވާ ފަރާތްތަކަށް އަޅުގަނޑުމެން ކޮންމެ ބައިގަޑިއިރަކުން ހިލޭ ޓްރާންސްފާ ބާއްވާނަން،"

މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މި ޖޮބް ފެއަރ ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ތިންދުވަހަށެވެ. މި ޖޮބްފެއާގައި ވަޒީފާގެ ފުރުސަތުގެ އިތުރުން އިންޓާންޝިޕްގެ ފުރުސަތު ވެސް ލިބޭނެއެވެ. އަދި ކޮންމެވެސް 10 ފަރާތަކަށް ފުލް ޕެއިޑް ސްކޮލާޝިޕެއް ދިނުމަށް ވެސް އިންޑަސްޓްރީގެ ފަރާތްތަކުން ވަނީ ނިންމާފައެވެ.