ކެލާ ސުޕަރ ލީގު 2019 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހއ. ކެލާ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ މި ލީގުގައި ބައިވެރިވެވޭނި ކެލާގެ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ވިޔަފާރިތަކަށެވެ.
ކެލާ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި މުބަރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 10 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 14:00 ކަމަށްވެސް ކެލާ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ 27 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 14:00 އެވެ.
މުބާރަތުގައި ބައިވެރިވާ ކޮންމެ ޓީމެއްގެ އަތުން 2000 ރުފިޔާ ނަގާއިރު، މި މުބާރާތް ފެށޭނީ މި އަހަރުގެ ޑިސެމްބަރ މަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!