ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާއިރު، އޮޅުވާލާފައިވާ ސައްޙަ ނޫން ލިޔެކިޔުންތައް ހުށަހަޅާކަން ފާޙަގަވެފައި ވާކަމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް އިން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ފަދަ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށާއި، އަދި މިހާރު އެ ފަރާތްތައް، މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރިޕޯޓްކޮށްފައި ވާނެކަމަށެވެ.

Ad
rt

އޭގެ އިތުރުން، ވަގު ލިޔުން މިނިސްޓްރީއަށް ހުށަހަޅާފައިވާ13 ފަރާތެއްގެ ނަންވެސް ވަނީ މިއަދު އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައެވެ.

ތަހުގީގުކުރަން ޕޮލިހަށް މައްސަލަ ހުށަހެޅި ކުންފުނިތަކުގެ ނަންތައް
1) ނިއު ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

2) މިޝްކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

3) ވެމްޒޯ ޕްރައިވެޓް ލިމިޓެޑް

4) ސަރަމީ ޕްރައިވެޓް ލިމިޓެޑް

5) ޒުބެއިރު އަބްދުﷲ (ރަންހިރު ފެހުން)

6) ސައިފުﷲ ހަސަން (ކިންގް ކޮންސްޓްރަކްޝަން)

7) ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

8) ނިއޯ އީކޯ ޕްރައިވެޓް ލިމިޓެޑް

9) އުޘްމާން ނައީމް (ކޮމްބައިން ބިލްޑް)

10) މުހައްމަދު ފަތުހުﷲ (އެފްއެސްބީ ހޯލްޑިންސް)

11) ސަން ސިޓީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

12) ސިނޮޕެކް ޕްރައިވެޓް ލިމިޓެޑް

13) ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް