އެލަޔަންސް ސްޕޯޓްސް ކުލަބުގެ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ "އެލަޔަންސް ފުޓްސަލްކަޕް 2019" ބޭއްވުމަށް ހަމަޖެހިފައިވަނީ
1 ޑިސެމްބަރ އިން 12 ޑިސެމްބަރ 2019ގެ ނިޔަލަށް ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ.ބާރަށު ފުޓްސަލް ދަނޑުގައެވެ. މި މުބާރާތަކީ މުޅި ރަށަށް ހުޅުވައިލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތުގެ ޤަވައިދާއި ބައިވެރިވުމަށް އެދޭ ފޯމް 05 އޮކްޓޯބަރ 2019 ގައި އާންމު ކުރެވޭނެކަމަށް އެޖަމިއްޔާއިން މަޢުލޫމާތު ދެއެވެ.
އެލަޔަންސް ފުޓްސަލް ކަޕް 2019 ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން އެ ކުލަބުގެ ނަމްބަރ 7231818 ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށް އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!