“ސުޕްކަޕް” ބްރޭންޑްގެ ކަޕް ނޫޑުލްސް ޕްރޮމޯޝަނެއް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ފަށައިފިއެވެ.

މިއަދު އެސްޓީއޯ ސުޕަމާކެޓްގައި ބޭއްވި ރަސްމިއްޔާތެއްގައި “ސުޕްކަޕް” ޕްރޮމޯޝަން ފައްޓަވާދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. މި ޕްރޮމޯޝަން ފެއްޓުމުގެ ރަސްމިއްޔާތު އެސްޓީއޯ އިން ނަން ދީފައިވަނީ، ކަޅު ކުޅި މަނިކުފާނުގެ ދެކަނބަލުންނާއި އާއިލާއަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތުގެ ނަމުންނެވެ. މި ނަމުން ދޭހަކޮށްދެނީ އެސްޓީއޯ އިން ވިއްކާ ސުޕަރ ކަޕް ބްރޭންޑުގެ ވައްތަރުތަކާއި ޕެކޭޖިންގ ގައި ހުންނަ ކަންކަން ސިފަކޮށްފައެވެ. އެގޮތުން މި ނޫޑްލްސްގެ ކަޅު ލޭބަލް އަކާއި، ކުޅި ވައްތަރަކާއި، ކުރުކޮށް ހުންނަ ޕެކިންގ އެއްގެ އިތުރުން ތަފާތު އެތައް ވައްތަރެއް ހިމެނެއެވެ.

Ad
rt

5 ބާވަތަތެއްގެ ފްލޭވާއެއް ހިމެނޭ ސުޕަރ ކަޕްގެ އަގުތައް ހުރީ 10 ރުފިޔާއާއި 12 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ ކޮންމެ ކަޕް ނޫޑްލްސްއެއްގައި ސްކްރެޗް އެންޑް ވިން ކާޑެއް ހިމަނާފައިވާއިރު، އެތައް އަގުހުރި އިނާމެއް ހިމެނިފައިވެއެވެ.