މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,339 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2146 ވަނަ ޞަފްޙާ

އީޔޫގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ބެލްޖިއަމްއަށް

އީޔޫގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ބެލްޖިއަމްއަށް

ޔޫރަޕިއަން ޔޫނިއަންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ބެލްޖިއަމްއަށް ފުރާވަޑައިގެންފިއެވެ. މި ބައްދަލުވުމަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށްކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ފަރާތުންކޮށްފައިވާ މަސައްކަތްތަކާއިގުޅޭ ގޮތުން މަޝްވަރާކުރުމަށާއި އީޔޫއަށް މަސް އެކްސްޕޯޓްކުރާ ޤައުމުތަކުން ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަވަމުންދާ މިންވަރާއި ގުޅޭ ގޮތުން އެ ކޮމިޝަންއާއި މަޝްވަރާކުރުމަށް ބްރަސްލްސްގައި މި މަހުގެ 25 އަދި 26 ގައި ބާއްވާ ބައްދަލުވުމެ...

އަފްރާހް އަބްދުލް ރަޝީދު

ސްޓެލްކޯގެ މިދިޔަ އަހަރުގެ ސާފު ފައިދާ 110 މިލިއަން ރުފިޔާ

މިދިޔަ އަހަރު ސްޓެލްކޯ އަށް ސާފު ފައިދާގެ ގޮތުގައި 110 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިމަހުގެ 21 ބަނަދުވަހުގެރޭ ބޭއްވި ސްޓެލްކޯގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އިއުލާންކުރި ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 20 ޕަސެންޓް ކުރިއެރުމެކެވެ. ފާއިތުވި އަހަރު ކުންފުނިން ކޮށްފައިވާ ހަރަދުތައް ވެސް ވަނީ އިތުރުވެފަ އެވެ. ސްޓެލްކޯ އިން ބުނީ މިދިޔަ އަހަރު އެ […]

ޝިއުނާ އާދަމް

ހޮންގް ކޮންގް އެއާލައިންސް އިން މާލެއަށް ހަފްތާ އަކު 4 ފްލައިޓް ބާއްވަނީ

ހޮންގް ކޮންގް އެއާލައިންސް އިން މާލެއަށް ކުރާ ދަތުރުތައް، ހަފްތާ އަކު ހަތަރު ފްލައިޓަށް އިތުރުކުރަން ނިންމައިފި އެވެ. ހޮންގް ކޮންގް އެއާލައިންސް އިން ވަނީ އަންނަ ޑިސެމްބަރު 7 ވަނަ ދުވަހުން ފެށިގެން ހޮންގް ކޮންގް އާއި މާލެއާ ދެމެދު ހަފްތާ އަކު ހަތަރު ފްލައިޓް ބާއްވަން ނިންމައި އެ ކަމަށް ބޭނުންވާ ހުއްދަ އަށް އެދިފަ އެވެ. އިތުރުކުރާ ފްލައިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު އެވެ. ދެ ހާސް ހަ ވަނަ […]

ޝިއުނާ އާދަމް

ނެއްލައިދޫގައި ވައިރަލް ހުމާއި ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވުމަށް އެދެފި

އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ބޭރަށް ހިންގުން އިތުރުވަމުން ދާތީ ސަމާލުވުމަށް ނެއްލައިދޫ ސިއްހީ މަރުކަޒުން އިލްތިމާސް ކޮށްފިއެވެ. ނެއްލައިދޫ ސިއްހީ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ފަދަ ބަލިތަކަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބަލިތަކަކަށް ވާތީ، މިފަދަ ރޯގާތައް ފެތުރުން ހުއްޓުވުމަށް މިކަމުގައި އިސްދައުރެއް ފަރުދީ ފެންވަރުގައި އަދާކ،ުރުމަކީ ބޭނުންތެރިކަމެއް ކަމުގައި ދެކޭ ކަމަށެވެ. އެގޮތުން ތިރީގައި ވާ ކަންކަމަށް ސަލާމުކަން ދެއްވުމަށް އެ މަރުކަޒުން އެދެއެވެ. އަރިދަފުސް ރޯގާ އައ...

އަފްރާހް އަބްދުލް ރަޝީދު

ށ އަތޮޅުގައި އަޅާ ހައުސިން ޔުނިޓްތަކާއި ގުޅޭގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނާ ބައްދަލުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ށ. އަތޮޅުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކާއި ގުޅޭ ގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނާ އަތޮޅު ކައުންސުލުން ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި އެންމެ ފުރަތަމަ ބައްދަލުކޮށްފައި ވަނީ އެ އަތޮޅު ކަނޑިތީމު، ގޮއިދޫ، ފޭދޫ، ބިލެތްފަހި، ފޯކައިދޫ، ނަރުދޫ، ޅައިމަގު އަދި ފުނަދޫ ކައުންސިލްގެ ރައީސުންނާއެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ރަށްރަށަށް ބަހާލައިގެން ޖުމްލަ 20،000 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއެއް ފެށުމަސް ނިންމާ...

އަފްރާހް އަބްދުލް ރަޝީދު

ކެލާ ފުޓްބޯޅަ ދަނޑުގެ ފެންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ފުޓުބޯޅަ ދަނޑުގެ ފެންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޮދުމަށް، ކެލާ ކައުންސިލުން އިއުލާނުކޮށް، ގެޒެޓުގައި ޝާއިއުކޮށްފިއެވެ. ކެލާ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނ، ކެލާ ފުޓްބޯޅަ ދަނޑުގެ ފެންސް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ފެށޭ އޮކްޓޫބަރ މަހުގެ 6 ވާ އާދީއްތަ ދުވަހު 13:00 ގައި ކެލާ ކައުންސިލް އިދާރާއަށް ހާޒިރުވެ، މައުލޫމާތު ސާފުކުރެއްވުމަށްފަހު، އޮކްޓޫބަރ 15 [...

Thiladhun
ކުދިންނަކީ މުބާރާތެއްގައި އުޅެންޖެހޭ ބަޔެއް ނޫނެވެ

ކުދިންނަކީ މުބާރާތެއްގައި އުޅެންޖެހޭ ބަޔެއް ނޫނެވެ

ކުޑަ ކުއްޖެއްގެ ގޮތުގައި އަޅުގަޑަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާގެ ވާހަކަ މިއަދު ދައްކާލުމަށް ގަސްތުކުރަމެވެ. އެއީ އަޅުގަޑުގެ ހަޔާތުގައި، އަމިއްލަ ދަރިންނާއި އަދި އަޅުގަޑާއި ދިމާވާ ކުދިންނާއި މެދު އަޅުގަޑުގެ ވިސްނުން ބަހައްޓަންވީގޮތް ތަރުބިއްޔަތު ކޮށްދިން ތަޖުރިބާއެކެވެ. އަޅުގަޑަކީ، ދުނިޔޭގައި ހުރި އެންމެ ނަސީބު ރަގަޅު އެކަކުކަމުގައި އަޅުގަޑު ވާނެކަމަށް އަމިއްލަޔަށް ގަބޫލުކުރާމީހަކީމެވެ. ﷲ ގެ ހެޔޮރަޙްމަތްފުޅާއެކު މިހާތަނަށް ކަންތައް ދިމާވެފައި އޮތީ އެގޮތަށް ގަބޫލުކުރާނެ ޖާގަ އޮންނަ ގޮތަށެވެ. މީ...

މުޙައްމަދު ޝިހާބް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރުން - މެޑަލް ނުޖެހޭތީ ތާށިވެފަ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރުން - މެޑަލް ނުޖެހޭތީ ތާށިވެފަ

2014 ވަނަ އަހަރަށް ފަހަތަށްޖެހިލައި ހަނދުމަ އާކޮށްލާނަމެވެ. 9 ޖޫން 2014 ވަނަ ދުވަހު، އޭރުގެ 18 ވަނަ ރައްޔިތުންގެ މަޖިލިސްގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާއަށް އޭރުގެ މަކުނުދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްއުސްތާޛާ އަނާރާ ނައީމް ނުކުޅެދުންތެރިކަން ހުންނަމީހުންގެ ހައްޤުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު 8/2010 އަށް ” ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައިވާ ނިސްބަތަށްބަލައި މަދުވެގެން ކޮންމެ މީހަކަށް 5000 ރުފިޔާ ހަމަޖެއްސުމަށް ” އިސްލާޙެއް ހުށައެޅުއްވިއ...

ހުސައިން ހަބީބް

ޓްރަންޕް ދެއްވި ޚާއްޞަ ފަރިއްކޮޅުގައި ރައީސް ބައިވެރިވެވަޑައިގެންފި

އ.ދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަންނަވާ ދުނިޔޭގެ ޤައުމުތަކުގެ ވެރިންގެ ޝަރަފުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ދެއްވި ޚާއްޞަ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. އެމެރިކާގެ ރައީސް ބޭއްވެވި މި ފަރިއްކޮޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އ.ދ.ގެ ޢާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް މިހާރު ވަޑައިގެން އުޅުއްވާ ޤައުމުތަކުގެ ރައީސުންނާއި، ބޮޑު ވަޒީރުންގެ އިތުރުން ބައެއް ޤައުމުތަކުގެ އިސް ވެރިން...

ޔުމްނާ ޢަލީ

6 އަހަރަށްފަހު ރާއްޖޭގެ ރައީސަކު އދ. ގައި ތަގުރީރު ކުރައްވައިފި

އދ. ގެ 74 ވަނަ އާންމު މަޖިލީސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ތަގުރީރު ކުރައްވައިފި އެވެ. #Livestream President @ibusolih delivers his address at the 74th session of the #UNGA https://t.co/q8fuI7d1er — The President's Office (@presidencymv) September 24, 2019 ރައީސް ސޯލިހު އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވާފައި މިވަނީ އދ. ގައި ރާއްޖޭގެ ރައީސެއް ބައިވެރިވެވަޑައިގެން ތަގުރީރު ނުކުރައްވާތާ 6 އަހަރު ވެފައިވަނިކޮށެވެ. މިރޭ […]

އަފްރާހް އަބްދުލް ރަޝީދު
ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިޒްރޭލުން އަރައިގެންފައިވާތީ އެކަން ކުށްވެރިކޮށްފި

ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިޒްރޭލުން އަރައިގެންފައިވާތީ އެކަން ކުށްވެރިކޮށްފި

ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އިޒްރޭލުން އަރައިގެންފައިވާތީ އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ ނިއުޔޯކުގައި ކުރިޔަށްދާ އ.ދ. ގެ 74 ވަނަ  ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުންނެވެ. ރައީސް ޞާލިޙް މިފަހަރު މި ތަޤުރީރު ކުރައްވަނީ އެ މަޖުލީހުގައި ރާއްޖޭގެ ރައީސަކު ތަޤުރީރު ނުކުރައްވާތާ ހަތް އަހަރަށް ފަހުގައެވެ. ރައީސްގެ ވާހަކަފުޅުގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އ.ދ. ގެ މެންބަރު ޤައުމުތައް ނުކުޅ...

އަފްރާހް އަބްދުލް ރަޝީދު
ކުޅުދުއްފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކުޅުދުއްފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހދ. ކުޅުދުއްފުށި ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ މިއަދު މެންދުރު 13:15 އެހާކަންހާއިރު ކުޅުދުއްފުށި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ އެ އޭގައި ދިރިއުޅޭ 22 އަހަރުގެ މީހަކު އެގޭގައި ފާހާނައެއް ގޮތަށް ހުރި ތަނެއްގެ ތެރޭގައި ކަރަންޓު ކޭބަލްތަކެއްގައި ރޯކޮށްލުމާއި ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ވިދާޅުވީ ކަރަންޓު ކޭބަލްތަކުގައި އޭނާ އަލިފާން ރޯކޮށްލާފައި ވަނީ އެ ކޭބަލްތަކަކީ އޭނ...

އަފްރާހް އަބްދުލް ރަޝީދު
ރީންދޫ ސަމާލް: ދަންވަރު 1:30 އަށް އިތުރުކޮށްފި، ހއ އަތޮޅުން ލ. އަތޮޅަށް

ރީންދޫ ސަމާލް: ދަންވަރު 1:30 އަށް އިތުރުކޮށްފި، ހއ އަތޮޅުން ލ. އަތޮޅަށް

ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް ރީނދޫ ސަމާލު އަނެއްކާވެސް ނެރެފިއެވެ. ގައުމީ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ ހއ އިން ފެށިގެން ލ އަތޮޅާ ހަމައަށް އެވްރެޖް ގޮތެއްގައި ގަޑިއަކު 30 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަސް ވައިގަދަވާނެ ކަމަށެވެ. Alert Yellow for torrential rain with average strong wind of 30-40 […]

ޔުމްނާ ޢަލީ

އީކާއޯގެ އާންމު ޖަލްސާއަށް މިނިސްޓަރު އައިޝަތު ނަހުލާ ކެނެޑާއަށް

ބައިނަލްއަގުވާމީ ވައިގެ ދަތުރުދަތުރުގެ ޖަމިއްޔާ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އީކާއޯ) ގެ އާންމު ޖަލްސާއަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކެނެޑާއަށް ފުރާވަޑައިގަންނަވައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީއާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާ މި ދަތުރުގައި ރާއްޖެ ތަމްސީލު ކުރާ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ މިނިސްޓަރު ނަހުލާ އެވެ. އިކާއޯގެ އާންމު މަޖިލީހަކީ ކޮންމެ ތިން އަހަރުން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލު...

ޔުމްނާ ޢަލީ
އިންޑޮނޭޝިޔާގެ އުޑުމަތި ރަތްވެއްޖެ!

އިންޑޮނޭޝިޔާގެ އުޑުމަތި ރަތްވެއްޖެ!

އިންޑޮނޭޝިޔާ އުޑުމަތީ ރަތްކުލައަށް ބަދަލުވެއްޖެއެވެ. އިންޑޮނޭޝިޔާގެ އުޑުމަތި ރަތްވެފައިވަނީ، އިންޑޮނޭޝިއާގެ ޖަންގަލީގައި އަލިފާންގަނޑެއް ރޯވެ، ދުމުގެ އަސަރުތައް ކުރުމުންދާތާ އެތައް ދުވަހެއް ފަހުންނެވެ. Ini sore bukan malam. Ini bumi bukan planet mars. Ini jambi bukan di luar angkasa. Ini kami yang bernafas dengan paru-paru, bukannya dengan insang. Kami ini manusia butuh udara yang bersih, bukan penuh asap.Lokasi : Kumpeh, Muaro Jambi […]

Thiladhun
ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑެވެލޮޕްމަންޓުގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުށް ޝައުގުވެރިވާ އަދި ޝަރުތުހަމަވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އިއުލާނުގައި ވެއެވެ. ފިނޭންސް މިނިސް...

އަފްރާހް އަބްދުލް ރަޝީދު

ޕްލާސްޓިކާ ދުރަށް ދިއުމަކީ އަމާޒެއް: ހއ. އަތޮޅު ކައުންސިލް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަކީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ނުކުރާ ތަނަކަށް ހެދުމުގެގޮތުން މޯލްޑިވްސް ބަޔޯޑައިވަރސިޓީ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު އެ އިދާރާގެ މުވައްޒަފުން ފެންބުއިމަށް ބޭނުންވާ ބިއްލޫރި ފުޅި ޙަވާލުކޮށް ދެއްވައިފިއެވެ. މިކަމަށްޓަކައި 23 ސެޕްޓެމްބަރ 2019 ދުވަހު ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި ފުޅި ޙަވާލުކޮށް ދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިނެވެ. މިރަސްމިއްޔާތުގައި ކައުންސިލް މެމ...

ޔުމްނާ ޢަލީ

ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ އިން ތ އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ވަގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.އިން ފެށިގެން އައްޑުއާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ. ގައުމީ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ ހއ އިން ފެށިގެން ތ އަތޮޅާ ހަމައަށް އެވްރެޖް ގޮތެއްގައި ގަޑިއަކު 30 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަސް ވައިގަދަވާނެ ކަމަށެވެ. މެޓް އޮފީހުން ބުނީ ހއ އިން ފެށިގެން […]

އަފްރާހް އަބްދުލް ރަޝީދު