މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 6 ވަނަ ޞަފްޙާ

ހުރިހާ އުމުރަކަށް ޚާއްސަ ކޮލިޓީ ކޮސްމެޓިކްސް ވިއްކާ "އެލްފިން" ފިހާރަ ހުޅުވައިފި

ހުރިހާ އުމުރަކަށް ޚާއްސަ ކޮލިޓީ ކޮސްމެޓިކްސް ވިއްކާ "އެލްފިން" ފިހާރަ ހުޅުވައިފި

ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ހުރިހާ އުމުރުފުރާތަކަށް ޚާއްޞަކޮށް، ފެންވަރު ރަނގަޅު ކޮސްމެޓިކްސް އަދި ޒާތީ ފަރުވާގެ ސާމާނު ވިއްކާ މުޅިން އައު ފިހާރައެއް “އެލްފިން” ގެ ނަމުގައި މާލޭގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުވައިދެއްވީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޞާދިޤް އެވެ. މާލޭ ފުޓްބޯޅަ ސްޓޭޑިއަމްގެ ހުޅަނގަށް “ނަޝީ […]

އަލީ އާދިލް
އެގްރޯނެޓުގެ އެމްޑީއަކަށް ކުރީގެ މެމްބަރު ސިނާން

އެގްރޯނެޓުގެ އެމްޑީއަކަށް ކުރީގެ މެމްބަރު ސިނާން

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ ޗެއާޕާސަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން އައްޔަންކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ނިންމުމާ އެއްގޮތަށް އެގްރޯނެޓަކީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑ...

އަލީ އާދިލް
އެމްއެމްއޭގެ މަޒުމޫނު ލިޔުމުގެ މުބާރާތް: ސްކޫލް ދަރިވަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

އެމްއެމްއޭގެ މަޒުމޫނު ލިޔުމުގެ މުބާރާތް: ސްކޫލް ދަރިވަރުންނަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މާލީ ގޮތުން ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، “އެމްއެމްއޭ ފިންލިޓް ފެސްޓް 2026” ގެ މަޒުމޫނު ލިޔުމުގެ މުބާރާތައް މަޒުމޫނު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ އޮތޯރިޓީން ކުރިއަށްގެންދާ މުބާރާތެކެވެ. އެ އޮތޯރިޓީން މައުލޫމާތު ދޭ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ގްރޭޑް...

އިބްރާހިމް އަސްވާޤް
ރާއްޖެ ވެސް ހިމެނޭހެން ގޯ ކެޕިޓަލް އިން 291 މިލިއަން ޑޮލަރުގެ ޕްރޮޕަޓީ ފަންޑެއް ހޮންގްކޮންގްގައި ލިސްޓުކުރަނީ

ރާއްޖެ ވެސް ހިމެނޭހެން ގޯ ކެޕިޓަލް އިން 291 މިލިއަން ޑޮލަރުގެ ޕްރޮޕަޓީ ފަންޑެއް ހޮންގްކޮންގްގައި ލިސްޓުކުރަނީ

ވިޔަފާރި އުސޫލުން ހިންގާ ރިއަލް އެސްޓޭޓް މަޝްރޫއުތަކަށް ބޭންކުތަކުން ފައިސާ ދޫކުރުން މަދުކުރަމުންދާ ދަނޑިވަޅެއްގައި، ހޮންގްކޮންގްގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރާ ފުރަތަމަ ޕްރޮޕަޓީ ޑެޓް ފަންޑު ލޯންޗުކުރުމަށް ޕްރައިވެޓް އީކުއިޓީ ފާމަކުން ހުށަހަޅައިފިއެވެ. މި ފަންޑުން އިންވެސްޓްކުރުމަށް އެކުލަވާލާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ވެސް ހިމެނެއެވެ. ހޮންގްކޮންގަށް ނިސްބަތްވާ ރިއަލް އެސްޓޭޓް ޕްރައިވެޓް އީކުއިޓީ ފަންޑެއް ކަމަށްވާ ގޯ ކެޕިޓަލް އިން ވަނީ “ގޯ...

ނާޒިމާ އަލީ
ކުޑަކުދިންނަށް ޚާއްސަކޮށްގެން އެމްއެމްއޭގެ ފިންލިޓް ފެސްޓް ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކުޑަކުދިންނަށް ޚާއްސަކޮށްގެން އެމްއެމްއޭގެ ފިންލިޓް ފެސްޓް ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި މާލީ ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޑަކުދިންނަށް ޚާއްސަކޮށްގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ “ފިންލިޓް ފެސްޓް 2026” ގެ ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް ބަހާލާފައިވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ގްރޭޑް 5 އިން 7 ގެ ކެޓަގަރީގެ އިތުރުން ގްރޭޑް 8 އިން 9 ގެ ކެޓަގަރީއެވެ. މި މުބާރާތުގައި ޑިޖިޓަލް...

އިބްރާހިމް އަސްވާޤް
ގްލޯބަލް ދުކާނުގެ ޕޭމަންޓްތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓުން ހަމަޖައްސައިދީފި

ގްލޯބަލް ދުކާނުގެ ޕޭމަންޓްތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓުން ހަމަޖައްސައިދީފި

އިންޑިއާގެ އީ-ކޮމާސް މާކެޓްޕްލޭސް “ގްލޯބަލް ދުކާން” މެދުވެރިކޮށް ވިޔަފާރިކުރާ ދިވެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ތައާރަފުކޮށްފިއެވެ. މިއީ އޮންލައިންކޮށް ވިޔަފާރިކުރާ ދިވެހިންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި ޚިދުމަތެކެވެ. މޯލްޑިވްސް ޕޯސްޓުން ބުނި ގޮތުގައި، ކަސްޓަމަރުން ވިޔަފާރިކުރުމަށްފަހު ޗެކްއައުޓް ކުރާ ވަގުތު “ޕޭ ތުރޫ މޯލްޑިވްސް ޕޯސްޓް” އިޚުތިޔާރު ކުރެވޭނެއެވެ. އަދި އެތަ...

އަޙްމަދު ވަހީދު
6000 އަށްވުރެ ގިނަ އުފެއްދުމާއެކު ބާއްވާ "އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ލޯންޗުކޮށްފި

6000 އަށްވުރެ ގިނަ އުފެއްދުމާއެކު ބާއްވާ "އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ލޯންޗުކޮށްފި

ދިވެހި އުފެއްދުންތެރިންގެ 6،000 އަށްވުރެ ގިނަ އުފެއްދުމާއެކު ބާއްވާ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026″، “ރެޑީ ސެޓް މަޢުރަޒު 26” ގެ ނަމުގައި ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތުގެ ތެރެއިން ރަސްމީކޮށް ރޭ އިފްތިތާޙުކޮށްފިއެވެ. އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި މަޢުރަޒުގެ ރިވީލިންގ ވީޑިއޯއެއް ވަނީ ދައްކާލާފައެވެ. މި ވީޑިއޯގައި މިއަހަރުގެ އެކްސްޕޯ އާންމުންނަށް ފެންނާނެ ގޮތުގެ ނަމޫނ...

ޔުމްނާ ޢަލީ
ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ކެމްޕެއިން ލޯންޗުކޮށް، ކައުންސިލްތަކަށް ވެސް އެވޯޑަށް ކުރިމަތިލެވޭ ގޮތް ހަދައިފި

ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ކެމްޕެއިން ލޯންޗުކޮށް، ކައުންސިލްތަކަށް ވެސް އެވޯޑަށް ކުރިމަތިލެވޭ ގޮތް ހަދައިފި

އަންނަ އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ “ވިޒިޓް މޯލްޑިވްސް އިޔަރ” ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން މި ކެމްޕެއިން އިފްތިތާޙުކުރުމާއެކު، ކެމްޕެއިންގެ ރަސްމީ ލޯގޯ އާއި ރަސްމީ ލަވަ އަދި ބްރޭންޑިން ވަނީ އާންމުކޮށް ދައްކާލާފައެވެ. މި ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި މި ރަސްމިއްޔާތ...

ޔުމްނާ ޢަލީ
އަމީނީ މަގުން މަރާމާތުކުރި ބައި ހުޅުވާލައި، ސެގްމަންޓް 3 ގެ މަސައްކަތަށް ތައްޔާރުވެއްޖެ

އަމީނީ މަގުން މަރާމާތުކުރި ބައި ހުޅުވާލައި، ސެގްމަންޓް 3 ގެ މަސައްކަތަށް ތައްޔާރުވެއްޖެ

އަމީނީ މަގުގައި މަރާމާތުކުރި ސަރަޙައްދު އާންމު ދަތުރުފަތުރަށް އަލުން ހުޅުވާލާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މި މަސައްކަތުގެ ތެރެއިން ދެ ސެގްމަންޓެއްގެ މަރާމާތު މިހާރު ނިންމާލާފައިވާއިރު، ދެން ފެށުމަށް ހަމަޖެހިފައިވަނީ ސެގްމަންޓް ތިނެއްގެ މަސައްކަތެވެ. އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ފުރަތަމަ ކުރިއަށްގެންދިޔަ ދެ ސެގްމަންޓް ނިންމައި މިހާރު ވަނީ އާންމުނ...

ޔުމްނާ ޢަލީ
އެންމެ ދެކުނުގެ ދެ ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމު އެމްޑަބްލިއުއެސްސީން ރަސްމީކޮށް ހިންގަން ފަށައިފި

އެންމެ ދެކުނުގެ ދެ ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމު އެމްޑަބްލިއުއެސްސީން ރަސްމީކޮށް ހިންގަން ފަށައިފި

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރަސްމީކޮށް ހަވާލުވެ، އެ ޚިދުމަތްތައް ހިންގަން ފަށައިފިއެވެ. އެމްޑަބްލިއުއެސްސީން މި ދެ ސިޓީގެ ފެނާއި ނަރުދަމާގެ އެންމެހައި ޚިދުމަތްތަކާ ރަސްމީކޮށް ހަވާލުވެފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކޯޕަރޭޓް ދާއިރާ އިޞްލާޙުކުރ...

އަޙްމަދު ވަހީދު
މަނަދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި

މަނަދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން އެސްޓީއޯގެ ދަށުން ހިންގާ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ނ. މަނަދޫގައި  ގާއިމުކުރި ފިއުލް ޝެޑުން މިއަދު ތެޔޮވިއްކަންފަށައިފިއެވެ. މި ޝެޑް ރަސްމީކޮށް ޚިދުމަތް ދޭން ފަށާފައިވަނީ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތަކަށް ފަހުގައެވެ. މި ފިއުލް ޝެޑް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކެވެ. ރޭ މަނަދޫގައި ބޭއްވި މި […]

ޔުމްނާ ޢަލީ
މި އަހަރުގެ މިހާތަނަށް 1.6 މިލިއަން ފަތުރުވެރިން؛ އެއްވަނައިގައި އަދިވެސް ޗައިނާ

މި އަހަރުގެ މިހާތަނަށް 1.6 މިލިއަން ފަތުރުވެރިން؛ އެއްވަނައިގައި އަދިވެސް ޗައިނާ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ އެއްވަނައިގައި އަދިވެސް އޮތީ ޗައިނާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 1,603,021 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1,659,031 ފަތުރުވެރިން...

ޔުމްނާ ޢަލީ
އޭޓީއެމް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭނީ 3،500 ޑޮލަރު ކަމަށް ބީއެމްއެލުން ކަނޑައަޅައިފި

އޭޓީއެމް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭނީ 3،500 ޑޮލަރު ކަމަށް ބީއެމްއެލުން ކަނޑައަޅައިފި

އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާއިން ޑޮލަރު ނެގޭނެ އެންމެ މަތީ އަދަދަކީ 3،500 ޑޮލަރު ކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ކަނޑައަޅައިފިއެވެ. ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މި ބަދަލު ގެނައި ނަމަވެސް، ކާޑު ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް ނެގޭ 1،600 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ. ބީއެމްއެލުން ބުނި […]

ޔުމްނާ ޢަލީ
އިސްރަށްވެހިން ސްކޭމްތަކަށް ހޭލުންތެރިކުރުން: އުރީދޫއާއި ފުލުހުން ގުޅިގެން ޚާއްސަ ސެޝަނެއް

އިސްރަށްވެހިން ސްކޭމްތަކަށް ހޭލުންތެރިކުރުން: އުރީދޫއާއި ފުލުހުން ގުޅިގެން ޚާއްސަ ސެޝަނެއް

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، މާލެ އަދި ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ޑިޖިޓަލް ލިޓަރަސީ އަދި ސްކޭމް އެވެއަރނަސް ސެޝަނެއް ބާއްވައިފިއެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އާންމުކޮށް ހިންގާ ސްކޭމްތައް ދެނެގަތުމަށާއި، ޑިޖިޓަލް ޚިދުމަތްތައް އިތުބާރާއެކު ރައްކާތެރިކޮށް ބޭނުންކުރުމަށް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމުގެ މައްޗަށެވެ. ސްމާޓްފޯނާއި، ޑިޖިޓަލް ޕޭމަންޓްތަކާއި، އޮންލައިނ...

އިބްރާހިމް އަސްވާޤް
އެމްއެމްއޭ ރިސަރޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭ ރިސަރޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިސަރޗް ފަންޑުގެ 2026 ވަނަ އަހަރުގެ ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ޖުމްލަ 5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ގްރާންޓުގެ ދަށުން އިންޑިޕެންޑެންޓް ރިސާޗް ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެމްއެމްއޭއިން ބުނި ގޮތުގައި މި ގްރާންޓްތަކުގެ މައިގަނޑު މަޤްސަދަކީ ޢިލްމީ ދިރާސާ އަދި ހެކިތަކަށް ބިނާކޮށް ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭ ދިރާސާ ކަރުދާސް އަދި ފޮތް ލިޔުމަށް ހިތްވ...

އިބްރާހިމް އަސްވާޤް