ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ހުރިހާ އުމުރުފުރާތަކަށް ޚާއްޞަކޮށް، ފެންވަރު ރަނގަޅު ކޮސްމެޓިކްސް އަދި ޒާތީ ފަރުވާގެ ސާމާނު ވިއްކާ މުޅިން އައު ފިހާރައެއް "އެލްފިން" ގެ ނަމުގައި މާލޭގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުވައިދެއްވީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޞާދިޤް އެވެ.
މާލޭ ފުޓްބޯޅަ ސްޓޭޑިއަމްގެ ހުޅަނގަށް "ނަޝީ ކޭކް" ކައިރީގައި ހުޅުވި "އެލްފިން" އަކީ ރާއްޖޭގެ ބާޒާރަށް އެންމެ ފުރިހަމަ ކޮލިޓީގެ ކޮސްމެޓިކްސް އަދި ޕާސަނަލް ކެއަރ އުފެއްދުންތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހުޅުވި ފިހާރައެކެވެ.
މި ފިހާރައިން ދުނިޔޭގެ މަޤްބޫލު އަދި މަޝްހޫރު ބްރޭންޑްތަކުގެ ސެންޓުގެ އިތުރުން، އާންމު ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ ތަފާތު ގިނަ ބާވަތްތަކެއް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި:
• މޭކަޕް ސާމާނު
• ސްކިން ކެއަރ އަދި ހެއަރ ކެއަރ އުފެއްދުންތައް
• ބޮޑީ ކެއަރ އަދި ބާތު ކެއަރ ސާމާނު
• އޯރަލް ކެއަރ އަދި ފެމިނިން ކެއަރ ޕްރޮޑަކްޓްތައް

އެލްފިން ފިހާރައިން މަޢުލޫމާތު ދޭ ގޮތުގައި، މި ފިހާރައިގެ މައިގަނޑު އަމާޒަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް އެންމެ އެކަށޭނަ، އިތުބާރު ހިފޭ އަދި ކޮލިޓީ ރަނގަޅު އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!