މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 5 ވަނަ ޞަފްޙާ

މޯލްޑިވިއަންގެ ފްލީޓަށް އެއާބަސްގެ އާ ދެ ބޯޓު އިތުރުކުރަނީ

މޯލްޑިވިއަންގެ ފްލީޓަށް އެއާބަސްގެ އާ ދެ ބޯޓު އިތުރުކުރަނީ

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އެއާބަސް މަރުކާގެ ދެ ބޯޓު ގެނެސްދޭނެ ބަޔަކު ހޯދުމަށް، ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން އިއުލާންކޮށްފި އެވެ. އައިއޭއެސް އިން ބުނީ، އެ ކުންފުނިން ހޯދަން އިއުލާންކޮށްފައިވަނީ އެއާބަސް A220-300 މަރުކާރުގެ ދެ ބޯޓު ކަމަށެވެ. އެހެންކަމުން މި ބޯޓުތައް ގެނެސްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ބޯޓުތައް ގެނައުމަށް ކަނޑައަޅާފައިވާ...

އަލީ އާދިލް
ފަތުރުވެރިކަމުގެ ރިކަވަރީ ދުނިޔެއަށް މިސާލަކަށް ވާނެ، މިއަހަރުގެ އަމާޒު ހާސިލުވާނެ ކަމުގެ އުންމީދު ބޮޑު: އަމީން

ފަތުރުވެރިކަމުގެ ރިކަވަރީ ދުނިޔެއަށް މިސާލަކަށް ވާނެ، މިއަހަރުގެ އަމާޒު ހާސިލުވާނެ ކަމުގެ އުންމީދު ބޮޑު: އަމީން

މިއަހަރުގެ ތެރޭގައި ފަތުރުވެރިކަން ދަށްވެގެން ދިޔަ ތިން މަސްދުވަހާއެކު ވެސް، އަހަރު ނިމޭއިރު މިދިޔަ އަހަރާ އެއްވަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ސަރުކާރުން މިރޭ ބޭއްވި “އަހާ” ފޯރަމުގައި އާންމުންގެ ފަރާތުން ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކު...

ޝިއުނާ އާދަމް
މަގޫދޫ އެއާޕޯޓުގެ ބޮޑުބައި ނިމިއްޖެ؛ އެންމެ އަވަހަށް ނިމޭނީ ވެސް އެ އެއާޕޯޓު!

މަގޫދޫ އެއާޕޯޓުގެ ބޮޑުބައި ނިމިއްޖެ؛ އެންމެ އަވަހަށް ނިމޭނީ ވެސް އެ އެއާޕޯޓު!

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިހާރު ތަރައްޤީކުރަމުން އަންނަ އެއާޕޯޓުތަކުގެ ތެރެއިން ތާވަލާ އެއްގޮތަށް އެންމެ އަވަހަށް މަސައްކަތް ނިމޭނީ ފ. މަގޫދޫ އެއާޕޯޓުގެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައުދީ ވިދާޅުވީ، ކުންފުންޏާ ހަވާލުކޮށްފައިވާ އެކި އެއާޕޯޓުތަކުގެ މަސައްކަތްތަކ...

އަޙްމަދު ވަހީދު
ހަލާލް އިގުތިސާދު އާ އުސްމިންތަކަކަށް، ލަންޑަންގައި ބައިނަލްއަގުވާމީ ބޮޑު ފޯރަމެއް

ހަލާލް އިގުތިސާދު އާ އުސްމިންތަކަކަށް، ލަންޑަންގައި ބައިނަލްއަގުވާމީ ބޮޑު ފޯރަމެއް

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސިނާއަތުގެ އިސްވެރިން ބައިވެރިވާ “ލަންޑަން ހަލާލް ފޯރަމް” ހޮނިހިރު ދުވަހު ފަށައިފިއެވެ. މި ފޯރަމަކީ ފުޅާވަމުން އަންނަ ހަލާލް އިގުތިސާދުގެ އެކި ދާއިރާތަކުން ލިބެން ހުރި ފުރުސަތުތައް ދެނެގަތުމަށް ބާއްވާ ބައިނަލްއަގުވާމީ މުހިންމު ބައްދަލުވުމެކެވެ. މި ފޯރަމަކީ އިސްލާމިކް ޗެމްބަރ އޮފް ކޮމާސް އެންޑް ޑިވެލޮޕްމަންޓާއި ހަލާލް ޕްރޮޑަކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ (އެޗްޕީޑީސީ) ގުޅިގެން ކުރިއަށްގެން...

ނާޒިމާ އަލީ
ބީއެމްއެލްގެ ފައިދާ 26 ޕަސެންޓު މައްޗަށް؛ ޑިޕޮސިޓްތައް 42 ބިލިއަން ރުފިޔާއަށް އުފުލިއްޖެ

ބީއެމްއެލްގެ ފައިދާ 26 ޕަސެންޓު މައްޗަށް؛ ޑިޕޮސިޓްތައް 42 ބިލިއަން ރުފިޔާއަށް އުފުލިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 26 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ. އެ ބޭންކުން އާންމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން، ހަމައެކަނި މި ކުއާޓަރުގައިވެސް ސާފު ފައިދާގެ ގޮތުގައި 647.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު […]

އަޙްމަދު ވަހީދު
72 މިލިއަން ޑޮލަރަށް ރާއްޖެއިން ޕްރައިވެޓް ރަށެއް، އަގު ދެއްކެނީ ކްރިޕްޓޯ ފައިސާއިން

72 މިލިއަން ޑޮލަރަށް ރާއްޖެއިން ޕްރައިވެޓް ރަށެއް، އަގު ދެއްކެނީ ކްރިޕްޓޯ ފައިސާއިން

ރާއްޖޭގައި ތަރައްގީކުރަމުން އަންނަ ބަކާރާ ހޮޓެލް އެންޑް ރެޒިޑެންސަސް މޯލްޑިވްސް އިން، ޕްރައިވެޓް ރަށެއް 72 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކަން ހުޅުވާލައިފިއެވެ. މި ރަށް ގަތުމުގެ މުއާމަލާތްތައް ހާއްސަކޮށްފައިވަނީ ޑިޖިޓަލް ކަރަންސީ ނުވަތަ ކްރިޕްޓޯ ފައިސާ ގެންގުޅޭ ފަރާތްތަކަށެވެ. މި ޕްރައިވެޓް ރަށް އޮންނަނީ ބަކާރާ މޯލްޑިވްސްގެ މައި ރަށުގެ ދެކުނު ކޮޅުގައެވެ. އަމިއްލަ ގޮނޑުދޮށަކާއި ފަރެއް އޮންނަ މި ރަށުގައި، ފުރިހަމައަށް ފަރުނީޗަރު ހަރުކޮށްފައިވާ ހަތަރު ކޮޓަރީގެ ހަތަރު ވިލާ ހިމެނެއެވެ. ކޮންމެ ވިލާއެއ...

ނާޒިމާ އަލީ
ބޮޑެތި ޕާރުސަލްތައް ނަގަން ފަސޭހަކޮށްދޭން މޯލްޑިވްސް ޕޯސްޓުން ހާއްސަ ސްޓޭޝަނެއް

ބޮޑެތި ޕާރުސަލްތައް ނަގަން ފަސޭހަކޮށްދޭން މޯލްޑިވްސް ޕޯސްޓުން ހާއްސަ ސްޓޭޝަނެއް

ބޮޑެތި ޕާރުސަލްތައް ލިބިގަތުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ޕޯސްޓްގެ ހެޑް އޮފީހުގެ ގްރައުންޑް ފްލޯގައި ހާއްސަ ޕިކްޕޯސްޓް ސްޓޭޝަނެއް މިއަދު ހުޅުވައިފި އެވެ. މޯލްޑިވްސް ޕޯސްޓްގެ މައި އިދާރާގައި މިއަދު ހުޅުވި މި ޕިކްޕޯސްޓް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދެވެ. ޕޯސްޓް އޮފީހުން ބުނި ގޮތުގައި މި ސްޓޭޝަނަކީ އެ ކުންފުނީގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ތަރައްގީކޮށް...

އިބްރާހިމް އަސްވާޤް
ފުނަދޫގައި އިސްލާމިކް ބޭންކްގެ ސޭލްސް ސެންޓަރެއް ހުޅުވައިފި

ފުނަދޫގައި އިސްލާމިކް ބޭންކްގެ ސޭލްސް ސެންޓަރެއް ހުޅުވައިފި

ށ. ފުނަދޫގައި ޤާއިމުކުރި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސޭލްސް ސެންޓަރ ހުޅުވައިފިއެވެ. މި ސެންޓަރުގެ ޙިދުމަތް ފެށިގެންދިއުމަކީ، ފުނަދޫގެ ރައްޔިތުންނަށް އަދި ވަކީން ޚާއްސަކޮށް ށ. އަަތޮޅުގެ އެންމެހައި ރައްޔިތުންނަށް، ވަރަށް ބޮޑު ލުއިފަސޭހައެއް  ލިބިގެންދިޔަ ކަމެއްކަމަށް ފުނަދޫ ކައުންސިލުން ހާމަކުރައްވައެވެ. އަތޮޅުތަކުގައި، ރައްޔިތުންނާއި ގާތަށް ޚިދުމަތްތައް ފުޅާކޮށް، ތަރައްޤީކުރުމުގެ ސިޔާސަތު ކުރިއަށްނެރުއްވުމަށްޓަކައި ރާއްޖޭގެ ރައީސް ޑރ.މުހައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ، މަސަ...

ފާތިމަތު ސަޙާ
އައުޤާފް ކުންފުނީގެ އެމްޑީ އަކަށް ޔާމީން، ބޯޑު އެކުލަވާލައިފި

އައުޤާފް ކުންފުނީގެ އެމްޑީ އަކަށް ޔާމީން، ބޯޑު އެކުލަވާލައިފި

ދީނީ ކަންކަމަށް ހޭދަކުރުމަށާއި، މިސްކިތްތަކާއި ވަޤުފު ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށްޓަކައި “މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް” ވެރިން ޢައްޔަނުކޮށް އެ ކުންފުނީގެ ބޯޑު އެކުލަވާލައިފިއެވެ. އެ ކުންފުނީގެ އެމްޑީ އަކަށް ހަމަޖައްސާފައި ވަނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީކަން ކުރިން ކުރެއްވި ޔާމީން އިދުރީސް އެވެ. އަދި އެކުންފުނީގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ އައްސައިޚް ޢިއްޒުއްދީން އަދުނާނެވެ. އެ ކުންފުނީގެ ބޯޑު މެމްބަރަކުންގެ ގޮތުގައި ހަމަޖެއްސި ބޭފުޅުން ހުސ...

ޔުމްނާ ޢަލީ
ޑޮލަރުން އަނބުރާ ދައްކާ ގޮތަށް ގެސްޓްހައުސްތައް ތަރައްގީކުރަން އެސްއެމްއީ ޑިޖިޓަލް އިން ފެސިލިޓީއެއް

ޑޮލަރުން އަނބުރާ ދައްކާ ގޮތަށް ގެސްޓްހައުސްތައް ތަރައްގީކުރަން އެސްއެމްއީ ޑިޖިޓަލް އިން ފެސިލިޓީއެއް

ވިޔަފާރިވެރިންނަށް ފަހިކޮށްދޭ ފައިނޭންސިން ހިދުމަތްތައް އިތުރުކުރުމަށާއި، ރާއްޖޭގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް ތަރައްގީކޮށް އިތުރަށް ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލް އިން “ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ” އިއްޔެ ތައާރަފުކޮށްފިއެވެ. މިއީ ޔޫއެސް ޑޮލަރުން ފައިސާ އަނބުރާ ދައްކާ ގޮތަށް، ކުޑަ ފައިދާ ރޭޓެއްގައި އެކުލަވާލާފައިވާ ހާއްސަ ފެސިލިޓީއެކެވެ. މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމް...

އަޙްމަދު ވަހީދު
ކަސްޓަމަރުންގެ އަޑު ސީދާ އަހަން އުރީދޫގެ މެނޭޖްމަންޓް ކައުންޓަރުތަކަށް!

ކަސްޓަމަރުންގެ އަޑު ސީދާ އަހަން އުރީދޫގެ މެނޭޖްމަންޓް ކައުންޓަރުތަކަށް!

އުރީދޫ މޯލްޑިވްސްއިން ފާހަގަކުރަމުންދާ ކަސްޓަމަރ ސަރވިސް ވީކާ ގުޅިގެން، ކަސްޓަމަރުންގެ އަޑު ސީދާ އަހައި އެމީހުންގެ ތަޖުރިބާތައް ދެނެގަތުމަށްޓަކައި އެ ކުންފުނީގެ މެނޭޖްމަންޓާއި އެކި ޓީމުތަކުގެ ސީނިއަރ މުވައްޒަފުން ކަސްޓަމަރުންނަށް ޚިދުމަތްދޭ މައި މަރުކަޒުތަކަށް ނުކުމެ މަސައްކަތްކުރަން ފަށައިފިއެވެ. އޮކްޓޯބަރު 4 އިން 8 ގެ ނިޔަލަށް މި ހަފްތާ ފާހަގަކުރަމުންދާއިރު، ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށާއި ކަސްޓަމަރުންގެ ޚިޔާލު ހޯދުމަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. މި ހަފްތ...

އިބްރާހިމް އަސްވާޤް
12،000 ފްލެޓްގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ކުއްޔެއް ނުދައްކާ!

12،000 ފްލެޓްގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ކުއްޔެއް ނުދައްކާ!

ހުޅުމާލޭގައި ދޫކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓަށް މީހުން ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ. އެޗްޑީސީން ހުޅުމާލޭގައި 12،000 އަށްވުރެ ގިނަ ފްލެޓް ބަލަހައްޓަމުންދާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ މައްސަލަ އޭނާ ހާމަކުރެއްވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒު...

ޔުމްނާ ޢަލީ
ރާއްޖެ ހިމެނޭހެން އޭޝިއާގެ އުފެއްދުންތެރިކަމާއި އިގުތިސާދީ ދުވެލި ބަޔާންކުރާ އޭޕީއޯ ރިޕޯޓު ނެރެފި

ރާއްޖެ ހިމެނޭހެން އޭޝިއާގެ އުފެއްދުންތެރިކަމާއި އިގުތިސާދީ ދުވެލި ބަޔާންކުރާ އޭޕީއޯ ރިޕޯޓު ނެރެފި

އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ އިގުތިސާދީ ކުރިއެރުމާއި އުފެއްދުންތެރިކަން އަޅާކިޔައި ބަޔާންކޮށްދޭ “އޭޕީއޯ ޕްރޮޑަކްޓިވިޓީ ޑޭޓާބުކް” ގެ 19 ވަނަ އަދަދު އޭޝިއަން ޕްރޮޑަކްޓިވިޓީ އޯގަނައިޒޭޝަން (އޭޕީއޯ) އިން ނެރެފިއެވެ. މި ރިޕޯޓުގައި 1970 އިން ފެށިގެން 2024 ގެ ނިޔަލަށް އެ ސަރަހައްދުގެ އިގުތިސާދާއި އުފެއްދުންތެރިކަމަށް އައިސްފައިވާ ބަދަލުތައް ހިމަނާފައިވާއިރު، 2035 ވަނަ އަހަރާ ހަމައަށް ލަފާކުރެވޭ މިންވަރުތައް ވެސް ވަނީ ހިމަނާފައެވެ. މި ރިޕޯޓުގެ 2026 ގެ އަދަދު އެކުލަވާލާފައިވަނީ އޭޝިއާގެ 38 އިގުތިސާދެ...

ނާޒިމާ އަލީ
މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފި

މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ނ. މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިންގ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި، މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ، މުޙައްމަދު ނަވީޒެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދެވެ. މި މަޝްރޫޢުގެ ދަށުން، ލައިޓިންގ ސިސްޓަމް ހަރުކުރުމަށްޓަކައި ބިންގަނޑު ކޮނުމާއި، ކޮންކްރީޓް މަސައް...

ފާތިމަތު ސަޙާ
އައިޖީއެމްއެޗް ސަރަޙައްދުން ބޮޑުތަކުރުފާނު މަގު ހެދުމުގެ 3 ވަނަ ފިޔަވަހި ފަށައިފި

އައިޖީއެމްއެޗް ސަރަޙައްދުން ބޮޑުތަކުރުފާނު މަގު ހެދުމުގެ 3 ވަނަ ފިޔަވަހި ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުންނެވެ. އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން، މިހާރު ކުރިއަށްދަނީ މަގުގައި ހުރި ގާތަކާއި ދުވާރު ނެގުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން، މި ފިޔަވަހީގެ ދަށުން މަގު ހެދުމުގެ މަސައްކަ...

އަޙްމަދު ވަހީދު