މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 7 ވަނަ ޞަފްޙާ

އުރީދޫ އެޕްއިން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ

އުރީދޫ އެޕްއިން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ލިބޭ “ރީޗާޖް އެންޑް ވިން” ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ. މިއީ އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހުން ފެށިގެން 31 ޑިސެމްބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ، ކޮންމެ ވަގުތަކު އަދި […]

އަލީ އާދިލް
ޑޮލަރުގެ އާ ގަވާއިދު: ބޭރު ފައިސާގެ ގާނޫނަށް އައި އިސްލާހާއެކު ވިޔަފާރިތަކަށް އޮތީ ކޮން އިލްތިޒާމުތަކެއް؟

ޑޮލަރުގެ އާ ގަވާއިދު: ބޭރު ފައިސާގެ ގާނޫނަށް އައި އިސްލާހާއެކު ވިޔަފާރިތަކަށް އޮތީ ކޮން އިލްތިޒާމުތަކެއް؟

ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުލިބޭ ޑޮލަރަކީ، ރާއްޖޭގެ އިގްތިސާދީ މައިނާރެވެ. ނަމަވެސް، އެ ބޭރު ފައިސާ ރަސްމީ ބޭންކިން ނިޒާމުގެ ތެރެއަށް ދައުރުނުވެ، ބާޒާރުގައި ޑޮލަރުގެ ދަތިކަން ބޮޑުވުމަކީ އެތައް އަހަރެއް ވަންދެން ދިވެހި ވިޔަފާރިވެރިންނާއި އާންމުން ކުރަމުން އައި ބޮޑު ޝަކުވާއެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމުގެ މަގުސަދުގައި “ބޭރު ފައިސާއާބެހޭ ގާނޫނު” (ގާނޫނު ނަންބަރު 2024/32) އަށް މިވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. 1 ސެޕްޓެންބަރު 2026 […]

އިބްރާހިމް އަސްވާޤް
ފާއިތުވި 3 މަސްދުވަސް ތެރޭ 4 ވަނަ ފަހަރަށް މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު ބޮޑުކޮށްފި

ފާއިތުވި 3 މަސްދުވަސް ތެރޭ 4 ވަނަ ފަހަރަށް މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު ބޮޑުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަ އަގު މަތިކޮށް، ކިލޯއެއް 22 ރުފިޔާއަށް ގަންނަން ފަށައިފިއެވެ. މިއީ ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރެވެ. މިއީ މި ސަރުކާރު ވެރިކަމަށް އައި ފަހުން މިފްކޯއިން އެންމެ ބޮޑު އަގެއްގައި މަސް ގަންނަން ފެށި ފަހަރެވެ. ސަރުކާރުން މީގެ ކުރިން ނިންމާފައިވަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުކުރުމަށެވެ. މަސްވެރިންނަށް ދިމާވާ […]

އަޙްމަދު ވަހީދު
އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރުގެ ދެވަނަ ފަށަލަ އަޅަން ފަށައިފި، މި ހަފުތާގައި ނިންމާލަނީ

އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރުގެ ދެވަނަ ފަށަލަ އަޅަން ފަށައިފި، މި ހަފުތާގައި ނިންމާލަނީ

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމަންޓުގައި ތާރުގެ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި، މި ސެގްމަންޓުގައި ތާރު އެޅުމާއި މަގުގެ ނިޝާންތައް ކުރެހުން ފަދަ އެންމެ ފަހުގެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ. އެމްޓީސީސީން އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އ...

އަޙްމަދު ވަހީދު
ހއ.އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އަޕްޑޭޓް ދީފި

ހއ.އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އަޕްޑޭޓް ދީފި

ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ސައިޓުގައި މިހާރު ކުރިއަށްދަނީ ލީން ކޮންކްރީޓް އެޅުމާއި، ސްޓްރިޕް ފޫޓިންގ ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން ޓައި ބީމް ރީއިންފޯސްމަންޓް އަދި ޝަޓަރިންގ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 22 ނޮވެމްބަރު 2025 ގައެވެ. މި މަޝްރޫޢުގެ ދަށުން 4 ފަންގިފިލާ ހިމެނޭ ގޮތަށް 50 އެނދުގެ ޖާގައިގެ ހޮސްޕިޓަލެއް ޢިމާރާތް ކުރުމާއި، […]

ޝިއުނާ އާދަމް
އެމްއެމްއޭގެ އިންޓާންޝިޕަށް 400 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

އެމްއެމްއޭގެ އިންޓާންޝިޕަށް 400 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އޯލެވެލް އަދި އޭލެވެލް ނިންމާފައިވާ 400 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެއްޖެއެވެ. އެ އިދާރާއިން ބުނި ގޮތުގައި މި ކެޓަގަރީން ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އިންޓަވިއުތައް މިއަދު ކުރިއަށްގެންގޮސްފައިވެއެވެ. މި އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން އެމްއެމްއޭގެ ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިކޮނޮމިކްސް، އައިޓީ، ފިންޓެކް، ބޭންކިން، ލ...

އިބްރާހިމް އަސްވާޤް
އުރީދޫ ފިންޓެކް މޯލްޑިވްސްގެ ކަންޓްރީ ހެޑްގެ މަގާމަށް އަޙްމަދު ނޫމާން

އުރީދޫ ފިންޓެކް މޯލްޑިވްސްގެ ކަންޓްރީ ހެޑްގެ މަގާމަށް އަޙްމަދު ނޫމާން

ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން، އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑްގެ މަގާމަށް އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކުރިން ހުރީ އުރީދޫ މޯލްޑިވްސްގެ ފިންޓެކް އެންޑް ޕާޓްނާޝިޕް މަގާމުގައެވެ. ނޫމާން އެންމެ ފުރަތަމަ އުރީދޫއާ ގުޅުނީ އިންޓަނޭޝަނަލް ރޯމިންގް ސާވިސަސް (އައިއާރުއީޖީ) އެކްޒެކެޓިވްއެއްގެ ގޮތުގައެވެ. އެ މަގާމުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު، 2015 ވަނަ އަހަރުގެ ޖަނަވަރީ […]

އިބްރާހިމް އަސްވާޤް
މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި

މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފި

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފިއެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކުރައްވާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އިއުލާނުކޮށްފައެވެ. ޕީސީބީން ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އެ ދެ ބޭފުޅުން އައްޔަނުކޮށްފައިވަނީ މިއަދު ކަމަށެވެ. ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އަލަށް އައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ގއ. ވިލިނގިލީ ބޭފުޅަކާއި ގއ. ނިލަންދޫ ބޭފުޅެކެވެ. އެގޮތުން...

އަލީ އާދިލް
މޯލްޑިވިއަންގެ ދަތުރުތަކުގައި އިއްތިހާދު ''ގެސްޓް މައިލްސް'' ބޭނުން ކުރެވޭގޮތް ހަދައިފި

މޯލްޑިވިއަންގެ ދަތުރުތަކުގައި އިއްތިހާދު ''ގެސްޓް މައިލްސް'' ބޭނުން ކުރެވޭގޮތް ހަދައިފި

އިއްތިހާދު އެއާވޭސްގެ ލޯޔަލްޓީ ޕްރޮގްރާމް، ‘އިއްތިހާދު ގެސްޓް’ މެންބަރުންނަށް އެ ފަރާތްތަކުގެ މައިލްސް ރިޑީމްކޮށްގެން މޯލްޑިވިއަންގެ ނެޓްވޯކްގެ މަންޒިލްތަކަށް ދަތުރުކުރެވޭނެ އައު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި އިއްތިހާދު އެއާވޭސްއާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގެ ތެރެއިންނެވެ. މިއީ ދެ އެއާލައިންގެ ދެމެދުގައި މިހާރުވެސް އޮތް އިންޓަލައިން ޕާޓްނާޝިޕް އި...

ޝިއުނާ އާދަމް
މޫލީއިން އައިފޯން 18 ޕްރޯއަށް ޕްރީ އޯޑަރު ނަގަން ފަށަނީ 18 ސެޕްޓެމްބަރުގައި

މޫލީއިން އައިފޯން 18 ޕްރޯއަށް ޕްރީ އޯޑަރު ނަގަން ފަށަނީ 18 ސެޕްޓެމްބަރުގައި

އެޕަލް ކުންފުނިން އެންމެ ފަހުން ތަޢާރަފުކުރި އައިފޯން 18 ޕްރޯ މޮޑެލްގެ ފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސްގެ “މޫލީ” މެދުވެރިކޮށް 18 ސެޕްޓެމްބަރު 2026 ގެ މެންދަމު 00:00 ގައި ހުޅުވާލަން ނިންމައިފިއެވެ. އުރީދޫއިން ވަނީ މި ފޯނުތައް އެންމެ ފުރަތަމަ ހޯދާ ފަރާތްތަކުގެ ތެރޭގައި ހިމެނުމަށް ތައްޔާރުވުމަށް ދިވެހިންގެ ކިބައިން އެދިފައެވެ. މި ފޯނުތައް ތަޢާރަފުކޮށްފައިވަނީ ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސް މަގާމާއި ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ […]

އިބްރާހިމް އަސްވާޤް
މޯލްޑިވިއަނުން މާލެއާއި ކުޑަހުވަދުއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފަށައިފި

މޯލްޑިވިއަނުން މާލެއާއި ކުޑަހުވަދުއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފަށައިފި

ޤައުމީ އެއާލައިން، މޯލްޑިވިއަނުން މާލެއާއި ދ. ކުޑަހުވަދުއާ ދެމެދު ޝެޑިއުލް ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ޚާއްޞަ ޕްރޮމޯޝަނެއްގެ ދަށުން ފެށި، މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1،111 ރުފިޔާއެވެ. މި އައު ދަތުރުތައް އިޝްތިހާރުކޮށް، ޕްރޮމޯޓުކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްޞަ ޕޯސްޓަރުތަކެއް ވެސް މިހާރު ވަނީ ބަހައްޓާފައެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި، މާލެ ސަރަހައްދާއި ކުޑަހުވަދުއާ ދެމެދު މި ދަތުރުތައް ފެށީ ދ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކުރުމ...

ފާތިމަތު ސަޙާ
އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް އިވެލުއޭޓްކުރާނެ ބަޔަކު ހޯދަނީ

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް އިވެލުއޭޓްކުރާނެ ބަޔަކު ހޯދަނީ

އަންނަ ޑިސެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިންވަނަ އެމްއެމްއޭ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް ބަލައި އެސެސްކުރުމަށްޓަކައި “ޕިއާ ރިވިއު ޕޫލް”ގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ. މިއީ އެ ކޮންފަރެންސަށް ހުށަހެޅޭ އިލްމީ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް، ދިރާސާތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެމްއެމްއޭއިން ކުރިއަށްދާ ކަމެކެވެ. އެމްއެމްއޭއިން ބުނި ގޮތުގައި މި ޕިއާ ރިވިއު ޕޫލްގައި ހިމެނޭނީ ތައުލީމީ ދާއިރާގެ ބ...

އަލީ އާދިލް
އުފެއްދުންތެރިކަމުގެ މައުޒަރުގެ ބޮޑުބެރު މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

އުފެއްދުންތެރިކަމުގެ މައުޒަރުގެ ބޮޑުބެރު މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން “ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026″ގެ ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ  ބޮޑުބެރު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން މަޢުލޫމާތުދޭ ގޮތުގައި މި މުބާރާތަކީ ދިވެހި ސަޤާފީ ފަންނުތައް ދިރުވައި އާލާކުރުމަށާއި، ސަޤާފީ ހުށަހެޅުންތަކުގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުޞަތު ފަހިކޮށް، ބޮޑުބެރުގެ ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން، މި އަހަރުގެ ބޮޑު...

ފާތިމަތު ސަޙާ
ކުޑަހުވަދޫއަށް މޯލްޑިވިއަންއިން ދަތުރުތައް ފަށަނީ، ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާނެ

ކުޑަހުވަދޫއަށް މޯލްޑިވިއަންއިން ދަތުރުތައް ފަށަނީ، ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާނެ

މާލެއާއި ދ. ކުޑަހުވަދޫއާ ދެމެދު މޯލްޑިވިއަންއިން ޝެޑިއުލް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން ރޭ ބުނީ، މި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި ދަތުރުތައް ކޮންމެ ދުވަހަކު ވެސް ކުރިއަށްދާނެކަމަށެވެ. ދަތުރުތައް ފެށުމުގެ ގޮތުން ހާއްސަ ފެއާއެއް ތައާރަފުކޮށްފައިވާ ކަމަށާއި  މި ފެއާގެ ދަށުން ޓިކެޓެއްގެ އަގު ފެށެނީ 1،111 ރުފިޔާއިން ކަމަށް އެ ކުންފުނިން ބުންޏެވެ. ކުޑަހުވަދޫ އެއާޕޯޓަށް ދަތުރުތައް ފެށުމާއެކު، މޯލްޑިވިއަންގެ ދަތުރުތައް ރާއްޖޭގެ 18...

އަލީ އާދިލް
ބީއެމްއެލްގެ ރުފިޔާ ކާޑުން އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ އާ އުސޫލު އާންމުކޮށްފި

ބީއެމްއެލްގެ ރުފިޔާ ކާޑުން އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ އާ އުސޫލު އާންމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުގައި ވިޔަފާރި ކުރެވޭނެ އާ އުސޫލުތަކާއި ލިމިޓްތައް އެ ބޭންކުން އާންމުކޮށްފިއެވެ. ބޭންކުގެ ބޭރު ފައިސާގެ ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލާއި ހިދުމަތްތައް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަށްޓަކައި އެކުލަވާލި މި އުސޫލަށް އަމަލުކުރަން ފަށާނީ މިއަދު، 13 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ. ބީއެމްއެލް އިން ބުނި ގޮތުގައި، އެ ބޭންކުގެ...

އަޙްމަދު ވަހީދު