މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށްފިއެވެ.
އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކުރައްވާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އިއުލާނުކޮށްފައެވެ.
ޕީސީބީން ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އެ ދެ ބޭފުޅުން އައްޔަނުކޮށްފައިވަނީ މިއަދު ކަމަށެވެ.
ޕޯސްޓް ލިމިޓެޑްގެ ބޯޑަށް އަލަށް އައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ގއ. ވިލިނގިލީ ބޭފުޅަކާއި ގއ. ނިލަންދޫ ބޭފުޅެކެވެ.
އެގޮތުން މޯލްޑިވްސް ޕޯސްޓްގެ ބޯޑަށް އައްޔަނުކުރެއްވި އެއް ބޭފުޅަކީ ގއ. ވިލިނގިލީ ވިޜަން، ބުޝްރީ މުޙައްމަދެވެ.
މީގެއިތުރުން ދެން އެ ކުންފުނީގެ ބޯޑަށް އައްޔަނުކުރައްވާފައިވަނީ ގއ. ނިލަންދޫ ވައިޓްވިލާ، ނާޞިޙް އިބްރާހިމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!