މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 8 ވަނަ ޞަފްޙާ

ގައުމީ ފެންވަރުގައި ދިން ފުރަތަމަ އިންޖިނިއަރިން އެވޯޑުގައި އެމްޑަބްލިޔުއެސްސީ އަށް ބޮޑު ކާމިޔާބީއެއް

ގައުމީ ފެންވަރުގައި ދިން ފުރަތަމަ އިންޖިނިއަރިން އެވޯޑުގައި އެމްޑަބްލިޔުއެސްސީ އަށް ބޮޑު ކާމިޔާބީއެއް

ރާއްޖޭގައި ގައުމީ ފެންވަރުގައި އިންޖިނޭރުންގެ އަގުވަޒަންކުރުމަށް ފުރަތަމަ ފަހަރަށް ދިން އެވޯޑުތަކުގެ ތެރެއިން، ގައުމީ ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް މުހިންމު ދެ އެވޯޑެއް ވަނީ ލިބިފައެވެ. ބާސެލޯ ނަސަންދުރަ ހޮޓެލްގައި ބޭއްވި ހާއްސަ ހަފުލާގައި އެމްޑަބްލިޔުއެސްސީއަށް ލިބުނު މި އެވޯޑުތަކާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އިންޖިނިއާސް އެވޯޑް 2026 ގައި...

ޔުމްނާ ޢަލީ
މިފްކޯގެ ހަ ވަނަ މަސްފިހާރަ ވިނަރެސް ފްލެޓްތަކުގައި ހުޅުވައިފި

މިފްކޯގެ ހަ ވަނަ މަސްފިހާރަ ވިނަރެސް ފްލެޓްތަކުގައި ހުޅުވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ކުންފުނީގެ އައު މަސްފިހާރައެއް ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓުތަކުގައި ހުޅުވައިފިއެވެ. މިއީ މުޅި ރާއްޖެއަށް ބަލާއިރު މިފްކޯއިން ހުޅުވި 6 ވަނަ މަސްފިހާރައެވެ. ވިނަރެސް 2 ނަންބަރު ޓަވަރުގެ ތިރީބައިގައި ގާއިމުކޮށްފައިވާ މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ ޗެއަރމަން ޢަބްދުﷲ ފާއިޒެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓި...

އަޙްމަދު ވަހީދު
ރާއްޖޭން ބޭރުގައި ޑެބިޓް ކާޑުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑާ ފީ ނެގުން ބީއެމްއެލްއިން ހުއްޓާލައިފި

ރާއްޖޭން ބޭރުގައި ޑެބިޓް ކާޑުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑާ ފީ ނެގުން ބީއެމްއެލްއިން ހުއްޓާލައިފި

ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި “ކްރޮސް ބޯޑަރ” ފީ ނެގުން މިރެއިން ފެށިގެން ހުއްޓާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، މިގޮތަށް ނިންމުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ދިރިއުޅުމުގެ ޚަރަދުތަކާއި ތަޢުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1,200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ހަރަދަކާ ނުލައި ބޭނުންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ބަދަލަކީ...

ޔުމްނާ ޢަލީ
ބޭރު ފައިސާއާ ބެހޭ ދެ ގަވާއިދަކަށް އެމްއެމްއޭއިން އިސްލާހު ގެނެސް، އަމަލުކުރަން ފަށައިފި

ބޭރު ފައިސާއާ ބެހޭ ދެ ގަވާއިދަކަށް އެމްއެމްއޭއިން އިސްލާހު ގެނެސް، އަމަލުކުރަން ފަށައިފި

ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދެ ގަވާއިދަކަށް އިސްލާހު ގެނެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ ގަވާއިދުތައް ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފިއެވެ. އެމްއެމްއޭއިން މިއަދު އިސްލާހުކޮށް ގެޒެޓްކޮށްފައިވާ ދެ ގަވާއިދަކީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދާއި، ބޭރު ފައިސާއާ ބެހޭ އާންމު ގަވާއިދެވެ. އަލަށް އިސްލާހުކުރެވުނު ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވ...

އިބްރާހިމް އަސްވާޤް
އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026 ގައި 48 ޓީމު

އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026 ގައި 48 ޓީމު

މިހާރު ކުރިއަށްދާ “އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގު 2026” ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 48 ޓީމަކުން ވާދަކުރަމުން އަންނަ ކަމަށް އުރީދޫން ބުނެފިއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތަށް އެކި އަތޮޅުތަކުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ. އުރީދޫން ބުނި ގޮތުގައި އެކި ރަށްރަށުގެ ބައިވެރިން ހިމެނޭ ގޮތަށް ކުރިއަށްދާ މި މުބާރާތުގައި ޓީމުތައް ވަނީ ހަ ގްރޫޕަކަށް ބަހާލައިފައެވެ. އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް […]

އިބްރާހިމް އަސްވާޤް
އުރީދޫ 'ހިނގާ' ޕްރޮމޯޝަން: އަޒުމާއަށް އޭޓީވީއެއް، އިތުރު 2 އޭޓީވީ ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް!

އުރީދޫ 'ހިނގާ' ޕްރޮމޯޝަން: އަޒުމާއަށް އޭޓީވީއެއް، އިތުރު 2 އޭޓީވީ ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް!

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ‘ހިނގާ’ އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިއަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. މި ޕްރޮމޯޝަންގެ ދަށުން 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، އަޒުމާއަކީ މި އިނާމު ހޯދި ހަތަރުވަނަ ކަސްޓަމަރެވެ. ޑިސެމްބަރު 20، 2025 ގައި ފެށި މި ޕްރޮމޯޝަން 2026 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އުރީދޫއިން ބުނެއެވެ. މުޅި ޕްރޮމޯޝަންގެ […]

އިބްރާހިމް އަސްވާޤް
ޚަރަދު ކުޑަކުރަން ފެނަކައިން ހުޅުވާލި ޕެކޭޖުގެ ދަށުން 107 މުވައްޒަފަކު ވަކިވެއްޖެ

ޚަރަދު ކުޑަކުރަން ފެނަކައިން ހުޅުވާލި ޕެކޭޖުގެ ދަށުން 107 މުވައްޒަފަކު ވަކިވެއްޖެ

ފެނަކަ ކޯޕޭރޭޝަންގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވާލި ޚާއްސަ ޕެކޭޖާއެކު މިހާތަނަށް 107 މުވައްޒަފަކު ވަޒީފާއިން ވަކިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ފެނަކައިން ބައެއް މީޑިއާތަކަށް ބުނީ، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު، އެ ޕެކޭޖު އިޚްތިޔާރުކޮށްގެން 107 މުވައްޒަފަކު ވަޒީފާއިން ވަކިވެފައިވާ ކަމަށެވެ. އަމިއްލައަށް ވަކިވާނ...

އަޙްމަދު ވަހީދު
ލުއި ލޯނާއި ކްރެޑިޓް ކާޑަށް ދޫކުރި ފައިސާ 9.2 ބިލިއަނަށް: އާންމުން ނަގާ ދަރަނި އެއް އަހަރުން އަނެއް އަހަރަށް މައްޗަށް

ލުއި ލޯނާއި ކްރެޑިޓް ކާޑަށް ދޫކުރި ފައިސާ 9.2 ބިލިއަނަށް: އާންމުން ނަގާ ދަރަނި އެއް އަހަރުން އަނެއް އަހަރަށް މައްޗަށް

އަމިއްލަ ބޭނުންތަކަށް ނަގާ ލުއި ލޯނުތަކާއި ކްރެޑިޓް ކާޑުތަކަށް ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު 9.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މަރުކަޒީ ބޭންކު، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދޫކޮށްފައިވާ މި އަދަދަކީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު 15 ޕަސެންޓުގެ އިތުރުވުމެކެވެ. އެމްއެމްއޭގެ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު ފެށުނުއިރު ކްރެޑިޓް ކާޑުތަކާއި އަމިއްލަ ފަރާތްތަކަށް ދޫކޮށްފ...

ޔުމްނާ ޢަލީ
ފަހި ފްލެޓްތައް ކުއްޔަން ދިން 11 މައްސަލައެއް، 500 އަށްވުރެ ގިނަ ފަރާތުން ކުލި ނުދައްކާ

ފަހި ފްލެޓްތައް ކުއްޔަން ދިން 11 މައްސަލައެއް، 500 އަށްވުރެ ގިނަ ފަރާތުން ކުލި ނުދައްކާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ އުސޫލުތަކާ ޚިލާފަށް، ހުއްދަ ނުހޯދައި އެހެން ފަރާތްތަކަށް ކުއްޔަށް ދީފައިވާ 11 މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. މީގެ އިތުރުން، އެ ފްލެޓްތަކުގައި ދިރިއުޅޭ 500 އަށްވުރެ ގިނަ ގޭބިސީން ގަވާއިދުން ކުލި ނުދައްކާކަންވެސް އެފްޑީސީން ވަނީ ހާމަކޮށްފައެވެ. އެފްޑީސީން ބައެއް މީޑިއާތަކާއި ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފްލެޓްތަކާ ގުޅޭގޮތުން އުސޫލުތަކާ ޚިލާފަށް އަމަ...

ޔުމްނާ ޢަލީ
ރާއްޖެ ހިމެނޭހެން އިނގިރޭސިވިލާތުގެ "ވޭފެއަރަރ" ގެ ހިދުމަތްތައް ކުއްލިއަކަށް ހުއްޓާލައިފި

ރާއްޖެ ހިމެނޭހެން އިނގިރޭސިވިލާތުގެ "ވޭފެއަރަރ" ގެ ހިދުމަތްތައް ކުއްލިއަކަށް ހުއްޓާލައިފި

ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ މަޝްހޫރު މަންޒިލްތަކަށް ޗުއްޓީ ދަތުރުތައް އިންތިޒާމުކޮށްދޭ އިނގިރޭސިވިލާތުގެ ލަކްޒަރީ ޓްރެވަލް ކުންފުނި “ވޭފެއަރަރ ޓްރެވަލް” ގެ ހުރިހާ ހިދުމަތްތަކެއް ކުއްލި ގޮތަކަށް ހުއްޓާލައިފިއެވެ. “އިތުރު އެންގުމެއް އަންގަންދެން” ހިދުމަތްތައް މެދުކަނޑާލުމާ ގުޅިގެން، މި ސެޕްޓެމްބަރު މަހު ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުން ދަތުރު ނުކުރުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ. އިނގިރޭސިވިލާތުގެ ބްރިސްޓޯލްގައި ގާއިމުވެގެން 2012 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ވޭފެއަ...

އަލީ އާދިލް
މާލީ ނިޒާމުގެ އިތުބާރު ހިފެހެއްޓުމަށް ޕޭމަންޓް ހިދުމަތްދޭ ތަންތަނުގެ ރައުސްމާލު 2 މިލިއަނަށް މަތިކޮށްފި

މާލީ ނިޒާމުގެ އިތުބާރު ހިފެހެއްޓުމަށް ޕޭމަންޓް ހިދުމަތްދޭ ތަންތަނުގެ ރައުސްމާލު 2 މިލިއަނަށް މަތިކޮށްފި

ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މާލީ ގާބިލުކަން ކަށަވަރުކޮށް، މާލީ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމުގެ ގޮތުން، އެފަދަ ޚިދުމަތްތައް ދޭ ތަންތަނުން ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދު އިތުރުކޮށް ޕޭމަންޓް ޚިދުމަތްތަކާބެހޭ ގަވާއިދު އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފިއެވެ. މި އިސްލާހާއެކު، ޕޭމަންޓް ޚިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ޚިދުމަތްދޭ ފަރާތަކުންވެސް، ހުރިހާ ވަގުތެއްގައި ރައުސްމާލުގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދުތަކަށް ވަނީ ބަދަލު އައިސްފައ...

އިބްރާހިމް އަސްވާޤް
24 ގަޑިއިރު ތެރޭގައި، އުރީދޫގެ ސުޕަނެޓް އެފްޑީސީ ފްލެޓްތަކަށް ގުޅައިދޭން ފަށައިފި

24 ގަޑިއިރު ތެރޭގައި، އުރީދޫގެ ސުޕަނެޓް އެފްޑީސީ ފްލެޓްތަކަށް ގުޅައިދޭން ފަށައިފި

އަލަށް ތަރައްޤީކޮށްފައިވާ އެފްޑީސީ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް، އެދޭތާ 24 ގަޑިއިރުގެ ތެރޭގައި އުރީދޫ ސުޕަނެޓް ގުޅައިދިނުމުގެ ޚިދުމަތް އުރީދޫ މޯލްޑިވްސް އިން މިއަދު އިޢުލާންކޮށްފިއެވެ. މީގެ މަޤްޞަދަކީ އާ ގެއަށް ބަދަލުވާ ހިސާބުން ފެށިގެން ޢާއިލާތަކަށް އަވަސް އަދި އިތުބާރު ހިފޭ ހޯމް އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. އިންޓަނެޓަކީ މިހާރު ދިރިއުޅުމުގެ ޒަރޫރީ ބޭނުމަކަށް ވެފައިވާއިރު، އުރީދޫން މަސައްކަތް ކުރަނީ އެފްޑީސީ ފްލެޓްތަކުގެ ރައްޔިތުންނަށް ވީ...

އިބްރާހިމް އަސްވާޤް
އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ފަސޭހަކޮށްދޭ މޮބައިލް އެޕް އިފްތިތާޙުކޮށްފި

އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ފަސޭހަކޮށްދޭ މޮބައިލް އެޕް އިފްތިތާޙުކޮށްފި

އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ފަސޭހަކޮށްދޭ އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕްލިކޭޝަން މިއަދު އިފްތިތާޙުކޮށްފިއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން  މިއަދު ތަޢާރަފުކުރި މި މޮބައިލް އެޕް މެދުވެރިކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ހޯދޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވ...

އަޙްމަދު ވަހީދު
މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށްވެ، މަހުގެ ޑިމާންޑު އިތުރުވެފައިވާ މިދަނޑިވަޅުގައި، ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު ކިލޯއެއް 21.00 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މިއަދުން ފެށިގެން އެ ކުންފުނީގެ ފެސިލިޓީތަކުންނާއި މަސްކިރާ ބޯޓުފަހަރުން މަސް ގަންނަމުންދާނީ މި އައު ރޭޓުގައި ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މި އަހަރުގެ ޖޫން 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުން އައީ 20.00 ރުފިޔާގެ ރޭޓުގައެވެ. މިއަދު […]

ޔުމްނާ ޢަލީ
އުރީދޫ މަސްރޭސް 14 ޓީމާއެކު މާފުށީގައި ފަށައިފި

އުރީދޫ މަސްރޭސް 14 ޓީމާއެކު މާފުށީގައި ފަށައިފި

އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ “އުރީދޫ މަސްރޭސް” ޖުމްލަ 14 ޓީމާއެކު ކ. މާފުށީގައި މިއަދު ފަށައިފިއެވެ. އުރީދޫ މަސްރޭހަކީ އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ މަސްވެރިކަމުގެ މުބާރާތެވެ. މިއަހަރުގެ މި މުބާރާތް ކުރިއަށްދަނީ ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމުތަކާއެކުގައެވެ. މި މުބާރާތުގައި ވަނަތަކަށް ހޮވޭ ޓީމުތަކަށާއި ވަކިވަކި މަސްވެ...

އިބްރާހިމް އަސްވާޤް