މީރު ޕޭސްޓްރީތައް ވިއްކުމުގެ ޚާއްޞަ އިވެންޓަކާއެކު، ނެއްލައިދޫގެ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި
ހދ. ނެއްލައިދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އަދި ކްރިއޭޓިވް ޕްރޮޑަކްޓްސް ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އޮކްޓޫބަރ މަހުގެ 14 އިން 23 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ޖުމްލަ 70 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ކޯސް ކުރިއަށްގެންގޮސްފައިވަނީ ބޮޑެތި މީހުންނަށާއި ސްކޫލް ކުދިންނަށް ވަކިންނެވެ. އެގޮތުން ބޮޑެތި މީހުންގެ ބައިގައި 38 ފަރާތަކުން ބައިވެރިވި އިރު، ސްކޫލް ދަރިވަރުންނަށް ޚާއްޞަކޮށްގެން ކު...