ހއ. އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން ތަރައްޤީކޮށްފައިވާ ފަތްކެޔޮ ދަނޑު 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
އެގޮތުން 14 އޮކްޓޯބަރ 2026 އިން ފެށިގެން 22 އޮކްޓޯބަރ 2026 ގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަސް 13:00 އަށް އެ ރަށު ކައުންސިލް އިދާރާއަށް ހާޟިރުވެގެން ނުވަތަ އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެކަމަށް އުލިގަމު ކައުންސިލުން މައުލޫމާތުދެއެވެ. އަދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ މި މުއްދަތުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އެކަނިކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.
ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 29 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަސް 14:00 ގެ ކުރިން projects@uligan.gov.mv އަށް އީމެއިލް ކުރުމަށް ނުވަތަ 6501014 އަދި 6501063 ނަންބަރު ފޯނަށް ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށް އެ އިދާރާއިން އެދެއެވެ.
މީގެއިތުރުން މި މަސައްކަތުގެ ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 29 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަސް 13:00 ގައި އެ އިދާރާގެ ޖަލްސާކުރާ މާލަމުގައިކަމަށާއި، ބީލަން ފޮތާއި ފޯމުތައް އިޢުލާނާއެކު ޢާންމުކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!