މާލޭގައި ފުޅާދާއިރާއެއްގައި ޤަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް ޢަމާޒުކޮށް، ފުލުހުން ހިންގި އޮޕަރޭޝަންގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް އަތުލައިގަތް ބަނގުރާ ފުޅިތަކުގެ މައްސަލައާ ގުޅުންހުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މިކަމާގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް ލިބުނު މަޢުލޫމާތުން އެނގޭ ގޮތުގައި، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވަނީ ހ. ކަރޯގެ، 53 އަހަރުގެ މުޙައްމަދު ރަޝްވާން ޢައްބާސްއެވެ.
މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކެއް އަތުލައިގެންފި
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.
މީގެއިތުރުން، މުޙައްމަދު ރަޝްވާން އައްބާސްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޟިރު ކުރުމުން، 15 ދުވަހަށް އޭނާ ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
800 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ހައްޔަރުކުރި ތިން ބިދޭސީންގެ ބަންދުގެ މުއްދަތު ޖަހައިފި
މި އޮޕަރޭޝަންގައި، އެ ގެއާއި، ގުޅުންހުރި ތަންތަން ބަލައި ފާސްކޮށް ޖުމުލަ 826 ފުޅި ބަނގުރާ އަތުލައިގެންފައި ވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!