Skip to main content

ފާތިމަތު ސަޙާ

Contributor
🇲🇻 ތިލަދުން Desk
443 Stories
3,897 Reads

Published on ތިލަދުން (Thiladhun) by ފާތިމަތު ސަޙާ

ޔޫއާރުއޭ އިން މިލަންދޫގައި ހާއްސަ މައުލޫމާތު ސެޝަނެއް
Thiladhunmathi News

ޔޫއާރުއޭ އިން މިލަންދޫގައި ހާއްސަ މައުލޫމާތު ސެޝަނެއް

އާންމު ބޭނުންތަކުގެ ހިދުމަތްތައް ރެގިއުލޭޓުކުރުމާ ގުޅޭގޮތުންނާއި، އެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ހާއްސަ މައުލޫމާތު ސެޝަނެއް ށ. މިލަންދޫގައި ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އާއި ށ. މިލަންދޫ ކައުންސިލްގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޔޫއާރުއޭ އިން މައުލޫމާތު ދެއްވާ ގޮތުގައި މި ސެޝަންގައި، އާންމު ބޭނުންތަކުގެ ހިދުމަތް...

ކަނޑިތީމުގެ 12 މަގެއްގައި ތާރުއަޅަނީ
Thiladhunmathi News

ކަނޑިތީމުގެ 12 މަގެއްގައި ތާރުއަޅަނީ

ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ތަރައްޤީކުރުމަށް ސަރުކާރުން ހުށަހެޅި މަޝްރޫޢުގެ ދަށުން، ރައްޔިތުންގެ މަޝްވަރާއާއެކު މަގުތަކުގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް، ށ. ކަނޑިތީމު ކައުންސިލުން ނިންމައިފިއެވެ. ކަނޑިތީމު ކައުންސިލްގެ ރައީސް އިބްރާހީމް ނަޒްމީ “ތިލަދުން”އަށް ވިދާޅުވީ މަގުތައް ހެދުމަށް ސަރުކާރުން މައިގަނޑު ތިން ގޮތެއް ހުށަހެޅިކަމަށެވެ. އެއީ ތާރުއެޅުމާއި، ގާ އެތުރުމުގެ އިތުރުން ވެލިން މަގުތައް ހެދުމެވެ. ނަމަވެސް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި މަޝްވަރާތަކުގައި ގިނަ ރައްޔިތުން އެދިފަ...

އަންނަ ނޮވެމްބަރުން ފެށިގެން ނޭކުރެންދޫ ކައުންސިލުން އެރަށުގައި ކުނި އުކާލުމުގެ ޚިދުމަތް ފަށަނީ
Thiladhunmathi News

އަންނަ ނޮވެމްބަރުން ފެށިގެން ނޭކުރެންދޫ ކައުންސިލުން އެރަށުގައި ކުނި އުކާލުމުގެ ޚިދުމަތް ފަށަނީ

ހދ. ނޭކުރެންދޫގެ ގޭބިސީތަކުންނާއި، ފިހާރަތަކުން އަދި އެނޫން ވެސް އެކި ތަންތަނުގައި އުފެދޭ ކުނި ނެގުމުގެ ޚިދުމަތްދިނުމަށް ހަމަޖެހިފައިވާތީ، އެ ޚިދުމަތަށް އެދުމުގެ ފުރުޞަތު ނޭކުރެންދޫ ކައުންސިލުން ހުޅުވާލައިފިއެވެ. އެ ގޮތުން، 1 ނޮވްމެބަރ 2026 އިން ފެށިގެން ކުނި ނެގުމުގެ ޚިދުމަތް ދޭން ފަށާނެކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ. އެހެންކަމުން، އެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު 25 އޮކްޓޫބަރ 2026ގެ ކުރިން އެ ކައުންސިލަށް ހުށަހެޅުމަށް އެ އިދާރާއިން […]

މުބާރާތުގައި ބައިވެރިނުވާ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ގޮއިދޫގައި ޤުރުއާން ކޯޗިން ކޭމްޕެއް
Thiladhunmathi News

މުބާރާތުގައި ބައިވެރިނުވާ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ގޮއިދޫގައި ޤުރުއާން ކޯޗިން ކޭމްޕެއް

ޤުރުއާން މުބާރާތްތަކަށް ބައިވެރިން ތައްޔާރުކުރުމުގެ ގޮތުން ގޮއިދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ ޤުރުއާން ކޯޗިން ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. މި ކޯޗިން ކޭމްޕަކީ ޤުރުއާން މުބާރާތްތަކަށް ބައިވެރިން ފުރިހަމައަށް ތައްޔާރުކޮށް، ކީރިތި ޤުރުއާން ކިޔެވުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަން އުނގަންނައިދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. ގޮއިދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، މި ކޯޗިންގ ކޭމްޕުގެ ސެޝަންތައް ކުރިއަށްގެންދ...

ބަދަލުވަމުންދާ ދުނިޔެއަށް ޒުވާނުން ތައްޔާރުކުރަން ސްކައުޓާއި ޔުނިސެފުން ވަރުގަދަ ޕާޓްނާޝިޕެއް
Raajje

ބަދަލުވަމުންދާ ދުނިޔެއަށް ޒުވާނުން ތައްޔާރުކުރަން ސްކައުޓާއި ޔުނިސެފުން ވަރުގަދަ ޕާޓްނާޝިޕެއް

ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ކުރިއަރައި ދިއުމަށް ޒުވާނުންނަށް ބޭނުންވާ މުހިންމު ހުނަރުތައް ތަރައްޤީކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ހާއްސަ ޕާޓްނާޝިޕެއް ޤާއިމުކޮށްފިއެވެ. ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި ޕާޓްނާޝިޕްގެ ދަށުން ޔުނިސެފް މޯލްޑިވްސްގެ “ޓްރެއިލްސް” ފްރޭމްވޯކް، އަލުން އެކުލަވާލަމުން އަންނަ ސްކައުޓް ޔޫތު ޕްރޮގްރާމާ އެއްކޮށްލުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބާ...

މަކުނުދޫގައި ކުދިން އެތްލެޓިކްސް ފަރިތަކުރާ ގަޑީގައި މަގަށް އުޅަނދު ވަނުން މަނާ
Thiladhunmathi News

މަކުނުދޫގައި ކުދިން އެތްލެޓިކްސް ފަރިތަކުރާ ގަޑީގައި މަގަށް އުޅަނދު ވަނުން މަނާ

ހދ. މަކުނުދޫ ސްކޫލްގެ ފައުންޑޭޝަން އަދި ކީސްޓޭޖް 1 ގެ ދަރިވަރުންގެ އެތްލެޓިކްސް ހަރަކާތުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާ ސަރަހައްދަށް އެއްވެސް ބާވަތެއްގެ ދުއްވާ އުޅަނދެއް ވަނުން އެ ރަށު ކައުންސިލުން މަނާކޮށްފިއެވެ. މިކަމާގުޅިގެން ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ސްކޫލް ދަރިވަރުން އެތްލެޓިކްސް ހަރަކާތުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ، އެ ރަށު ކާނިމާލަމުގެ އިރުމަތިން، ބޮޑުތަކުރުފާނު މަގުގައިކަމަށާއި، މި ހަރަކާތް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 ން 17:30އަ...

މުރައިދޫ ކައުންސިލްގެ ''ކިންގް ކަޕް ފުޓްބޯޅަ މުބާރާތު''ގައި ބައިވެރިވުމުގެ ފުރުޞަތު
Thiladhunmathi News

މުރައިދޫ ކައުންސިލްގެ ''ކިންގް ކަޕް ފުޓްބޯޅަ މުބާރާތު''ގައި ބައިވެރިވުމުގެ ފުރުޞަތު

ހއ. މުރައިދޫ ކައުންސިލްގެ ” ކިންގް ކަޕް ފުޓްބޯޅަ މުބާރާތް 2026″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މުރައިދޫ ކައުންސިލުން ހާމަކުރައްވާ ގޮތުގައި މިއީ މުރައިދޫގެ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ހަރުދަނާކޮށް، ކުޅިވަރުގެ ރޫޙް އާލާ ކުރުމާއެކު ރަށާއި ޤައުމު ފަހުރުވެރިކޮށްދޭނެ ފަދަ ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ މާތް މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި 9 މަޤާމެއް ހޮވުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި، ޗެމްޕިއަންޓީމް، ރަނަރއަޕްޓީމް،...

ކުމުންދޫގައި ބަށިބޯޅަ އޮފިޝަލުން ތަމްރީނުކުރުމުގެ ވޯކްޝޮޕެއް، ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ކުމުންދޫގައި ބަށިބޯޅަ އޮފިޝަލުން ތަމްރީނުކުރުމުގެ ވޯކްޝޮޕެއް، ބައިވެރިވާން ހުޅުވާލައިފި

ހދ. ކުމުންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަށިބޯޅަ އޮފިޝަލުން ތަމްރީނުކުރުމުގެ ޚާއްޞަ ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އާއި “ބަށިބޯޅަ ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް” އާ ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ ވޯކްޝޮޕެކެވެ. އެ ރަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، އެ ރަށުގައި ބަށިބޯޅަ ކުޅިވަރު ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި، ބާއްވާ މި ވޯކްޝޮޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މަދުވެގެން...

ހއ. އަތޮޅަށް ޚާއްސަ ދިގުފެތުމުގެ ބޮޑު މުބާރާތެއް ވަށަފަރުގައި، ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ހއ. އަތޮޅަށް ޚާއްސަ ދިގުފެތުމުގެ ބޮޑު މުބާރާތެއް ވަށަފަރުގައި، ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލައިފި

ހއ. އަތޮޅަށް ޚާއްސަކޮށްގެން، ހއ. ވަށަފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ، ހއ އަތޮޅުގެ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މޯލްޑިވްސް އެކުއަޓިކްސް އިން އިންތިޒާމުކޮށް، ވަށަފަރު ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ 13 އަދި 14 ނޮވެމްބަރު 2026 ގައެވެ. މޯލްޑިވްސް އެކުއަޓިކްސްއިން ބުނާ ގޮތުގައި، މި މުބާރާތަކީ ވާދަވެރި ފެތުންތެރިންގެ އިތުރުން، ކަނޑުފަޅުގެ ހުޅުވާލެވިފައިވާ ދިޔަވަރުގައި އަމިއްލަ ހުނަރު އިމްތިހާނުކޮށްލަން ބޭނުންވާ ފަރާތްތަކަށް ވެސް ފުރުސަތ...

މުރައިދޫ ކައުންސިލްގެ ''އެމް ސީ އައި ކިންގް ކަޕް އަންހެން ވޮލީ މުބާރާތު''ގައި ބައިވެރިވުމުގެ ފުރުޞަތު
Thiladhunmathi News

މުރައިދޫ ކައުންސިލްގެ ''އެމް ސީ އައި ކިންގް ކަޕް އަންހެން ވޮލީ މުބާރާތު''ގައި ބައިވެރިވުމުގެ ފުރުޞަތު

ހއ. މުރައިދޫ ކައުންސިލްގެ “އެމް ސީ އައި ކިންގް ކަޕް އަންހެން ވޮލީ މުބާރާތް 2026″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ މުރައިދޫގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައ،ި ރައްޔިތުންނާއި ކައުންސިލާ މެދުގައި އެކުވެރި މާޙައުލެއްގެ ތެރެއިން، ރައްޔިތުންނަށް ޚިދުމަތްދިނުމުގައ،ި ކައުންސިލްގެ ތަޞައްވަރު ރަނގަޅުކުރުމާއ،ި ޒުވާނުންގެ މެދުގައި ވާދަވެރިކަމާއެކު ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާފަދަ ހަރަކާތެއް ހިންގުމުގެ މައިގަނޑު މަޤްޞަދުގައި ބޭއްވ...

ސަތަރިތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް މަކުނުދޫ ސްވިމިން ޓްރެކް ބޭނުން ކުރުމަށް އެދިއްޖެ
Thiladhunmathi News

ސަތަރިތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް މަކުނުދޫ ސްވިމިން ޓްރެކް ބޭނުން ކުރުމަށް އެދިއްޖެ

ހދ. މަކުނުދޫ ސްވިމިން ޓްރެކްގައި ހަރުކުރެވިފައިވާ ސަތަރިތަކަށް ގެއްލުމެއް ނުލިބޭ ގޮތަށް ސްވިމިން ޓްރެކް ބޭނުން ކުރުމަށް އެ ރަށު ކައުންސިލުން ރައްޔިތުންގެ ކިބައިން އެދިއްޖެއެވެ. އެ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ސްވިމިން ޓްރެކްގައި ޖަހާފައިވާ ގާފޮރިތައް ސާފުކުރުމުގެ މުޙިއްމު މަސައްކަތެއް މި ދުވަސްވަރު ކުރެވެމުން ދާ ކަމަށެވެ. އަދި ގާފޮރިޖެހުމުން، ސަލާމަތް ކުރުމަށްޓަކައި ޓްރެކްގައި ސަތަރި ހަރުކުރެވެމުން ދާތީ، ޓްރެކް ބޭނުން ކުރާ ފަރާތްތަކުން ސަތަރިތަކަށް އެއްވެސް ގެއްލުމެއް ނުވ...

މާއުނގޫދޫ އަންހެނުންގެ ކޮމިޓީގެ ދަނޑު ބިން ސާފުކޮށް ފެންސް ޖަހައި ކުއްޔަށް ދޫކުރުމަށް ތައްޔާރުވެއްޖެ
Thiladhunmathi News

މާއުނގޫދޫ އަންހެނުންގެ ކޮމިޓީގެ ދަނޑު ބިން ސާފުކޮށް ފެންސް ޖަހައި ކުއްޔަށް ދޫކުރުމަށް ތައްޔާރުވެއްޖެ

ށ. މާއުނގޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ދަނޑުބިން، ކުއްޔަށް ދޫ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ނިންމައިފިއެވެ. އެ ގޮތުން، ކުރިން ހާމައަށް އޮންނަ އެ ބިމުގެ ވަށައިގެން ފެންސުޖެހުމާއެކު ސާފުކުރުމުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާކަމަށް އެ ރަށު އތމ ކޮމިޓީން މައުލޫމާތު ދެއްވައެވެ. މާއުނގުދޫ އތމ ކޮމިޓީގެ ރައީސާ ޝަރަފިއްޔާ މުޙައްމަދު “ތިލަދުން”އަށް ވިދާޅުވީ، އެ ރަށު ވޭސްޓްމެނޭޖްމަންޓް ސެންޓަރާ ދިމާލުގައި އޮތް، ދަނޑުބިން ކުއްޔ...

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބީކޭއެމްޔޫގެ އަހަރީ ޢާންމު ޖަލްސާއާއި ޝުޢޫރު ފާޅުކުރަނީ
Raajje

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބީކޭއެމްޔޫގެ އަހަރީ ޢާންމު ޖަލްސާއާއި ޝުޢޫރު ފާޅުކުރަނީ

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ( ބީކޭއެމްޔޫ ) އިން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ޖަމިއްޔާގެ ގެ އަހަރީ ޢާންމު ޖަލްސާއާއި، މަސްވެރިންގެ ޝުޢޫރު ފާޅުކުރުމުގެ ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ. ބީކޭއެމްޔޫ މިއަދު ކުރި އިޢުލާނެއްގައި ވަނީ، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި ހަރަކާތް މި އަހަރު ވެސް އޮންނާނެކަން އާންމުކޮށް އަންގައި، މި ހަރަކާތުގައި އެންމެހައި މަސްވެރިންނާއި، މަސްވެރިކަމުގެ ޞިނާޢަތަށް ލޯބިކުރާ ފަރާތްތަކުން ބައިވެރިވުމަށް ދައުވަތު ދީފައެވެ. ބީ...

ކުޅުދުއްފުށީގައި ކުރިއަށްދިޔަ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޯސް ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ކުރިއަށްދިޔަ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޯސް ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ 11 ވަނަ ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ހޯމަ ދުވަހު ކުޅުދުއްފުށީގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ނާޒިމާ ޢަލީއެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް އެޑިޔުކޭޝަނ...

ދިއްދޫގެ 20 އަހަރުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލަން ބީލަމަށް
Thiladhunmathi News

ދިއްދޫގެ 20 އަހަރުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލަން ބީލަމަށް

ހއ. ދިއްދޫގެ ބިމާއި އިޚްތިޞާޞް ހިމެނޭ ގޮތަށް ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް  ދިއްދޫ ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށް އަދި އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލައިފައެވެ. މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ 21 އޮކްޓޯބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު...